28 ނޮވެމްބަރ 2017
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އިތުރު ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އިތުރު ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން މައްސަލައިގައި ރިޔާޒްގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް މި ފަހަރު އޭނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ފޮނުވި އެ މައްސަލައިގައި ދައުވާކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ރިޔާޒަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް މިހާރު ވެސް ދެ ދައުވާއެއް އުފުލާފައިވާ އިރު އޭނާގެ އިތުރު މައްސަލައެއް މިހާރު ހައި ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ. އެއީ މިދިޔަ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުން ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނާ މައްސަލަ އެވެ.
އެ މައްސަލއަިގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ ދައުލަތުންނެވެ.
ރިޔާޒް ދޫކުރަން ހުށަހެޅި މައްސަލައާ މެދު ގޮތް ނިންމަނީ
ރިިޔާޒް މިނިވަން ކުރުމުގެ އަމުރަކަށް ހުށަހަޅައިފި
ރިޔާޒް ބަންދުކުރަން ނިންމި ނިންމުން ރިވިއުކުރަން އެދެފި
ރިޔާޒަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް
ރިޔާޒަށް ފަހުން ކުރި ދައުވާގެ އަޑުއެހުން ކެންސަލް
ރިޔާޒަށް ފަހުން ކުރި ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ
ރިޔާޒަށް ކުރާ ދައުވާގެ ލިޔުންތައް އޭނާއާ ހަވާލުކޮށްފި
އަޅުގަނޑު މިހުރީ ގަދަކޮށް، ދޫނުދެއްވާތި: ފާރިސް
ރިޔާޒަށް ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި
ޔާމީންގެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހަފުތާގައި