Roadha Mihaaru
ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބިބް، ޓީޝާޓް ދޫކުރަނީ

ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބިބް، ޓީޝާޓް ދޫކުރަނީ

20 ނޮވެމްބަރ 2017

އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިންނަށް ބިބް އަދި ޓީޝާޓް ދޫކުރަން ފަށައިފި އެވެ.

އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބައިވެރިންނަށް ބިބް އަދި ޓީޝާޓް ދޫކުރަން ފަށައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ބައިވެރިންނަށް ބިބް އަދި ޓީޝާޓް ދޫކުރަނީ ދިރާގު ހެޑް އޮފީހުގައި އިއްޔެ އިން ފެށިގެން މި ރޭގެ ނިޔަލަށެވެ.

ދުވުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން، އައިޑީ ކާޑު ހިފައިގެން ދިއުމުން ބިބް ދޫކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އަދި މަދުވެގެން 50ރ. ހަދިޔާ ކުރުމުން ޓީޝާޓެއް ލިބޭނެ އެވެ. ޓީޝާޓުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށެވެ.

ރޭހަށް ދޫކޮށްފައިވާ 3،000 ޖާގަ ފުރިފައިވާއިރު، ޖާގަތަކެއް ހުސްވެއްޖެ ނަމަ ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދުވުންތެރިން ރޭސް ނިންމާ ޓައިމިން ބެލުމަށް ހަމަޖެހިފައިވަނީ ދިރާގުން ދޫކުރާ ބިބްގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕް މެދުވެރިކޮށެވެ. ރޭހަށް ތައްޔާރުކޮށްފައިވާ މޯބައިލް ފޯން އެޕްލިކޭޝަނުން ދުވުންތެރިން ދުވަމުންދާ ރާސްތާގެ އިތުރުން ރޭސް ނިންމާ ޓައިމިން ވަގުތުން ބަލައިލެވޭނެ އެވެ.

ދުވުންތެރިން ރޭސް ނިންމާ ވަގުތު ބެލުމަށް ހަމަޖެހިފައިވަނީ ބިބްގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕް މެދުވެރިކޮށެވެ. ދިރާގުން ރޭހަށް ތައްޔާރުކޮށްފައިވާ މޯބައިލް ފޯން އެޕްލިކޭޝަނުން ދުވުންތެރިން ދުވަމުންދާ ރާސްތާގެ އިތުރުން ރޭސް ނިންމާ ޓައިމިން ވަގުތުން ބަލާލެވޭނެ އެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.