Roadha Mihaaru
ބައެއް މުއައްސަސާތަކުގެ ބަޖެޓު ކުޑަވެގެން ކަންބޮޑުވެއްޖެ

ބައެއް މުއައްސަސާތަކުގެ ބަޖެޓް ކުޑަވެގެން ކަންބޮޑުވުން ފާޅުކޮށްފި

20 ނޮވެމްބަރ 2017

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މިނިވަން ބައެއް މުއައްސަސާތަކަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓް އޭގެ ކަންބޮޑުވުންތައް ބަޖެޓް ދިރާސާ ކުރާ ކޮމެޓީއާ ހިއްސާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މިނިވަން ބައެއް މުއައްސަސާތަކަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓް އޭގެ ކަންބޮޑުވުންތައް ބަޖެޓް ދިރާސާ ކުރާ ކޮމެޓީއާ ހިއްސާކޮށްފި އެވެ.

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ލަފާ ހޯދުމަށް ބަޖެޓް ކޮމެޓީން ވަނީ 26 މިނިވަން މުއައްސަސާއަކަށް ސިޓީ ހުށަހަޅައިފަ އެވެ. ނަމަވެސް ދެ މުއައްސަސާއެއް ފިޔަވައި ހުރިހާ މުއައްސަސާއަކުން ވަނީ ބަޖެޓާ ގުޅޭގޮތުން ދެކޭ ގޮތް ލިޔުމަކުން ކޮމެޓީ އަށް ހުށަހަޅައިފަ އެވެ. އަދި މިނިވަން މުއައްސަސާތަކުން ފޮނުވި ލިޔުންތައް މިއަދު ވަނީ މެމްބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ބައެއް މެމްބަރުން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ބައެއް މެމްބަރުން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ ބައެއް މުއައްސަސާތަކުން ކަންބޮޑުވުންތައް ފާޅުކުރުމާ ގުޅިގެން، އެ މުއައްސަސާތަކަށް ބަޖެޓުގައި އިތުރަށް ފައިސާ ހިމެނުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާ މަޝްވަރާ ކުރައްވަން ޖެހޭ ކަމަށެވެ. އެހެންވެ، މިނިސްޓަރާ މަޝްވަރާ ކުރެއްވުމަށް ކޮމެޓީ ވަނީ ބައިގަޑިއިރަށް މެދުކަނޑާލައިފަ އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ކޮމެޓީ އަށް ފޮނުވި މައުލޫމާތުތަކުން އެނގޭ ގޮތުގައި ބަޖެޓަށް އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ 294 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އަދަދަކަށް ބަޖެޓުގައި ހިމެނުމަށް ހުށަހަޅާފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިންނެވެ. އޭގެ އިތުރުން މީރާ އާއި ގައުމީ ޔުނިވާސިޓީ ސިވިލް ސާވިސް ކޮމިޝަންގެ ބަޖެޓު ބޮޑު ކުރަން ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް މިއަދުގެ ކޮމެޓީގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް މިއަދުގެ ކޮމެޓީގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެއްގޮތަކީ ފިނޭންސާ ވާހަކަ ދައްކައިގެން މިހާރު އޮތް ބަޖެޓުގެ އަދަދުގެ ތެރެއިން ކުރެވިދާނެތޯ ބެލުން. ދެވަނަ ގޮތަކީ ބަޖެޓު ރިކޮމަންޑޭޝަންގެ ތެރެއިން ގާނޫނީ ޒިންމާ އަދާކުރަން ދަތި ނުވާނެ ގޮތަށް އިތުރު ގޮތް ދިނުން،" ގާތްގަނޑަކަށް ފަނަރަ މިނެޓަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި ހަލީލް ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ބަޖެޓަށް ފައިސާ ހޯދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މީރާ ކަމަށްވެފައި، މީރާ އިން އަދާކުރަން ޖެހޭ ގާނޫނީ ވާޖިބުތައް އަދާނުކުރެވިއްޖެ ނަމަ، ހުރިހާ މުއައްސަސާތަކަށް އަސަރު ކުރާނެ ކަމަށެވެ. އެހެންވެ، މީރާގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތަކަށް ބަޖެޓުގައި ފައިސާ ހިމެނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މީރާގެ ގާނޫނީ ވާޖިބު އަދާނުކުރެވޭނެ ކަމަށް ބުނެ، ކޮންމެ ފަހަރަކު ކޮމެޓީއަށް ސިޓީ ފޮނުވާ ކަމަށެވެ. އެކަމަކު، އެ މުއައްސަސާއިން ވެސް ކޮންމެ އަހަރަކު ގާނޫނީ ވާޖިބު އަދާކުރާ ކަމަށާއި އެހެންވެ، ބަޖެޓު އިތުރަށް ބަދަލުކޮށްގެން، ފައިސާ ހިމަނަން ނުފެންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.