Roadha Mihaaru
ފްލެޓްގެ ބޮޑު މަޝްރޫއު މިރޭ އިފުތިތާހުކުރަނީ

80،000 މީހުންނަށް ފްލެޓް ދޭ މަޝްރޫއު މިރޭ އިފުުތިތާހު ކުރަނީ

15 ނޮވެމްބަރ 2017

ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއު މިރޭ އިފުތިތާހު ކުރަން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއު މިރޭ އިފުތިތާހު ކުރަން ނިންމައިފި އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބޯހިޔާވަހިކަން ދޭ މި މަޝްރޫއު މިރޭ ފައްޓަވައިދެއްވަނީ ރައީސް އަބްދުﷲ ޔާމީނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނިގޮތުގައި މިއީ ދިވެހި ރައްޔިތުންނަށް މިހާތަނަށް ދޭ އެންމެ އުފާވެރި ހަބަރެވެ. އަދި ރާއްޖޭގައި ފަށާ އެންމެ ބިޔަ މި މަޝްރޫއުގެ ދަށުންް، ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް އޭގެ ފުރުސަތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 14 ބުރީގެ 25 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީން ބުނިގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖޭން ބޭރުގެ ފަރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވެގެންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމައިފަ އެވެ. އެކަމަކު 80،000 މީހުންގެ ތެރޭގައި، މި ހައުސިން ޔުނިޓްތައް ދޭ މީހުން ހިމެނޭ ކަމެއް އަދި ނޭނގެ އެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ގެދޮރުވެރިކަމުގެ މަޝްރޫއުގައި ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ގެދޮރުވެރިކަމުގެ މަޝްރޫއުގައި ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި.

ސަރުކާރުން އަންނަނީ އެކި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންނަށް ހާއްސަ ފްލެޓްތައް އަޅަން ފަށާފައިވާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފްލެޓް ދޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި ކަސްޓަމްސް އާއި އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމާފައިވާކަން އެނގިފައި ވެ އެވެ.

ބޯހިޔާވަހިކަން އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލޭ ފޭސް-2ގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއާ ބެހޭ ގިނަ މައުލޫމާތުތަކެއް، މިރޭ 8:15 ގައި ފަށާ މި ރަސްމިއްޔާތުގައި އިއުލާނު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.