26 އޮކްޓޯބަރ 2017
ސެމްސަންގް ބެލެވިފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސް އަށް ފަރިތަ ކުންފުންޏެއް ގޮތުގަ އެވެ. އާ ފަސޭހަތައް ތައާރުފުކޮށް ބޭނުންކުރާ މީހުންނަށް ފަސޭހައިން އަތުޖެހޭ ގޮތް ހަދައިދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. މި ފަހަރު މި އޮތީ ވަޔަލެސް ޗާޖިން ތަރައްގީކުރަން އެ ކުންފުނިން ކުރާ މަސައްކަތުގެ ވާހަކަ އެވެ.
ސެމްސަންގް ބެލެވިފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސް އަށް ފަރިތަ ކުންފުންޏެއް ގޮތުގަ އެވެ. އާ ފަސޭހަތައް ތައާރުފުކޮށް ބޭނުންކުރާ މީހުންނަށް ފަސޭހައިން އަތުޖެހޭ ގޮތް ހަދައިދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. މި ފަހަރު މި އޮތީ ވަޔަލެސް ޗާޖިން ތަރައްގީކުރަން އެ ކުންފުނިން ކުރާ މަސައްކަތުގެ ވާހަކަ އެވެ.
ސްމާޓް އިލެކްޓްރޯނިކްސް މާކެޓަށް އަމާޒުކޮށް، ޚާއްސަކޮށް ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، ވަޔަލެސް ޗާޖިން ތަރައްގީކުރަން ސެމްސަންގުން ހަތަރު މިލިއަން ޑޮލަރު ވަނީ އިންވެސްޓްކޮށްފަ އެވެ.
ޑިވައިސްތައް ދުރުން ޗާޖުކުރެވޭ ޓެކްނޮލޮޖީއެއް އަމިއްލަ ނަމުގައި ރެޖިސްޓްރީކުރުމަށްޓަކައި ސެމްސަންގުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން ވަޔަލެސްކޮށް ޗާޖުކުރުމުގައި ތަފާތު ދެ ގޮތަކަށް އެ ޓެކްނޮލޮޖީ ބޭނުންހިފޭ ޗާޖިން ޕެޑްތަކެއް އުފައްދަން މަސައްކަތްކުރާ ކަމަށް ވެސް ބުނެވެ އެވެ. އެއްފަހަރާ ދެ ޑިވައިސް ޗާޖްކުރެވޭ ޕެޑެއް ލަސްތަކެއް ނުވެ މާކެޓަށް ނެރޭނެ ކަމަށް ބުނާ ވާހަކަތަކެއް ވެސް އެބަ ދެކެވެ އެވެ.
ސެމްސަންގުން އުފެއްދުމުގެ މަސައްކަތުގައި އުޅޭ ޗާޖިން ޕެޑްގައި ފޯނު ބޭއްވުމުން އެ ފޯނެއް ޗާޖުކުރަން ޖެހެނީ ކޮން ގޮތަކަށްކަން އޮޓަމެޓިކުން ދެނެގަނެ އެވެ. އަދި އެ ޑިވައިސްއަކަށް ބޭނުންވާ މިންވަރަށް ބެޓެރީ ޗާޖުކުރެ އެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު ބޮޑަށް ލަފާކުރެވެނީ މާކެޓްގައި މިހާރު ހުރި ބާރުގަދަ ގެލަކްސީ ފޯނުތަކުގައި މި ޓެކްނޮލޮޖީ ގާއިމުކޮށްފައި ހުރި ކަމަށެވެ.
ސެމްސަންގުން ދެން އެންމެ އަވަހަށް މާކެޓަށް ނެރޭނެ ފޯނަކަށް ވާނެ ކަމަށް ބުނެވެނީ ގެލަކްސީ އެސް9 އެވެ. އެ ފޯނުތައާރުފުކުރަން ބާއްވާ ހަފުލާގައި، އާ ޗާޖަރުތައް ދައްކާލާނެ ކަމަށް ވެ އެވެ.
ވަޔަލެސްކޮށް ބެޓެރީ ޗާޖުކުރުމަށްޓަކައި، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ބިޔަ އިންވެސްޓްމަންޓްތައް އެބަ ކުރެ އެވެ. އެ ގޮތުގައި އެޕަލްއިން ވެސް ވަނީ ވަޔަލެސް ޗާޖިން އަށް ޚާއްސަ ކުންފުންޏެއް ގަނެފަ އެވެ.
ޗައިނާގެ ސްމާޓްފޯން ކުންފުނިތަކަށް ބެލި ނަމަވެސް، ވާވޭ، އޮޕޯ އަދި ޝޯމީ ވެސް ފޯނުތަކުގައި ވަޔަލެސް ޗާޖިން ގާއިމުކުރަން ވަނީ ފަށައިފަ އެވެ.
ޝޯމީގެ އަމާޒަކީ ފޯނު ވިޔަފާރީގެ ކުރި އަތުލުން
އައިފޯން 11: އެންމެ ގިނައިން ވިކުނު ސްމާޓްފޯން
އެންޑްރޮއިޑް ފޯނުތަކަށް ތްރީޑީ ސެންސިން
އެންމެ މޮޅު ޗައިނާ ފޯނަކީ ކޮބާ؟
ވާވޭ އަކީ އެޕަލް އާއި ސެމްސަންގަށް ބިރެއް
އެޕަލްއަށް ވުރެ ގިނަ ފޯނު ޝޯމީން ވިއްކައިފި
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި
ވާވޭގެ މައްޗަށް އޮޕޯ ކުރި ހޯދައިފި
އެންމެ މަގުބޫލު 5ޖީ ފޯނަކީ އައިފޯން 12
އެޕަލްގެ ގަޑިތައް ވާދަވެރިންނަށް ވުރެ ކުރީގައި