03 ޖުލައި 2016
ބޯޑޯ، ފްރާންސް (ޖުލައި 3) - އިޓަލީ ކުޅުންތެރިން ޔޫރޯ ނިންމާލުމަށް ފަހު އެނބުރި ދާނީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމުގެ ހިތްހަމަޖެހުމާ އެކު ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ބޯޑޯ، ފްރާންސް (ޖުލައި 3) - އިޓަލީ ކުޅުންތެރިން ޔޫރޯ ނިންމާލުމަށް ފަހު އެނބުރި ދާނީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމުގެ ހިތްހަމަޖެހުމާ އެކު ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން އިޓަލީ ކެޓީ ޕެނަލްޓީ ޖަހައިގެން ޖަރުމަން އަތުން ރޭ ބަލިވެގެންނެވެ. ކޮންޓޭ ބުނީ ރޭގެ މެޗުން ބަލިވި ނަމަވެސް އިޓަލީން މުބާރާތުގައި ހާއްސަ މަގާމެއް ހޯދައިފި ކަމަށެވެ.
"ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންނާއި އޮފިޝަލުންނަށް ޝުކުރުއަދާކޮށްކޮށް އަހަރެން ވަރުބައްޔެއް ނުވާނެ. މުޅި ޓީމުން ހާއްސަ މަގާމެއް ހޯދައިފި. ވަރަށް ބުރަކޮށް މަސައްކަތްކޮށްފި. އަމާޒެއް އޮތިއްޔާ ކާމިޔާބު ހޯދޭނެކަން ވެސް ސާބިތުކޮށްދީފި،" ކޮންޓޭ ބުންޏެވެ. "އަހަރެމެން އެނބުރި މިދަނީ، ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ފަހު."
އޭނާ ބުނީ ފުޓްބޯޅައަކީ އާދަޔާހިލާފު އުފާވެރިކަން ގެނެސްދޭ ކުޅިވަރެއް ކަމަށާއި ހަމައެއާ އެކު މިއީ ހިތި ނަތީޖާ ވެސް ކުރިމަތިވާ ކުޅިވަރެއް ކަމަށެވެ.
"މިއަދު އަހަރެމެންނަށް މިއީ ހިތްދަތި ދުވަހެއް. އެކަމަކު ހިތްހަމަޖެހުމަކީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރިކަން،" ކޮންޓޭ ބުންޏެވެ. "މިސާލަކަށް ބަލާ ސްޓެފާނޯ ސްޓުރާރޯ. އޭނާ ދެ ވަނަ ހާފު ކުޅުނީ ކަކުލަށް ބޮޑު އަނިޔާއެއް ކުރިމަތިވެ ހުރެ. އެ ވަރަށް ކުޅުންތެރިން ޓީމަށް ގުރުބާންވި."
މުބާރާތަށް ފަހު އިޓަލީ ގައުމީ ޓީމުން ކޮންޓޭ ވަކިވާއިރު އޭނާ ދެން ހަވާލުވާނީ ޕްރިމިއާ ލީގުގެ ޗެލްސީއާ އެވެ. ކޮންޓޭ ބުނީ ކުރިން ވިސްނައިގެން ހުރީ ގައުމީ ޓީމާ އެކު ކުރިއަށްދާން ކަމަށާއި އެކަމަކު މާބޮޑު ސަޕޯޓެއް އޭރު ނެތުމުން އެނބުރި ކްލަބް ފުޓްބޯޅައަށް ދާން ނިންމީ ކަމަށެވެ.
ޔޫރޯ 2016ގެ ކުއާޓާ ފައިނަލްގައި އިޓަލީ އާއި ޖަރުމަން ކުޅެނީ. ފޮޓޯ: އޭއެފްޕީ
"ހަގީގަތުގައި އަހަންނާ އެކު މާގިނަ ބަޔަކު ނެތް. ނޫސްވެރިންނެއް ވެސް ނެތް. އެހެންވެ އަހަރެން ނިންމީ ގައުމީ ޓީމަކާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށް. އެއާ އެކު ޗެލްސީން ފުރުސަތު ލިބުމުން އަހަރެން ނިންމީ އެނބުރި ކްލަބް ފުޓްބޯޅައަށް ދާން،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ އޭރު ހިތްހަމަނުޖެހުނީ ގައުމީ ޓީމަށް އެކަށީގެންވާ މުއްދަތަކަށް ކުޅުންތެރިން ދޫކުރަން ކްލަބްތަކުން ދެކޮޅު ހެދުމުންނެވެ.
"ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ އެއް އަމާޒު ހާސިލްވެއްޖެ. އެއީ ކުރިމަގަށް ބިންގަލެއް އެޅުން. މިހާރު ކޮންމެ ޓީމަކުން ވެސް އިޓަލީ އަށް އިހުތިރާމްކުރާނެ. ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ވެސް ފޯމޭޝަން ބަދަލުކޮށްގެން އަހަރެމެންނާ ދެކޮޅަށް ކުޅުނީ. މާނައަކީ އެ ޓީމުން އިޓަލީ އަށ އިހުތިރާމް ކުރިޔޭ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ޗެލްސީއާ ހަވާލުވާނީ ހަފުތާއެއްގެ ޗުއްޓީއެއް ނެގުމަށް ފަހު މާޔޫސްކަން ފިލުވާލައިގެން ކަމަށެވެ.
"ދެން އޮތީ އަނެއްކާ ވެސް ބޮޑު ޗެލެންޖެއް. ގައުމީ ޓީމާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އާ ދަތުރަކާ މި ކުރިމަތިލަނީ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ އަށް އިޓަލީގެ ކޯޗުކަން ދެނީ؟
"ކޮންޓޭ ތަށި ހޯދީ، އަހަރެން ކުޅުންތެރިން އުފެއްދީ"
ޖަރުމަނަކީ ދުނިޔޭގެ އެންމެ ފުރިހަމަ ޓީމު: ކޮންޓޭ
"އިޓަލީ އަކީ ހަމައެކަނި ޑިފެންސްކުރާ ޓީމެއް ނޫން"
ފޭވަރިޓެއް ނެތް، ދެ ޓީމަށް އޮތީ ހަމަހަމަ ފުރުސަތެއް
ވިސްނަންވީ އިބްރަހިމޮވިޗާ މެދު އެކަންޏެއް ނޫން: ކޮންޓޭ
އިޓަލީ-ބެލްޖިއަމް ކުރިމަތިލާއިރު ހާލަތު ބަދަލުވެފައި
ޔޫރޯގެ ކުރިން ކޮންޓޭ އަށް ބޮޑު ހިތްހަމަޖެހުމެއް
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ