02 ޖުލައި 2016
ބޯޑޯ، ފްރާންސް (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އިދިކޮޅަށް ނުކުންނަ ޖަރުމަނަކީ ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޓީމު ކަމަށާއި އެ ޓީމު އަތުން މޮޅުވެވޭނީ އާދަޔާ ހިލާފަށް ވުރެ ވެސް ބޮޑަށް މަސައްކަތްކޮށްގެން ކަމަށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ބޯޑޯ، ފްރާންސް (ޖުލައި 2) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އިދިކޮޅަށް ނުކުންނަ ޖަރުމަނަކީ ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޓީމު ކަމަށާއި އެ ޓީމު އަތުން މޮޅުވެވޭނީ އާދަޔާ ހިލާފަށް ވުރެ ވެސް ބޮޑަށް މަސައްކަތްކޮށްގެން ކަމަށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިރޭގެ މެޗަށް ނުކުންނައިރު އިޓަލީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވާދަވެރި މެޗެއްގައި އެ ޓީމު އަތުން ޖަރުމަން މޮޅުވެފައި ނެތުމެވެ. އިޓަލީ ވަނީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި އަދި 1970 އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނުގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އެކަމަކު މި ވަގުތު މި ދެ ޓީމުގެ މެދުގައި ބޮޑު ފަރަގެއް އޮތް ކަމަށް ބެލެވެނީ މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިޓަލީ އަތުން ޖަރުމަން 4-1 އިން މޮޅުވެފައި ވުމުންނެވެ. މި ފަހަރުގެ މުބާރާތުގައި އިޓަލީ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އެ ފަރަގު ކުޑަވެފައިވާ ކަމަށް ބެލެވުނު ނަމަވެސް ކޮންޓޭ އެ ވާހަކަތަކާ އެއްބަހެއް ނޫނެވެ. އޭނާ ބުނީ އެކަން އެނގޭނީ މިރޭގެ މެޗުން ކަމަށާއި ޔަގީނުން ވެސް އެ މެޗުން ބަލިވުމުން އިޓަލީ އަށް ފިލާވަޅުތަކެއް ލިބުނު ކަމަށެވެ.
"އަހަރެމެން މުބާރާތް ފެށީ މާބޮޑު ސަމާލުކަމެއް ނެތި. އެންމެން ހީކުރީ މިއީ އިޓަލީ ފުޓްބޯޅައިގެ އެންމެ ކަޅު ދުވަސްތައް ކަމަށް. އެކަމަކު އަހަރެމެން ސާބިތުކޮށްދިނީ ބުރަކޮށް މަސައްކަތްކޮށް އޯގަނައިޒްކޮށް ކުޅެފިއްޔާ މޮޅުވެވޭނެކަން. ސްޕެއިން މެޗުން އެކަން ފެނުނީ. އެކަމަކު ޖަރުމަން އަތުން މޮޅުވެވޭނީ އާދާޔާ ހިލާފަށް ވުރެ ވެސް ބޮޑަށް މަސައްކަތްކޮށްގެން،" ކޮންޓޭ ބުންޏެވެ. "އެއީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ފުރިހަމަ ޓީމު ހުރިހާ ގޮތަކުން ވެސް."
އިޓަލީ ގައުމީ ޓީމުގެ މުހިއްމު މިޑްފީލްޑަރު ޑި ރޮސީ: މިރޭ ކުޅެވުމުގެ ފުރުސަތު ކުޑަ. --ފޮޓޯ: އޭއެފްޕީ
ކޮންޓޭ ބުނީ ސްޕެއިނަށް ވުރެ ވެސް ޖަރުމަން ވަރުގަދަ ކަމަށާއި އެ ޓީމަކީ އޯގަނައިޒްކޮށް އަދި ވަރުގަދަކަމާ އެކު ކުޅޭ ޓީމެއް ކަމަށާއި އެ ޓީމުގައި ހުނަރުވެރި ކުޅުންތެރިންނާއި ޓެކްޓިކަލީ އަދި ޓެކްނިކަލީ މޮޅު ކުޅުންތެރިން އެބަތިބި ކަމަށެވެ.
"ޖަރުމަން ފާހަގަކުރެވެނީ ކްލަބެއްގެ ގޮތުގައި. ގައުމީ ޓީމަކަށް ނަގާފައިވާ ކުޅުންތެރިންތަކަށް ވުރެ ބޮޑަށް އެ ޓީމު އޮތީ އޯގަނައިޒްކޮށް،" ކޮންޓޭ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު އިޓަލީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޕްލޭމޭކަރު ޑެނިއަލީ ޑި ރޮސީ އަށް އަނިޔާވެފައިވުމެވެ. އޭނާގެ ބަދަލުގައި ކުޅޭ ތިއާގޯ މޮޓާ ވަނީ މެޗަށް ސަސްޕެންޑްވެފަ އެވެ. ރޮސީގެ ފިޓްނަސްއާ މެދު އިޓަލީން ފަހު ވަގުތު ގޮތެއް ނިންމާއިރު އޭނާ އަށް ނުކުޅެވިއްޖެ ނަމަ އަރާނީ ޔުވެންޓަސްގެ ޒުވާން މިޑްފީލްޑަރު ސްޓެފަން ސްޓުރާރޯ އެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ސްޕެއިން މެޗުގައި ނުކުޅެވުނު ވިންގާ އެންޓޯނިއޯ ކަންޑްރޭވާ މިރޭ ވެސް ނުކުޅޭވޭނެ އެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 00:00 ގަ އެވެ.
ޖަރުމަން ޓީމުގެ ތާރީހީ ރެކޯޑެއް ފްލިކް މުގުރާލައިފި
ބްރެޒިލް އަތުން ބަލިވެ ޖަރުމަނުގެ ރެކޯޑް ނިމުމަކަށް
ކޮންޓޭ އަށް އިޓަލީގެ ކޯޗުކަން ދެނީ؟
އިޓަލީ-ޖަރުމަން އެއްވަރުވިއިރު ބުފޮން އަށް ރެކޯޑެއް
"ކޮންޓޭ ތަށި ހޯދީ، އަހަރެން ކުޅުންތެރިން އުފެއްދީ"
"ސަތޭކަ ޕަސެންޓް ދިން، އެ ހިތްހަމަޖެހުން އެބައޮތް"
ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިކޮށް ޖަރުމަނު ސެމީ އަށް
"އިޓަލީ އަކީ ހަމައެކަނި ޑިފެންސްކުރާ ޓީމެއް ނޫން"
ފޭވަރިޓެއް ނެތް، ދެ ޓީމަށް އޮތީ ހަމަހަމަ ފުރުސަތެއް
ވިސްނަންވީ އިބްރަހިމޮވިޗާ މެދު އެކަންޏެއް ނޫން: ކޮންޓޭ