16 އޮކްޓޯބަރ 2017
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ، ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް ދާން ޖެހިއްޖެ އެވެ.
ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ، ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް ދާން ޖެހިއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިއްޒަތަށް ގެއްލުންވާ ގޮތަށް ރާއްޖެ ޓީވީން ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ މިދިޔަ މާޗު މަހު އެއް މިލިއަން ރުފިޔާއިން އެ ޓީވީ ސްޓޭޝަން ޖޫރިމަނާކޮށްފަ އެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އެ މައްސަލަ އިސްތިއުނާފުކުރަން ސިވިލް ކޯޓަށް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ޑިސްޕިއުޓް މަރުހަލާއިން އެ މައްސަލަ ހައްލުނުވުމުން ޝަރީއަތަށް ދާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިސްޕިއުޓް މަރުހަލާއިން އެ މައްސަލަ ހައްލުނުވީ ދައުލަތުން އެކަން ބޭނުން ނުވެގެން ކަމަށެވެ.
"ދައުލަތުން ބޭނުން ނުވީ ޑިސްޕިއުޓު މަރުހަލާއިން އެކަން ހައްލުކުރަން. އެހެންވެ ޝަރީއަތަށް ދާން ޖެހުނީ،" ފިޔާޒު ވިދާޅުވި އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ތިން ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެ އެވެ. އެންމެ ފުރަތަމަ 250،000ރ. އިން ޖޫރިމަނާކުރިއިރު ދެ ވަނަ ފަހަރަށް ކުރީ އެއް މިލިއަން ރުފިޔާއިންނެވެ. އަދި މިދިޔަ ހަފުތާގައި ބްރޯޑްކޮމް އިން ވަނީ ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފަ އެވެ.
އަބުރުގެ ގާނޫނު ބުނާގޮތުން ޖޫރިމަނާގެ މައްސަލަ އިސްތިއުނާފު ކުރެވޭނީ އެ ފައިސާ ދެއްކުމަށްފަހުގަ އެވެ.
އެއް މިލިޔަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
ރާއްޖެޓީވީ 1 މިލިއަނުން ޖޫރިމަނާކުރީ ރަނގަޅަށް: ކޯޓު
ރާއްޖެ ޓީވީ ފަސް ލައްކައިން ޖޫރިމަނާ ކުރީ ރަނގަޅަށް
މުޒާހަރާކުރާ ނަމަ ފިޔަވަޅު އަޅާނަން: އީސީ
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓުން ބަލައިގެންފި
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި
ރައީސްގެ އަބުރާ ބެހުނު މައްސަލަ ބުދަ ދުވަހު ހުށަހަޅަނީ
ރާއްޖެ ޓީވީ ޖޫރިމަނާ މައްސަލަ ކޯޓުން ބަލައެއްނުގަތް
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި
ރާއްޖެ ޓީވީގެ ޖޫރިމަނާ ފަސް ކުރުމުގެ އަމުރަކަށް އެދެފި