02 ޖުލައި 2016
ބަޣުދާދު (ޖުލައި 2) - އިރާގުގެ މޮސޫލް ސިޓީއާ ކައިރިން އެމެރިކާ އިން ވައިގެ ހަމަލާދީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސީނިއާ ދެ ލީޑަރުން މަރާލައިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
ބަޣުދާދު (ޖުލައި 2) - އިރާގުގެ މޮސޫލް ސިޓީއާ ކައިރިން އެމެރިކާ އިން ވައިގެ ހަމަލާދީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސީނިއާ ދެ ލީޑަރުން މަރާލައިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
ޕެންޓަގަންގެ ތަރުޖަމާން ޕީޓާ ކުކް ވިދާޅުވީ އެމެރިކާގެ ހަމަލާގައި މަރާލައިފައި ވަނީ އައިއެސް އިން 2014 ވަނަ އަހަރު މޮސޫލް ހިފުމުގައި އިސްކޮށް އުޅުނު އެ ޖަމާއަތުގެ ހަނގުރާމައާ ބެހޭ ވަޒީރުގެ ނައިބު ބާސިމް މުހައްމަދު އަހުމަދު ސުލްތާން އަލް ބާޖަރީ އާއި ސީނިއާ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ ހާތިމް ތާލިބް އަލް ހަމްދޫނީ ކަމަށެވެ. އައިއެސް ފަހަތަށް ޖެއްސުމުގައި އެމެރިކާ ސިފައިންގެ ވައިގެ ހަމަލާތަކުގެ ފައިދާ އިރާގު ސިފައިންނަށް ވަރަށް ބޮޑަށް ކުރެ އެވެ. އިރާގު ސިފައިންނަށް ދެން ކުރިއަށް އޮތީ އައިއެސްގެ އަތްދަށުން މޮސޫލް ހިފުމުގެ އޮޕަރޭޝަނެވެ.
ކުކް ވިދާޅުވީ އެންމެ ފަހުން މަރާލި އައިއެސްގެ އިސް ދެ ހަނގުރާމަވެރިންނާއި އޭގެ ކުރިން އައިއެސްގެ އިސް ފަރާތްތައް މަރާލާފައިވާތީ އެ ޖަމާއަތް މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ.
އިރާގުގެ އުތުރާއި ހުޅަނގު އަދި ސީރިއާގެ އިރުމަތިން ބޮޑު ސަރަހައްދެއް ހިފުމަށް ފަހު އައިއެސްގެ ޚިލާފަތު އިއުލާންކުރީ 2014 ވަނަ އަހަރު އެވެ. އެކަމަކު ޖިހާދީ ގްރޫޕުގެ އަަތް ދަށުން ވަރަށް ގިނަ ތަންތަން ދާދި ފަހުން ވަނީ ދޫވެފަ އެވެ. އޭގެ ތެރޭގައި އިރާގުގެ ރަމާދީ އާއި ފައްލޫޖާ ހިމެނެ އެވެ. އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ މޮސޫލް ވަރަށް އަވަހަށް ހިފާނެ ކަމަށް އިރާގު ސިފައިން ބުނެ އެވެ. އައިއެސް އިން މޮސޫލް ހިފުމުގެ ކުރިން އެ ސިޓީގައި ދެ މިލިއަން މީހުން ދިރިއުޅުނެވެ.
އައިއެސް އަށް އެހީވާ ކަމަށް ކުރި ތުހުމަތު އެމެރިކާ އިން ދޮގުކޮށްފި
އައިއެސްގެ ލީޑަރުގެ ބޮލަށް އެމެރިކާ އިން 25 މިލިއަން ޑޮލަރު
އައިއެސް ބަލިކުރިއަސް އެމެރިކާއިން އިރާގުގައި ތިބެންޖެހޭ
އައިއެސް އިން އައްޑަނައަކަށް އާއްމުން ބޭނުން ކުރަނީ
މޮސޫލް ހިފުމަށް އެހީވުމަށް އެމެރިކާގެ ސިފައިން ފޮނުވަނީ
އައިއެސް އިން ކެމިކަލް ހަމަލާ ދިން މައްސަލަ ބަލަނީ
އައިއެސް ނައްތާލުމުގެ މަޝްވަރާތައް ކޯލީޝަނުން ފަށައިފި
ކޮމާންޑަރު މަރާލި ކަމަށް އައިއެސް އިން އެއްބަސްވެއްޖެ
އައިއެސް ބަލިކުރުމުގެ މަޝްވަރާ އަށް ކާޓާ އިރާގަށް
ފައްލޫޖާ އިން އިރާގަށް ހިފުނީ ތިންބައިކުޅަ އެއްބައި