11 އޮކްޓޯބަރ 2017
ލިޒްބަން (އޮކްޓޯބަރު 11) – ސްވިޒަލެންޑް އަތުން 2-0 އިން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ފުރުސަތު ހޯދިއިރު އުތުރު އެމެރިކާ ބައްރުން އެމެރިކާ ކަޓައިފި އެވެ.
ލިޒްބަން (އޮކްޓޯބަރު 11) – ސްވިޒަލެންޑް އަތުން 2-0 އިން މޮޅުވެ އަންނަ އަހަރުގެ ވޯލްޑް ކަޕުން ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ފުރުސަތު ހޯދިއިރު އުތުރު އެމެރިކާ ބައްރުން އެމެރިކާ ކަޓައިފި އެވެ.
ޕޯޗުގަލް ކޮލިފައިވީ 27 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ޔޫރަޕުގެ ކޮލިފައިން ގްރޫޕް ބީ ގެ އެއް ވަނަ ހޯދައިގެންނެވެ. މި އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ސްވިޒަލެންޑް ދެ ވަނަ އަށް ދިއުމުން އެ ޓީމަށް ޖެހޭނީ ޕްލޭއޮފުގައި ކުޅޭށެވެ. ރޭގެ މެޗުން ބަލިވި ނަމަ ނުވަތަ އެއްވަރުވި ނަމަ ޕޯޗުގަލަށް ފުރުސަތެއް ނުލިބޭނެ އެވެ.
ލިޒްބަންގައި ކުޅުނު މި މެޗުގެ 41 ވަނަ މިނެޓުގައި ޕޯޗުގަލަށް ލީޑު ލިބުނީ ސްވިޒަލެންޑުގެ ޔޮހާން ޔޫރޭ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޕޯޗުގަލުގެ ދެ ވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖެހީ އޭސީ މިލާނުގެ އަންދްރޭ ސިލްވާ އެވެ. މިއީ އޭނާ ކޮލިފައިންގައި 10 މެޗުން ޖެހި ނުވަ ވަނަ ގޯލެވެ.
އުތުރު އެމެރިކާގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އެމެރިކާ އަށް ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ފުރުސަތު ނުލިބި ކެޓީ ކޮންކާކާފްގެ ކޮލިފައިންގެ ފަސް ވަނަ ބުރުގެ ފަހު މެޗުގައި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން 2-1 އިން ބަލިވުމުންނެވެ.
މި ފަޅިން ވޯލްޑް ކަޕުގެ ސީދާ ޖާގަތައް ކަށަވަރުކުރީ 21 ޕޮއިންޓާ އެކު އެއް ވަނަ ހޯދި މެކްސިކޯ އާއި 16 ޕޮއިންޓާ އެކު ދެ ވަނަ ހޯދި ކޮސްޓާ ރީކާ އަދި 13 ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ ޕެނަމާ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން އެކަމަކު ލަނޑުގެ ތަފާތުން ހަތަރު ވަނަ އަށް ދިޔަ ހޮންޑޫރާސް އަށް ޖެހޭނީ އިންޓަ ކޮންފެޑެރޭޝަން ޕްލޭއޮފުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ދެ ލެގު ކުޅޭށެވެ. އެމެރިކާ ދިޔައީ 12 ޕޮއިންޓާ އެކު ފަސް ވަނަ އަށެވެ.
އެންމެ ފުރަތަމަ ބޭއްވި ވޯލްޑް ކަޕުން 1930 ވަނަ އަހަރު މުބާރާތުގެ ތިން ވަނަ ހޯދި އެމެރިކާ އަންނަނީ 1990 ވަނަ އަހަރުގެ މުބާރާތުން ފެށިގެން މިހާތަނަށް ގަވާއިދުން ކޮލިފައިވަމުންނެވެ.
ރޮނާލްޑޯގެ ޕޯޗުގަލް ވޯލްޑް ކަޕަށް، ތަރިއަކީ ފެނާންޑޭޒް
ޕެޕޭ އެނބުރި އައުުމުން ރޮނާލްޑޯ އަށް ތަފާތު ޖޯޝެއް
އިޓަލީ ނުވަތަ ޕޯޗްގަލް ވޯލްޑް ކަޕުން ނުފެންނާނެ
ސާބިއާއިން ރޮނާލްޑޯގެ ޕޯޗުގަލް ހިތްދަތިކޮށްލައިފި
ޕޯޗުގަލް އާއި ނެދަލެންޑްސް އަދި ބެލްޖިއަމަށް މޮޅެއް
ލަނޑު ބަލައިނުގަންނަން ނިންމުމުން ރޮނާލްޑޯ ރަތަށް
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު
ޕޯޗުގަލް އުއްމީދުގައި، ނެދަލެންޑްސަށް ހަނި ފުރުސަތެއް
ފްރާންސް ބަލިވިއިރު، ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި
ފްރާންސާއި ޕޯޗުގަލް މޮޅުވިއިރު، ނެދަލެންޑްސް ބަލިވެއްޖެ