Roadha Mihaaru
ރޮހިންޖާ ރެފިއުޖީއަކާ ކައިވެނިކުރި ބަންގާޅު މީހަކު ހޯދަނީ

ރޮހިންޖާ ރެފިއުޖީއަކާ ކައިވެނިކުރި ބަންގްލަދޭޝް މީހަކު ހޯދަނީ

09 އޮކްޓޯބަރ 2017

ކޮކްސް ބާޒާރު (އޮކްޓޯބަރު 9) - ރޮހިންޖާ ރެފިއުޖީއަކާ ކައިވެނި ކުރި ބަންގްލަދޭޝް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮކްސް ބާޒާރު (އޮކްޓޯބަރު 9) - ރޮހިންޖާ ރެފިއުޖީއަކާ ކައިވެނި ކުރި ބަންގްލަދޭޝް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ރޮހިންޖާ ރެފިއުޖީންނާ ބަންގްލަދޭޝް މީހުން ކައިވެނި ކުރުން އޮންނަނީ މަނާކޮށްފަ އެވެ. އެކަމަކު ފުލުހުން ބުނެފައި ވަނީ އެ އަމުރާ ޚިލާފަށް ޝުއައިބު ހުސައިން ޖުވެލް، 25، އާއި ރެފިއުޖީ ރާފިޒާ، 18، ވަނީ ކައިވެނިކޮށްފައި ކަމަށެވެ.

"ރޮހިންޖާ ރެފިއުޖީއަކާ ބަންގްލަދޭޝް މީހަކު ކައިވެނިކުރި ވާހަކަ ވަނީ އަހާފައި. ބަންގްލަދޭޝް މީހާ ހޯދުމަށް އޭނާގެ ގެއަށް ފުލުހުން ދިޔަ،" ސިންގައިރު ފުލުހުންގެ ވެރިޔާ ޚަންދަކަރު އިމާމް ހުސައިން ވިދާޅުވި އެވެ. "އެކަމަކު އޭނާ ނުފެނުނު. އޭނާ ވީތަނެއް ނޭނގޭ."

ބަންގްލަދޭޝް އިން 2014 ވަނަ އަހަރު ވަނީ ބަންގްލަދޭޝް މީހުންނާއި ރޮހިންޖާ މުސްލިމް ރެފިއުޖީން ކައިވެނި ކުރުން މަނާކޮށްފަ އެވެ. އެއީ ރޮހިންޖާ މީހުން ކައިވެނި ކުރަނީ ބަންގްލަދޭޝްގެ ރައްވެހިކަން ހޯދަން ކަމަށްވާތީ އެވެ.

އެކަމަކު ޖުވެލްގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ކައިވެނި ކުރުމުގެ ބޭނުމަކީ ރޮހިންޖާ ރެފިއުޖީއަކަށް ބަންގްލަދޭޝްގެ ރަށްވެހިކަން ދޭން ނޫން ކަމަށެވެ.

"ބަންގްލަދޭޝް މީހުންނަށް ކްރިސްޓިއަނުންނާއި އެހެން ދީންތަކުގެ މީހުންނަށް ކައިވެނި ކުރެވޭ އިރު ރޮހިންޖާ މީހުންނާ ކައިވެނި ނުކުރެވެންވީ ކީއްވެ؟" ޖެވެލްގެ ބައްޕަ ސުވާލުކުރި އެވެ. "ޖުވެލް ކައިވެނި ކުރީ މުސްލިމަކާ."

މިއީ މިއަންމާ ރެފިއުޖީން އެންމެ ފަހުން ބަންގްލަދޭޝް އަށް އެތެރެވާން ފެށި ފަހުން ރޮހިންޖާ ރެފިއުޖީއަކު ބަންގްލަދޭޝް މީހަކާ ކައިވެނިކުރިކަން އެނގުނު ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް ފުލުހުން ވަނީ ހަވީރު 5 ގެ ފަހުން ރެފިއުޖީން ނޫން ބަޔަކު ކޭމްޕްތަކަށް ވަނުން މަނާކޮށްފަ އެވެ.