30 ސެޕްޓެމްބަރ 2017
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ ސަސްޕެންޝަން އުވާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ ސަސްޕެންޝަން އުވާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ހާޝިމް ސަސްޕެންޑު ކުރީ ބޭއިންސާފުން ކަމަށާއި އެއީ ސަރުކާރުގެ މަސްލަހަތު ހިމާޔަތް ކުރަމުން އަންނަ އެލްޖީއޭ އިން ކުރި ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑު ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ފަސް ގޮނޑި ވެސް އެމްޑީޕީ އަށް ލިބިފައިވާ ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރީ އެ ރަށުގައި އިމާރާތްކޮށްފައިވާ ރޯހައުސްތައް ލިބޭ މީހުންގެ ލިސްޓެއް ހައުސިން މިނިސްޓްރީން ތައްޔާރުކޮށް އިއުލާނުކޮށްފައި ވަނިކޮށް، އެ ލިސްޓާ ޚިލާފަށް، އަލުން ލިސްޓެއް ތައްޔާރުކޮށް ނެރޭނެ ކަން ދޭހަވާ ފަދަ ގޮތަކަށް އާންމުންނަށް ސިޓީ ފޮނުވި ކަމަށް ބުނެ އެވެ.
އެމްޑީޕީން ބުނީ ދިއްދޫގައި އެޅި 140 ރޯހައުސް ދިނުމުގައި ހަމަހަމަކަން ގެއްލޭ ގޮތަށް ސަރުކާރުން އަމަލު ކޮށްފައިވާތީވެ އެކަން އެންމެ ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ. އެކަމާ ގުޅިގެން އާންމުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ދިއްދޫ ކައުންސިލުން މަސައްކަތް ކުރާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އެންމެ ހާމަަކަން ބޮޑުކޮށް ދިއްދޫ މީހުންނަށް ހާމަކޮށް ދިނުމަކީ އެ މީހުން އިންތިޚާބުކުރި ކައުންސިލަރުންގެ ގާނޫނީ ޒިންމާއެކެވެ،" ބަޔާނުގައި ވެ އެވެ.
އާބާދީ ބޮޑު ދިއްދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން އިތުރުވެފައިވާއިރު، ހަމަހަމަކަން ގެއްލޭ ގޮތަށް، ވަގުތީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ސިޔާސީ ވިސްނުމަށް ބަލައި ރޯހައުސްތައް ބަހާލުމުން ރަށުގެ ހަމަޖެހުމަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން މި ރޯހައުސްތައް އިންސާފުވެރިކަމާއެކު ބެހުމަށާއި ރަށު ކައުންސިލުން އެދިފައިވާ ގޮތަށް އެކަން ކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ. އަދި ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ކަންކަން ނުކުރުމަށް އެލްޖީއޭ އަށް ވެސް އެ ޕާޓީން ގޮވާލި އެވެ.
ދިއްދޫގައި އެޅި 140 ރޯހައުސް ބެހުމުގައި އިންސާފުވެރިކަން ނެތް ކަމަށް ބުނެ ކައުންސިލުން އެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފަ އެވެ.
އުސޫލާ ހިލާފަށް ދިއްދޫން ފްލެޓް ދިނުމުން ދައުވާކުރަނީ
ހުވާގައި ދެމިހުންނާނަން، ރައްޔިތުން ބާކީނުވާނެ: ރައީސް
ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް
ބޮޑުފޮޅުދޫ ބިން ހިއްކައި ގޯތި ދޫކުރާނަން: އިބޫ
އެމްޑިޕީން ހަ ދުވަހަށް އާޓިފިޝަލް ބީޗް ހޯދަން އެދިއްޖެ
އިދިކޮޅުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އާންމުކޮށްފި
ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ
ސިފައިންނާއި ފުލުހުންގެ ފްލެޓަށް އެއް އަހަރުން ވަދެވޭނެ
އިދިކޮޅު ބޮޑު ޖަލްސާ ފަސްކޮށްފި