Roadha Mihaaru
އިނގިރޭސި ދަށް ޑިވިޝަނެއްގެ ޓީމަކާ ސީޑޯފް ހަވާލުވަނީ؟

އިނގިރޭސި ތިން ވަނަ ޑިވިޝަން ޓީމަކާ ސީޑޯފް ހަވާލުވަނީ؟

30 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 30) – އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ އޯލްޑަމް އެތުލެޓިކުގެ ކޯޗުކަމާ އޭސީ މިލާނުގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ކްލަރެންސް ސީޑޯފް ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ސެޕްޓެމްބަރު 30) – އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ އޯލްޑަމް އެތުލެޓިކުގެ ކޯޗުކަމާ އޭސީ މިލާނުގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ކްލަރެންސް ސީޑޯފް ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާ ސީޒަނުގެ ފެށުން ގޯސްވުމުން އޯލްޑަމްގެ ކޯޗު މަގާމުން ވަކިވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި ކްލަބުގެ ޗެއާމަން ވަނީ ސީޑޯފާ ބައްދަލުކޮށްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ވަނީ 2014 ވަނަ އަހަރުގެ ސީޒަނުގެ ފަހު ބައިގައި މިލާނަށް ކޯޗުކޮށްދީފަ އެވެ. ކުޅުން ހުއްޓާލި ގޮތަށް ސީދާ ކޯޗުކަމާ ހަވާލުވި އިރު އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެދެވުމުން އެ ސީޒަން ނިމުމުން މަގާމުން ވަކިކުރި އެވެ. އޭނާ މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނާގެ ދެ ވަނަ ޑިވިޝަނުގެ ޝެންޒެން އެފްސީއާ ވެސް ހަވާލުވި އެވެ. އެކަމަކު އެ ޓީމު ފުރަތަމަ ޑިވިޝަނަށް އަރުވައިނުދެވުމުން ޑިސެމްބަރު މަހު މަގާމުން ވަކިކުރީ އެވެ.

އަޔަކްސް އާއި ރެއާލް މެޑްރިޑާއި މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއާ ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް 1994 އިން 2008 އަށް 87 މެޗު ކުޅެދީފަ އެވެ.