22 ސެޕްޓެމްބަރ 2017
ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ހޯދައިދިން ކޯޗު ކަމަށްވާ މިހާރު ދ. ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ މައްޗަށް ކުރިހޯދަން ބޭނުންވާ ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ށ. މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ހޯދައިދިން ކޯޗު ކަމަށްވާ މިހާރު ދ. ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ މައްޗަށް ކުރިހޯދަން ބޭނުންވާ ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ށ. މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނެފި އެވެ.
ޒޯން މުބާރާތުގައި 2003 ގައި ހަނިމާދޫ ޓީމުން ފާހަގަވި ނާސިރު ނިއު ރޭޑިއަންޓަށް ގެނައީ ޖެހިގެން އައި އަހަރު މޯހަން އެވެ. އެ އަށް ފަހު ނާސިރު ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއު އަށް އަދި ގައުމީ ޓީމަށް ހަ އަހަރު ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
"މޯހަން އަކީ ވަރަށް ހާއްސަ ކޯޗެއް. ގަލޮޅު ދަނޑަށް އަހަރެން ގެނައި ކޯޗަކީ ހަމަ މޯހަން. ރާއްޖެ ތެރޭގައި އޭރު ޒޯން ލީގުގައި ކުޅެފައި. ނިއު ރޭޑިއަންޓުން އެދިގެން އޭރު މޯހަން ގެންނަން މަސައްކަތްކުރީ. ނާންނަން ވަރުވެސް ވަރަށް ދެއްކިން. އެކަމު މޯހަން ދެ ވަނަ ޗާންސެއް ނުލިބޭނެ ކަމަށް ބުނެ ގެނައީ،" ނާސިރު ބުންޏެވެ.
މޯހަން އަކީ ވަރަށް މޮޅު ކޯޗެއް ކަމަށާއި އޭނާގެ ރޭވުންތެރިކަމާ އެކު ކުޑަހުވަދޫ އަށް އަދި ނަތީޖާ ނެރެވިފައިނުވި ނަމަވެސް ކުޅުމަށް ބަލާއިރު އެ ޓީމު ދަށް ނޫން ކަމަށް ނާސިރު ވަނީ ބުނެފަ އެވެ.
"މޯހަން ކޯޗަށް ވަރަށް ބޮޑަށް ރެސްޕެކްޓްކުރަން. އެ ހުރިހާ ކަމަށް ވިސްނައިގެން އެންމެ ބޮޑު އަޒުމަކީ މޯހަންގެ މައްޗަށް ކުރި ހޯދުން. ކުޑަހުވަދޫ އަކީ ރަނގަޅަށް އޮގަނައިޒް ޓީމެއް. އެ މީހުން ވެސް ރަނގަޅަށް ކުޅެމުން އަންނަނީ މޯހަން ކޯޗާ އެކީ. އެ މީހުން ކޮޅަށް ބައިވަރު ގޯލުތަކެއް ވަނަސް ކުޅުން އެއް ލެވަލެއްގައި ހިފަހައްޓަމުން އަންނަނީ،" އޭނާ ބުންޏެވެ.
އެންމެ ފަހުން މެޗުގައި މިލަންދޫ ބަލިވީ ލީޑުނަގާފައި އޮއްވާ ފަހަތުން އަރައި ގދ. ތިނަދޫ ޖެހި ދެ ލަނޑުންނެވެ. އެ މެޗަށް ފަހު ނާސިރު ބުނީ ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ކުޅުންތެރިންނަށް ނުކުޅެވުމަކީ ދިމާވި މައްސަލައެއް ކަމަށެވެ. މިރޭގެ މެޗަށް ނުކުންނައިރު އެކަންތައް ހައްލުވެފައިވާ ކަމަށް ނާސިރު ވަނީ ބުނެފަ އެވެ.
"މި މެޗަށް މި ނުކުންނަނީ ވެސް ކުރިން މެޗެކޭ އެއްގޮތަށް ތިން ޕޮއިންޓް ހޯދަން. އިރާދަކުރެއްވިއްޔާ މި މެޗުގައި ވެސް ޓީމުން ބޭނުންވާ ނަތީޖާ ނެރޭނެ. ކުޅުންތެރިން އެ ތިބީ ފުދޭވަރަކަށް ރަނގަޅަށް މި މެޗަށް ސެޓުވެގެން. މި މެޗަށް ނުކުންނައިރު އެންމެ އިންޖަރީއެއް ވެސް ނެތް. ހުރިހާ ކުޅުންތެރިންނަށް ކުޅެވޭ ވަރަށް ތިބީ،" އޭނާ ބުންޏެވެ.
މި ފަހަރު މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އައި ޓީމުތަކުގެ ތެރެއިން ތިބި ކުޅުންތެރިންނަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދައްކާ އެއް ޓީމަކީ މިލަންދޫ އެވެ. އެ ޓީމު ގިނަ މެޗުތަކުގައި ބަލިވެފައިވަނީ މެޗުގެ ފަހު ވަގުތުގައި ވަންނަ ގޯލުތަކުންނެވެ.
"ބުނެވިދާނެ ހަމަ ނަސީބު ދެރައީޔޭ ވެސް ހަމަ. އެންމެ މެޗެއް ދެ މެޗެއް ނޫން. ލީގުގައި އަނެއްހެން ބުނަންޏާ ހުރިހާ މެޗެއްގެ ވެސް އެންމެ ފަހު ވަގުތު މިދަނީ. އަށްޑިހައިން ފެށިގެން އެކޮޅަށް ދިޔައީމަ ބައިކޮޅަށް ގޯލެއް މި ވަންނަނީ. ވެދާނެ ނަސީބު ދެރައީ ކަމަށް ވެސް ނޫނީ އެ ހިސާބަށް ދިޔައީމަ ކުޅުންތެރިންގެ ވިސްނުން ވެސް ވަރުބަލިވަނީކަމަށް،" ނާސިރު ބުންޏެވެ.
މިލަންދޫގެ އެންމެ މުހިއްމު ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) އަށް ވަޒީފާގެ ސަބަބުން ޓީމާ އެކު ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިނުވެވޭތީ ކަންބޮޑުވާކަމަށް ނާސިރު ވަނީ މީގެ ކުރިން ބުނެފަ އެވެ.
"މި ޓީމު އެއްކޮށް ހަމަ ޕްރެކްޓިސް ކޮށްލައިގެން ރަނގަޅަށް ނިކުމެއްޖިއްޔާ މާލޭ ލީގުގައި މި ކިޔާ ގަދަ ހަތަރު ޓީމާ ދެކޮޅަށް ރަނގަޅު ފައިޓެއް ދޭނެ. އެ މީހުން ވެސް ހަމަ ބިރު ގަންނަވަރު ކުރާނެ ހަމަ މި ޓީމުން. މި ޓީމަކީ އެ ވަރުގެ ޕާފޯމެންސް ދައްކާ ޓީމެއް ކުޅުންތެރިންގެ އެހާ ހިތްވަރު އެބަހުރި. އެ ހުރިހާ ކަމަކަށް ބަލާފައި ވެސް ބޮޑެތި ޓީމުތަކަށް މި ޓީމުން ލަނޑުދޭނެ،" ނާސިރު ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކުޑަހުވަދޫ އާއި މިލަންދޫ ވާދަކުރާއިރު މި ދެ ޓީމަށް ވެސް އަދި މި މުބާރާތުގައި މޮޅެއް ހޯދިފައެއް ނުވެ އެވެ. ދެ ޓީމު ވެސް ހަ މެޗު ކުޅެފައިވާއިރު ކުޑަހުވަދޫ އަށް ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު އެވެ. އަދި މިލަންދޫ އޮތީ ދެ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ލީގުގެ ހަ ވަނައިގަ އެވެ. މިލަންދޫ އާއި ކުޑަހުވަދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް
މެޗު ފުރިހަމަނުކޮށް ކުޑަހުވަދޫން ދަނޑުން ފައިބައިފި
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ފަހު މެޗުން މާޅޮހާއި ކުޑަހުވަދޫ އެއްވަރުވެއްޖެ
ޕީކޭ މައްސަލައިގައި މިލަންދޫގެ ގޯހެއް ނެތް!
މިލަންދޫން އޮޅުވާލައިގެން ލީގު ހޯދަން ނޫޅެން: ކޯޗު
ނިއު ފަސް ބެލުމެއް ނެތި ލީގު ޗެމްޕިއަންކަމާ ގާތަށް
މިލަންދޫ އިން ފަހަތުން އަރައި މާޒިޔާ ހިފަހައްޓައިފި
މިލަންދޫ ކުޅުންތެރިއަކާ ދެކޮޅަށް މައްސަލަ ޖައްސައިފި
ކުޑަހުވަދޫއާ ދެކޮޅަށް ގްރީން މުހިއްމު މެޗަކަށް