Roadha Mihaaru
އައިފޯން 10: "އެޕަލް އޭ11 ބަޔޮނިކް" ޗިޕް

އައިފޯން 10: "އެޕަލް އޭ11 ބަޔޮނިކް" ޗިޕް

21 ސެޕްޓެމްބަރ 2017

"އެޕަލް އޭ11 ބަޔޮނިކް" ޗިޕް އަށް ވުރެ ބާރުގަދަ މޮބައިލް ޗިޕެއް މާކެޓްގައި މި ވަގުތު ނެތް ކަމަށް ވެ އެވެ. މާނަ އަކީ، އައިފޯން 8، އައިފޯން 8 ޕްލަސް އަދި އައިފޯން 10 އަށް ވުރެ ސްޕީޑް ބާރު އެހެން ފޯނެއް ސްމާޓްފޯނު މާކެޓްގައި މި ވަގުތު ނެތުމެވެ. މިއިން ކޮންމެ ފޯނެއްގައި ވެސް އެޕަލް އޭ11 ބަޔޮނިކް ޗިޕް އިނދެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"އެޕަލް އޭ11 ބަޔޮނިކް" ޗިޕް އަށް ވުރެ ބާރުގަދަ މޮބައިލް ޗިޕެއް މާކެޓްގައި މި ވަގުތު ނެތް ކަމަށް ވެ އެވެ. މާނަ އަކީ، އައިފޯން 8، އައިފޯން 8 ޕްލަސް އަދި އައިފޯން 10 އަށް ވުރެ ސްޕީޑް ބާރު އެހެން ފޯނެއް ސްމާޓްފޯނު މާކެޓްގައި މި ވަގުތު ނެތުމެވެ. މިއިން ކޮންމެ ފޯނެއްގައި ވެސް އެޕަލް އޭ11 ބަޔޮނިކް ޗިޕް އިނދެ އެވެ.

މޮބައިލް ޗިޕް މާކެޓްގައި، އަހަރަކަށް ފަހު އަހަރެއް އަންނަނީ ޗިޕްތަކުގެ ބާރުގަދަކުރަމުންނެވެ. އެއީ ކުއަލްކޮމް ނުވަތަ ސެމްސަންގް އަދި އެޕަލް އިން އުފެއްދި ނަމަވެސް، ޒަމާނަށް ފައްތަން ކުރާ މަސައްކަތްތަކުގައި، ޗިޕްތަކުގައި އަޅަންޖެހެނީ ބާރުގަދަ އިންޖީނުތަކެވެ. އެޕަލް އޭ11 ބަޔޮނިކް ޗިޕް އަށްް ވެގެން އުޅޭ ގޮތަކީ މި އެވެ. އެކަމަކު އެޕަލް އިން "ބަޔޮނިކް" މާނަކުރަނީ ކޮން ގޮތަކަށް އެނގޭހެއްޔެވެ؟

އެޕަލް އޭ11 ޗިޕަށް ބަޔޮނިކްއޭ ކިޔައި ނަން ދިންކަން އެނގުނު ދުވަހު ކޮންމެވެސް ވަރަކަށް ބިރުގަތެވެ. ސަބަބަކީ މިއީ އައިފޯނަށް 10 އަހަރު ފުރޭ އަހަރަށް ވެފައި، އެޕަލް އިން އައިފޯނު އަލުން އީޖާދުކުރާ ވާހަކަ އިވިފައި އޮތުމެވެ. ފުރަތަމަ ހީކުރެވުނީ ފޯނެއްގެ ދަރަޖަ ދޫކޮށް، އައިފޯނު "ރޮބޮޓިކްސް" އަށް ވައްދަނީ ކަމަށެވެ. އަތްފައި ޖަހުވައި، ހިއްސުކުރުވަން ގުނަވަންތަކެއް ދެނީ ކަމަށެވެ. އެކަން އެކަމަކު އެ ގޮތަކަށް ނުކުރި އެވެ.

އެޕަލް އިން "ބަޔޮނިކް" މާނަކުރަނީ އެކައްޗެއްގެ މާނައިގައެއް ވެސް ނޫނެވެ. އެއީ ހަމަ ނަމެކެވެ. ކިޔާލަން ފަސޭހަ ނަމެކެވެ. އޭ11 އަށް އެ ނަން ދިނުމަކުން ޗިޕުން ކުރާ މަސައްކަތްތައް، ހަގީގަތުގައި "ބަޔޮނިކް" އަށް ދަރަޖައެއް ނުކުރެވެ އެވެ. އެޕަލް އޭ11 އަށް އެ ނަން ކިޔާފައި އެ ވަނީ، އެޕަލް އޭ10 އަށް "ފިއުޝަން" ކީ ގޮތަށެވެ.

އެޕަލްގެ ޗިޕްތަކަށް ނަން ކިޔުމަށް ގެންގުޅޭ ފޯރީގައި، އޭ12 އަށް ކިޔާނެ ނަމެއް ހޯދުމަށް ނުރަސްމީކޮށް ވަނީ ހުޅުވާލާފަ އެވެ. މީހުންގެ އަނގަތަޅުވައިގެން ނަމަވެސް މޮޅު ނަމެއް އަތުޖެހޭތޯ އެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އެޕަލް އޭ12 އަށް ނަމެއް ދެވިދާނެ އެވެ.