18 ސެޕްޓެމްބަރ 2017
ގާނޫނީ ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ތެދުވެވަޑައިގަތުމަކީ ލިބޭ ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ތެދުވެވަޑައިގަތުމަކީ ލިބޭ ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސަސްޕެންޑް ކުރި 54 ވަކީލުންގެ ހައްގުގައި ނިކުމެވަޑައިގެންނެވި ވަކީލުންގެ ތެރޭގައި ފާއިޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Wakeelunge dhifa'ugai kureege Uththama Fan'diyaaru thedhuve vadaigaiykamee mulhi raajjege rayyathunnah libeyne bodu hivvareh
— Mohamed Nasheed (@MohamedNasheed) September 18, 2017
ނަޝީދު ކުރެއްވި ޓުވީޓު.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ތެދުވެވަޑައިގަތް ކަމީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށެވެ.
ފާއިޒަކީ ފަހަކަށް އައިސް ޝަރުއީ ދާއިރާއިން ނިންމާ ބައެއް ކަންކަމާ ގުޅޭގޮތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ރައުޔެއް ހާމަ ކުރައްވަމުން ވަޑައިގަންނަވާ ބޭފުޅެކެވެ. ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނުގެ ބަސް އިއްވެވި އެވެ.
ފާއިޒް ވިދާޅުވެފައިވަނީ ގާނޫނުއަސާސީ މާނަ ކުރުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާއިރު، ގާނޫނުއަސާސީގައި އޮތް އެއްޗެއް ބަދަލު ކުރުމުގެ އެއްވެސް އިހްތިޔާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. ފާއިޒް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީން އުފެއްދި ތަނެކެވެ. ގާނޫނުއަސާސީން އުފެއްދި އެއްޗަކަށް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ޕާޓީއާ ގުޅޭ އެއްވެސް ކަމެއް ހިމަނާފައެއް ނުވެ އެވެ.
މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާކުރީ ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ފުލުހުންނަށް ވެވުނު އިއުތިރާފާ ގުޅިގެން ސުޕްރީމް ކޯޓުން އެ ދައުވާ ނާޒިމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ފާއިޒު ވަނީ ވިދާޅުވެފަ އެވެ. ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އުފުލި ދައުވާ ސާބިތުވެ، އޭނާ ގެންދަވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ނިކުންނެވި ބޭފުޅުންގެ ތެރޭގައި ފާއިޒްގެ އިތުރުން ކުރީގެ ހައި ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ޝާހީން ހަމީދާއި މައުމޫން ހަމީދާއި ދިޔާނާ ސައީދާއި ހުސެއިން ސިރާޖު ހިމެނިވަޑައިގަންނަވަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީއެއްގައި އެބޭފުޅުން ވިދާޅުވީ 54 ވަކީލުންގެ ވަކީލު ކަމުގެ ހުއްދަ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ދޫކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ވަކީލުން ސަސްޕެންޑް ކުރީ ޝަރުއީ ނިޒާމާ ގުޅޭ ޕެޓިޝަނެއް ހުށަހެޅުމާ ގުޅިގެންނެވެ.
ހިސާން: ހައްގުތަކުގެ ދިފާއުގައި، ދޫދިނުމެއް ނެތް
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތަފާތު ހިޔާލާއެކު ވެސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ"
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެދުނު ގޯހެއް: ނަޝީދު
ޔާމީންގެ ޝަރީއަތަަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރީ ޕީޕީއެމް މީހެއް!
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!