ޑޮމެސްޓިކް އެއާޕޯޓެއް ހިންގާ ގއ. ކޫއްޑޫގައި ހެދި މަތީ ފެންވަރުގެ ރިސޯޓު، "މާކިއޯ މޯލްޑިވްސް ކޫއްޑޫ" ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.
12 ސެޕްޓެމްބަރ 2017
ޑޮމެސްޓިކް އެއާޕޯޓެއް ހިންގާ ގއ. ކޫއްޑޫގައި ހެދި މަތީ ފެންވަރުގެ ރިސޯޓު، "މާކިއޯ މޯލްޑިވްސް ކޫއްޑޫ" ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.
ސިންގަޕޫރުގެ ކިއޮންގް ހޮންގް ކުންފުނިން ތަރައްގީކުރި 68 ކޮޓަރީގެ ރިސޯޓުގައި 43 މޫދު ކޮޓަރި ހުރެ އެވެ. އެ ރަށް ހިންގަނީ ފްރާންސްގެ މަޝްހޫރު އެކޯ ހޮޓެލްސް ގްރޫޕުންނެވެ. އެ ގްރޫޕުގެ 700 ހޮޓާ 58 ގައުމެއްގައި އެބަހުއްޓެވެ.
މާލެ އިން ފުރައިގެން 55 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓު ހިންގާ ރަށުގައި އެއާޕޯޓެއްގެ އިތުރުން މިފްކޯގެ މަސް ފެކްޓަރީއެއް ވެސް ހިންގަ އެވެ.
މާކިއޯ މޯލްޑިވްސްގައި ހުންނަ ކޮޓަރީގެ ތެރެއިން 20 ކޮޓަރީގައި ހަ މީޓަރު ދިގު ތިން މީޓަރު ފުޅާ ސްވިމިން ޕޫލެއް ވެސް އޮވެ އެވެ. އޭގެ އިތުރުން މޫދާ ކުރިމައްޗަށްވާ ގޮތަށް 50 މީޓަރުގެ ސްވިމިން ޕޫލަކާއި މަތީ ފެންވަރު ރެސްޓޯރަންޓްތަކާއި ފައިވް ސްޓާ ފެންވަރުގެ ޚިދުމަތް ދޭ ޕަޑި ޑައިވް ސެންޓަރެއް އަދި ކުޅިވަރު ކުޅޭ ތަންތަނާއި ސްޕާއެއް ވެސް ހުރެ އެވެ.
ކޫއްޑޫ ރިސޯޓު ހުޅުވުމާ ގުޅިގެން އަންނަ މަހުގެ ނިޔަލަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ދެ މީހަކަށް ހެނދުނު ސަޔާއެކު ބީޗް ވިލާ ކޮޓަރިއެއް ރެއަކަށް 220 ޑޮލަރަށް ވިއްކަ އެވެ.
ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް ކޫއްޑޫ ތަރައްގީކޮށްފި
ބްރައުން އިންވެސްޓުގެ ބާސެލޯ ލެގޫން ރިސޯޓު ވިއްކާލައިފި
ކިހާދުއްފަރު ރިސޯޓަށް ސަރުކާރުން ފިޔަވަޅު އަޅަނީ
ގިނަ ލުއި ދޭތީ ރިސޯޓް ކުލި ނުދައްކަން ހިތްވަރު ލިބޭ
ޓޫރިޒަމަށް އިޝްތިހާރު ކުރެވޭނީ ހުއްދަ އޮތް ތަންތަން
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 35 މިލިއަން ލިބިއްޖެ
ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން