Roadha Mihaaru
ލަންކާއަށް ބޯކޮށް ވިއްސާރަކޮށް ސިފައިން ކުއްލި ހާލަތަށް

ލަންކާ އަށް ބޯކޮށް ވިއްސާރަކޮށް ސިފައިން ކުއްލި ހާލަތަށް

10 ސެޕްޓެމްބަރ 2017

ކޮލަމްބޯ (ސެޕްޓެމްބަރު 10) - ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ގެއްލުންތައް ލިބެމުންދާތީ ކުއްލި ހާލަތުގައި އެހީތެރިވުމަށް ސިފައިން ނެރެން ނިންމާފައިވާ ކަމަށް ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މަހޭޝް ސެނަނަޔަކަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކިގާލީ، ރަތުނަޕޫރާ، ގޯލް، މާތަރަ، ކަލުތަރަ، ކުކުލެގަންގާ، ބުލަތުސިންހަލަ، އަގަލަވައްޓާ އަދި ކުރުވިތާގައި ފެންވޮޑުވެފައިވާ ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި ސިފައިން މިހާރު ވެސް ދަނީ އެހީތެރިވަމުންނެވެ. ފެންބޮޑުވެފައިވާ ހިސާބުތަކުގައި ބޭނުން ކުރަމުން ކުދި ޑިންގީތައް ވެސް މިހާރު ދަނީ ބައެއް ހިސާބުތަކަށް ފޮނުވަމުންނެވެ. ފެން ބޮޑުވުމުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރާ ހިންގާ އޮޕަރޭޝަން ވެސް ސިފައިންގެ ކޮމާންޑަރު ގެންދަވަނީ މޮނިޓާ ކުރައްވަމުންނެވެ.

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް، އެކި ހިސާބުތަކުގައި ހުރި ސިފައިންގެ ހެޑްކުއާޓަރުތަކުގެ އޮޕަރޭޝަންސް ޑިރެކްޑަރުންނާއި ސީނިއާ އޮފިސަރުން ގާތުން ބަލަމުން ގެންދިއުމަށް ކޮމާންޑަރު ސެނަނަޔަކަ ވަނީ އަންގަވައިފަ އެވެ.

މިދިޔަ މެއި މަހު ވެސް ވަނީ ސްރީ ލަންކާ އަށް ބޯކޮށް ވިއްސާރަކޮށްފަ އެވެ. އެ ފަހަރު ކުރި ވިއްސާރައިގައި ވަނީ 70 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.