Roadha Mihaaru
ކޮޅިގަނޑުގެ ބާރު ވަނީ ގަދަވެފައި، މޫސުމަށް ސަމާލުވޭ

ކޮޅިގަނޑުގެ ބާރު ވަނީ ގަދަވެފައި، މޫސުމަށް ސަމާލުވޭ: މެޓް

13 މާޗް 2018

ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ބާރު ގަދަވެފައިވާތީ މޫސުމަށް އިތުރަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ބާރު ގަދަވެފައިވާތީ މޫސުމަށް އިތުރަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުން، ގާތްގަނޑަކަށް 290 ކިލޯމީޓަރުގެ ދުރުގައި ހުރި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މަޑުމަޑުން ހުޅަނގު އުތުރަށް ޖެހެމުންދާ ކަމަށެވެ.

އެހެންކަމުން، ކުރިއަށް އޮތް 48 ގަޑިއިރު، މެދުރާއްޖެތެރެއަށާއި އުތުރުގެ ރަށްރަށަށް ގުގުރުމާ އެކު ވިއްސާރަކޮށް، ދޭތެރެ ދޭތެރެއިން ވައި ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންވެ، ހުރިހާ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތޫފާނަށް ބަދަލުވާ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ. އަދި ކޮޅިގަނޑު ރާއްޖެއާ އިރު އުތުރުން ދުރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެޓް އޮފީހުން މިއަދު ކުރި ޓުވީޓު.

މެޓުން ވަނީ ކުރިއަށް އޮތް 48 ގަޑިއިރު، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހއ. އިން ފެށިގެން މާލެ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.