06 ސެޕްޓެމްބަރ 2017
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިއްޚީ ދާއިރާ އަށް ނަމޫނާ ބަދަލުތަކެއް އައިސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިއްޚީ ދާއިރާ އަށް ނަމޫނާ ބަދަލުތަކެއް އައިސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ފެށުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ މި ސަރުކާރަށް މިވީ ގާތްގަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި، މީގެ ކުރިން ނުލިބޭ ސިއްޚީ ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ފަށާފައިވާ ކަމަށެވެ.
އެއީ އެއްވެސް ސަރުކާރަކަށް ކޮށްނުދެވުނު ކަންކަން ކަމަށާއި އެ މަސައްކަތަކީ ނަމޫނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ދަށުން ހަދާ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތަށް އިޝާރާތް ކުރައްވަމުން ޝައިނީ ވިދާޅުވީ، އެއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ އުސް އިމާރާތް ކަމަށް ވާއިރު، އެތަން ވެސް ޚާއްސަ ކޮށްފައި ވަނީ ސިއްޚީ ޚިދުމަތަށް ކަމަށެވެ. އޭގެ ސަބަބުން، މިހާރަށް ވުރެ އަވަހަށް ގިނަ ޚިދުމަތްތަކެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައިވާނީ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް. މި ސަރުކާރު ފެށުނުއިރު އެކަމަށް ބޭނުންވާ އެކި މަސައްކަތްތައް ވަނީ ކުރެވިފައި،" ޝައިނީ ވިދާޅުވި އެވެ.
ސިއްޚީ ދާއިރާ އިން، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދިކަމުގައި ވިޔަސް ގޮންޖެހުންތަކެއް ވެސް ހުރިކަން ޝައިނީ ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ސިއްޚީ ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވިޔަސް އެކަން ވެސް ސަރުކާރުން ހުރަސްކޮށް، އާންމުނަށް ލުއިފަސޭހަ ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ހުރީ ނުވަ ފާމަސީ ކަމަށާއި އެކަމަކު ތިން އަހަރުގެ ތެރޭގައި އެ އަދަދު 187 އަށް އިތުރުކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. މީގެ އިތުރުން ސީ އެމްބިއުލާންސްގެ ގޮތުގައި ހަތަރު އުޅަނދެއް ބޭނުންކުރިއިރު ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގިނަވެގެން 45 މިނެޓުގެ ތެރޭގައި ސަރަަހައްދީ ހޮސްޕިޓަލަކަށް ގެންދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހާ ހަމައަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ސިއްހަތަށް ކުރާ އަސަރުތަކާ ގުޅޭ ގޮތުންނެވެ. އަދި މި ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ސިއްޚީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ނިންމާނެ އެވެ.
ކުރާ ހޭދައާ އެއްވަރަށް ސިއްހީ ހިދުމަތް ދެވޭ: ނާޒިމް
ރުބެއްލާ ނައްތައިލުމުން ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި
ސިއްހީ ހިދުމަތަށް އެންމެ ބޮޑު ހަރަދެއް ކުރީ ރާއްޖެއިން
ބައްދަލުވުން ކާމިޔާބު، މި ދާއިރާއަށް ބަދަލު އަންނާނެ
ހިމަބިހި ނައްތާލާފައިވާކަމުގެ އެވޯޑު ރާއްޖެއަށް ދީފި
ސިއްހީ ދާއިރާއަށް އެންމެ ހަރަދުކުރަނީ ރާއްޖެއިން:ޕޫނަމް
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ޕްރައިމަރީ ހެލްތު ކެއާ ކެމްޕެއިން ފަށައިފި