ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށް މިއަދު ބުނެފި އެވެ.
05 ސެޕްޓެމްބަރ 2017
ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ބާއްވާ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ކަމަށް މިއަދު ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި މަޝްވަރާގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާނެ އެވެ.
ހަސަން ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާ ގޮތެއް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކާ ހިއްސާކޮށް، އެކަމުގައި އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހަސަން ލަތީފް (ކ) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
"ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާނެ މަޝްވަރާ ތަކުގައި ބައިވެރިވާނެތޯ ނުވަތަ ނޫންތޯ. އަދި ބައިވެރިވާނަމަ، ކޮން ބައެއްތޯ ބައިވެރިވާނީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަނެއްކާވެސް ޕާޓީތަކާ މަޝްވަރާ ކުރުމަށް ދައުވަތު ދިނީ ރައީސް އަބްދުﷲ ޔާމީނަށް މަޖުބޫރުވެވަޑައިގަތުމުންނެވެ. އަދި ރައީސް ޔާމީނަށް ކަންކަން އިސްލާހު ކުރައްވަން މިހާރު ޖެހިވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަންކަމަށް ވާހަކަ ދައްކައި ހައްލު ހޯދައިދޭން ތައްޔާރަށް އޮތް ކަމަށް ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ ހާމަކޮށްފަ އެވެ. އެކަމަކު ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ލީޑަރުންނަށް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
މަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވާ އެންމެ އިސް މަންދޫބު، އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވާރާގެ މޭޒަށް އައުމަށް އެއްވެސް ޝަރުތެއް ކުރިމަތިނުކުރެވޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރާ ޝަރުތުތަކަށް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށެވެ.
މީގެ ކުރިން ސަރުކާރުން ވަނީ އެކި ފަހަރު މަތިން މަޝްވަރާތައް ބާއްވަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބުނުވެ، ފޭލްވީ ހުކުމް ތަންފީޒު ކުރަމުންދާ ލީޑަރުން ބައިވެރިކުރަން ސަރުކާރުން ދެކޮޅު ހެދުމުންނެވެ. ލީޑަރުން ބައިވެރި ނުކުރާ މަޝްވަރާއެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް އޭރު އިދިކޮޅު ޕާޓީތަކުން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތިން ލީޑަރުން ކަަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ހުކުމެއް ތަންފީޒުކުރައްވާއިރު އެ ޕާޓީތަކުގައި ދެން އިސްކޮށް ތިބި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާތަކެއް އުފުލައިފަ އެވެ.
ސަރުކާރާ މަޝްވަރާކުރާނެ މާހައުލެއް ނެތް: އިބޫ
ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި
މަޝްވަރާ އަށް މަގުފަހިކުރަން އިދިކޮޅުން ޔޫއެންގައި
މަޝްވަރާއަށް ޕާޓީތަކުން ޖަވާބެއް ނުދޭ: ޝައިނީ
ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި
އެމްޑީޕީ އިންތިހާބުގައި އިދިކޮޅުން ވޯޓުލީކަމުގެ ތުހުުމަތު
ސިޔާސަތުތައް ޕާޓީގެ ތަސައްވަރާ އެއްގޮތެއް ނޫން: ހަސަން
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟
އިިދިކޮޅަށް ހިތްވަރު ލިބޭ ކަންކަން ނުކުރަން އަންގައިފި