04 ސެޕްޓެމްބަރ 2017
މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ ރަހުމުކުޑަ ޖަރީމާތައް ހުއްޓާލަން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ ރަހުމުކުޑަ ޖަރީމާތައް ހުއްޓާލަން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޮހިންޖާ މުސްލިމުންނާ ދެކޮޅު ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެ ރަހުމު ކުޑަ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Strongly condemn atrocities committed against Rohingya Muslims of Burma. International community must take steps to stop this genocide.
— Maumoon Abdul Gayoom (@maumoonagayoom) September 4, 2017
މައުމޫން ކުރެއްވި ޓުވީޓު.
ރޮހިންޖާ މުސްލިމުންނާ މެދު އެ ގައުމުގެ ސިފައިން އަނިޔާވެރިވާން ފެށީ މިދިޔަ މަހުގެ 25 ގައި ރޮހިންޖާގެ ބަޔަކު އަސްކަރީ ޕޯސްޓަކަށް ދިން ހަމަލާއާ ގުޅިގެންނެވެ. ސިފައިން ދޭން ފެށި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ދުނިޔޭގެ ސަމާލު ކަމަށް އެކަން ވަނީ އައިސްފަ އެވެ.
ރޮހިންޖާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެން، ރާއްޖެ އިން ވަނީ އެ ގައުމާ ދެމެދު ކުރާ ވިޔަފާރީގެ ގުޅުން އިއްޔެ އިން ފެށިގެން ކަނޑާލައިފަ އެވެ.
ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ ސިފައިން އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާއިރު ވެސް އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނަވާތީ އޭނާ އަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރޮހިންޖާ ދަރިފަސްކޮޅުގެ މީހުންގެ އިންސާނީ ހައްގުތައް، އެ ގައުމުގެ ލީޑަރު ހިމާޔަތްކޮށް ދޭން ޖެހޭ ކަމަށެވެ.
ރަކީން އަކީ މިއަންމާގެ އެންމެ ފަގީރު ސަރަހައްދެކެވެ. އެ ސްޓޭޓުގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. ރަކީންގެ މުސްލިމުންނަކީ އެ ގައުމުގެ މީހުން ކަމަށް މިއަންމާ ސަރުކާރުން ގަބޫލްކޮށްފައެއް ނުވެ އެވެ.
ރޮހިންޖާގެ އަވަށަކުން 700 ގެ އަންދާލާފައިވާ ކަމަށް އެންމެ ފަހުގެ ފޮޓޯތަކުން ދައްކަ އެވެ. އެކަމަކު ސިފައިންގެ އަތް ދަށުވެ، މަރުވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
މިއަންމާއާ ދެކޮޅަށް ރާއްޖެ އިސްވެ ތެދުވާން ގޮވާލައިފި
މިއަންމާގެ ހަމަނުޖެހުމާ ގުޅިގެން ގުނޫތުކިޔަން އަންގައިފި
ރޮހިންޔާ މުސްލިމުންގެ ހައްގުގައި އުއްމަތް ތެދުވާންޖެެހޭ
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
މުސްލިމުން މެރި މިއަންމާ މީހުންނަށް ފިޔަވަޅު އަޅަނީ
މުސްލިމުން މެރިކަމަށް މިއަންމާ ސިފައިން އެއްބަސްވެއްޖެ
މިއަންމާގައި ދީނީ ގޮތުން ތަފާތު ނުކުރާ ކަމަށް ސިފައިން ބުނެފި
ސިފަކޮށްދެވޭ ވަރަށް ވުރެ ރޮހިންޖާގެ ހާލަތު ދަށް:މަޖީދު
ރޮހިންޖާގެ އެހީގެ ޝިޕްމަންޓަކަށް ބުޑިސްޓުން ހުރަސް އަޅައިފި