Roadha Mihaaru
މިއަންމާގެ ހަމަނުޖެހުމާ ގުޅިގެން ގުނޫތުކިޔަން އަންގައިފި

މިއަންމާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ނަމާދުގައި ގުނޫތު ކިޔަން އަންގައިފި

05 ސެޕްޓެމްބަރ 2017

މިއަންމާގައި، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖޭގެ ހުރިހާ ހުރިހާ ރަށެއްގައި މިރެއިން ފެށިގެން ނަމާދުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި އަންގާފައި ވަނީ ކޮންމެ ޖަހްރިއްޔަ (އަޑު ހަރުކޮށް ކިޔަވާ) ނަމާދެއްގެ ފަހު ރަކުއަތުގެ އިއުތިދާލުގައި މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން، މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ގުނޫތު ނާޒިލާ ކިޔުމަށެވެ. މި ދުއާ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

މިއީ މުސީބާތުގެ ވަގުތުގައި ކިޔުމަށް ހާއްސަ ދުއާއެކެވެ. މުސްލިމުންނަށް ކުރިމަތިވި ބޮޑެތި ބައެއް މުސީބާތްތަކާ ގުޅިގެން ކީރިތި ރަސޫލާ މިފަދައިން ދުއާ ކުރައްވާފައިވެ އެވެ.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައި ވާއިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަންގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.