01 ސެޕްޓެމްބަރ 2017
އީދަކީ އުފާވެރިކަމާއި މުނިފޫހިފިލުވުމުގެ ދުވަހެއް ކަމަށާއި އެކަން އޮންނަން ވާނީ ހިތްތައް ސާފުކޮށް، އުފާވެރިކަމާ އެކު ކަމަށާއި މިއީ ޝަހުވަތްތަކުގެ ފަހަތުން ދުވަން އަންނަ ދުވަހެއް ނޫން ކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފި އެވެ.
އީދަކީ އުފާވެރިކަމާއި މުނިފޫހިފިލުވުމުގެ ދުވަހެއް ކަމަށާއި އެކަން އޮންނަން ވާނީ ހިތްތައް ސާފުކޮށް، އުފާވެރިކަމާ އެކު ކަމަށާއި މިއީ ޝަހުވަތްތަކުގެ ފަހަތުން ދުވަން އަންނަ ދުވަހެއް ނޫން ކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފި އެވެ.
މިއަދު ފާހަގަކުރާ އަޟްހާ އީދަކީ އެންމެ ބޮޑު އީދުކަން ފާހަގަކޮށް، ޚުތުބާގައި ބުނީ މިއީ އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށާއި މިއީ އެންމެ މާތް ދިހަ ދުވަހުގެ ތެރެއިން އެންމެ ފަހު ދުވަސް ކަމަށެވެ.
"އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިންމު އަޅުކަންތަކާ ގުޅިގެންނެވެ. އެހެންކަމުން އިސްލާމީ އީދުތަކަކީ ﷲ އަށް ކިޔަމަންގަތުމުގެ މަތީގައިވާ މުނާސަބަތުތަކެކެވެ،" ޚުތުބާގައިވެ އެވެ.
ޚުތުބާގައި ބުނި ގޮތުގައި، ކާމިޔާބު ލިބެން އޮތީ މުސްލިމުން ބައިބައި ނުވެ، މުޅި އުއްމަތް އެއްގަލަށް އަރައިގެން ކަމަށާއި އިއްޒަތާއި ގަދަރު ހާސިލް ކުރެވޭނީ އެއްބައިވަންތަކަން ހަރުދަނާކޮށް، ބައިބައި ނުވެ، އުއްމަތުގެ މަސްލަހަތުތައް ހިމާޔަތްކޮށްގެންނެވެ. ދެބަސްވުމާއި އަރައިރުން ވުމަކީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމަށާއި، އެއްބައިވަންތަކަމަކީ މިހާތަނަށް މުސްލިމުންނަށް ލިބުނު ކާމިޔާބީތަކުގެ އަސްލުކަން ފާހަގަކުރި އެވެ.
"އެ މީހުންނަށް ލިބިފައިވާ ނާކާމިޔާބީތަކުގެ ސަބަބަކީ ސަބަބަކަށް ވެފައިވަނީ އެ މީހުންގެ ބައިބައިވުމެވެ،" މުޅި ރާއްޖޭގައި މިއަދު އިއްވި ޚުތުބާގައިވެ އެވެ.
އީދާއި ހައްޖު ޝަރްއު ކުރެއްވީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށާއި ހައްޖުގެ ސަބަބުން އެކަކު އަނެކަކަށް ހުރުމަތްތެރިކޮށް ހިތަން ދަސްވެ، އަދާވާތްތެރި ނުވުމަށް ތަމްރީނު ލިބޭ ކަމަށް ޚުތުބާގައިވެ އެވެ. އިސްލާމީ އުއްމަތުގެ މައްޗަށް ޔަހޫދީން ހަސަދަވެރިވަމުން އަންނަނީ މި އުއްމަތަށް މާތްﷲ ދެއްވި ހިދާޔަތުގެ ސަބަބުން ކަމަށާއި އެކަމުގެ ހަސަދަވެރިކަމުގައި ރެޔާއި ދުވާލުު އެ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ޚުތުބާގައި ބުންޏެވެ. ޔަހޫދީންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މުސްލިމުންނާ ދެކޮޅަށް ކުރާ ފުރައްސާރަތަކާއި ފާޑު ކިޔުންތަކުގެ އަސްލަކީ ވެސް އެއީ ކަމަށް އެ ޚުތުބާގައިވެ އެވެ.
މާތްﷲ ދެއްވާ ހިދާޔަތަށް ވުރެ ބޮޑު ހިދާޔަތެއް ނެތް ކަމަށާއި އެ ހިދާޔަތަކީ އެކަލާނގެ އިރާދަކުރައްވާ އަޅުތަކުންނަށް އެކަނި ލިބޭ އެއްޗެއް ކަމަށް ވެސް ޚުތުބާގައިވެ އެވެ. އަދި ﷲ ގެ ދީނަށް ހަސަދަވެރިވުމަށް ބޮޑު ހަސަދަވެރި ކަމެއް ވެސް ނުވާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މިއަދު ހެނދުނު ކުރި އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި އޮތީ މާފަންނު ސްޓޭޑިއަމްގަ އެވެ. އެތަނުގެ އިތުރުން މާލޭ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން މީހުން އުޅޭ ރަށްރަށުގެ ބޮޑެތި މިސްކިތްތަކުގައި ވެސް އީދު ނަމާދުކުރި އެވެ.
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ރައީސްގެ އިލްތިމާސަކީ ރުޅިވެރިކަމާއި ހަސަދައިން ދުރުވުން
އިސްކަން ދޭންވީ ގުޅުންތައް ބަދަހި ކުރަން: ރައީސް
ހައްޖުގެ ފިލާވަޅުތަކާއި ޢީދުގައި ސަމާލުވާން ޖެހޭކަންކަން
އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ އިޔާޒަކަށް ނުދިން
"މާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުން"
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
ރައީސް އެދިވަޑައިގަތީ ﷲގެ ނިިއުމަތްތައް ހަނދާންކުރަން
ބޮޑު އީދު: އިސްލާމްދީނުގެ އިމުން ބޭރު ނުވާން އެދިއްޖެ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ