29 އޯގަސްޓް 2017
މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ އެކި މައްސަލަތައް ކަމަށާއި އޭގެ 126 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ އެކި މައްސަލަތައް ކަމަށާއި އޭގެ 126 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އަންހެނުންނާއި ދުވަސްވީ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަން ބަލަހައްޓާ ޖެންޑާ މިނިސްޓްރީން ބުނީ އެ އިދާރާ އަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު ދައްކާގޮތުން އެކި ބާވަތުގެ އަނިޔާކޮށްގެން 126 މައްސަލައެއް ރިިޕޯޓްކޮށްވާއިރު އެއީ މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ 48 ޕަސެންޓް ކަން ފާހަގަކޮށްފައި ވެ އެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން ވެސް އެންމެ ގިނައީ ހަށިގަނޑަށް ގެއްލުންދީގެން ނުވަތަ ޖިސްމާނީ އަނިޔާކޮށްގެން ކޮށްފައިވާ ރިޕޯޓުތަކެވެ. އެފަދަ 44 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ޖިންސީ އަނިޔާކޮށްގެން 31 މައްސަލައެއް ރިޕޯޓުކޮށް ބަލަމުންދާ ކަމަށް ބުންޏެވެ.
އިހުމާލުވުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމާއި ސައިބަ ބުލީކުރުން ފަދަ މައްސަލަތައް މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހަޅާފައި ވެ އެވެ.
ކުޑަކުދިން ކުށަށް އަރައިގަތުމާއި އެ ކުދިންގެ އަހުލާގާ ގުޅޭ ޖުމްލަ 29 މައްސަލައެއް ވެސް އެ މިނިސްޓްރީން ބަލަމުންދާކަން ފާހަގަކޮށްފައި ވެ އެވެ. އަދި ކުދިން ހައްގުތަކުން މަހުރޫމްކުރުމާއި ވެކްސިން ނުދިން ފަދަ މައްސަލަތައް ވެސް ތަހުގީގުކުރަމުންދާކަން ފާހަގަކޮށްފައި ވެ އެވެ.
އެ ތަފާސްހިސާބުގައި ފާހަގަކުރިގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލައެއް ހުށަހެޅި އެވެ. މިއީ ވެސް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ 14 ޕަސެންޓެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރުމާ ގުޅޭ 20 މައްސަލައެއް ހުށަހަޅައިފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވުމާ ގުޅޭ 20 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފަ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ ނުވަ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ހަތަރު ދަރިންގެ މަރާ އެކު ދެން ދިން އަނިޔާ މާ ބޮޑު
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
އަޅާނުލުމުން ފިޔަވަޅު އެޅުން: މުހިންމު ކަމެއް
ކުދިންނަށް އަނިޔާކޮށްގެން މަހެއްގެ ތެރޭ 142 މައްސަލަ
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ނުކުޅެދޭ މީހުންނަށް ވަޒީފާ ދޭނެ އުސޫލެއް ހަދަނީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ