Roadha Mihaaru
ބަނޑޮހާއި ސޮނޭވާ އަށް އުނދަގޫ މޮޅެއް

ބަނޑޮހާއި ސޮނޭވާ އަށް އުނދަގޫ މޮޅެއް

22 އޯގަސްޓް 2017

އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިއްޔެ ކުޅުނު ފުރަތަމަ ލެގުގެ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އައިލެންޑް ރިޒޯޓާއި ސޮނޭވާ ފުށި އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިއްޔެ ކުޅުނު ފުރަތަމަ ލެގުގެ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އައިލެންޑް ރިޒޯޓާއި ސޮނޭވާ ފުށި އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ބަނޑޮހުގައި ކުޅުނު މެޗުން އިއްޔެ އެ ޓީމު ވަނީ ޖުމެއިރާ ވިޓަވެލި އަތުން ތިން ސެޓު އެއް ސެޓުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-23،25-23، 23-25 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަނޑޮހަށް ކުޅޭ ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިއާ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

އިއްޔެ ކުޅުނު އަނެއް މެޗުން ސޮނޭވާފުުށި މޮޅުވީ ކޮންރެޑް މޯލްޑިވްސްއާ ކުޅެ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-09، 25-17، 18-25 އަދި 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މި މުބާރާތުގައި ސޮނޭވާފުއްޓަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސެއިން ރައްޒާން އެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗުގެ ދެ ވަނަ ލެގެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުތަކުން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޮޅުވީ ނިޔާމަ އަތުންނެވެ. އަދި އަނަންތަރާ ކިހާވަށް މޮޅުވީ ޝެރަޓަން މޯލްޑިވްސްއާ ވާދަކޮށެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގު މެޗުތައް އޮންނާނީ މި މަހު 25 އަދި 26 ގަ އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ 27 އަދި 28 ގަ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ.