27 ޖޫން 2016
ގެސްޓްހައުސްތަކުން މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަ ނުކުރެވޭ ވަރަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
ގެސްޓްހައުސްތަކުން މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަ ނުކުރެވޭ ވަރަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ހަތަރު ޑޮލަރުގެ ގްރީން ޓެކްސްއެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އިގްތިސާދީ ކޮމިޓީން އެގޮތަށް ފާސްކޮށްފަ އެވެ. މި ޓެކްސް ނަގަން ހުށަހަޅާފައި އޮތީ މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. ކުރިން ގްރީން ޓެކްސް ނަގަމުން އަންނަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުންނެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ގެސްޓްހައުސްތަކުގެ އެވްރެޖް ރޭޓަކީ 50 ޑޮލަރު ކަމަށާއި ސަރުކާރަށް ބީޕީޓީ އާއި ޖީއެސްޓީ އާއި ވިތު ހޮލްޑިން ޓެކްސް އަދި ފެނާއި ކަރަންޓާއި ބިމު ކުލި އަދި މުވައްޒަފުންގެ މުސާރަ ދިނުމަށްފަހު ފައިދާގެ ގޮތުގައި އޮންނަ މަދު ލާރިކޮޅު ގާނޫނަކުން މަޖުބޫރުކޮށްގެން ނަގަން ފަށައިފި ނަމަ މުޅި ގެސްޓްހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
"ގެސްޓް ހައުސްތަކުން ކުރިޔަށް އޮތް އެއް އަހަރަށް ހަދާފައިވާ ބުކިންސްތަކާއި އެޖެންޓުންނާއެކީ ޓެކްސް ހިމަނައިގެން ހަދާފައިވާ އެގްރިމަންޓްތަކުގެ ސަބަބުން ކުރިޔަށް އޮތް އެއް އަހަރު ދުވަހު ސަރުކާރަށް ދައްކަން ޖެހޭ ގްރީން ޓެކްސް މި ދައްކަން ޖެހެނީ ވަރަށް ބޮޑު ގެއްލުމާއެކީ ގެސްޓް ހައުސް ވިޔަފާރިވެރިންގެ އަމިއްލަ ޖީބުންނެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ގެސްޓް ހައުސް ވިޔަފާރިއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ބިނާވެފައިވާ ރަށްރަށުގެ އާއްމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ވިޔަފާރިއަކަށް ވުމުން އެކަމުގެ ގެއްލުން ގެސްޓުންނަށް ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެސޯސިއޭޝަނުން ބުނީ މި އިންޑަސްޓްރީއަށް އިތުރު ލޮޅުމެއް ނާރައި ކުރިޔަށްދާ ނަމަ މިއަހަރުގެ ސީޒަނަށް އިތުރުވެގެންދާ ގެސްޓްހައުސްތަކުގެ ސަބަބުން ބެޑް ކެޕޭސިޓީ ޑަބަލްވެ މިހާރު ނަގަމުންދާ ޓެކްސްތަކުން ސަރުކާރަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ. އެސޯސިއޭޝަނުން ބުނި ގޮތުގައި ގްރީން ޓެކްސް ނަގާ ވާހަކައާ ގުޅިގެން، އަލަށް ފަށާފައިވާ ޕްރޮޖެކްޓްތަކަށް އެކަމުގެ ލޮޅުން މިހާރުވެސް ވަނީ އަންނަން ފަށައިފަ އެވެ.
އެހެންވެ އެސޯސިއޭޝަނުން ވަނީ "ގައުމަށާއި ރައްޔިތުންނަށް ދިމާވެދާނެ ބޮޑު ގެއްލުމަކާ ގުޅިގެން" ގްރީން ޓެކްސް ނުނެގުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަންޖެހޭ: ޒަމީރު
ގްރީން ޓެކްސް: ގެސްޓް ހައުސްގެ ވިޔަފާރި ފުނޑިދާނެ
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ގެސްޓްހައުސްތަކުގެ ދުވެލި، އިގްތިސާދީ މަޑުޖެހުމަކަށް
ގެސްޓްހައުސް ވިޔަފާރިއަށް ބޭރު މީހުން: ކަންބޮޑުވުމެއް
މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް މި މަހު ހުޅުވަނީ
ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ހާހުން މަތީގައި