Roadha Mihaaru
ޖަގަހަ ހަދަނީ ކުއްޔަށް ނެގި ބިމެއްގައި: ޕީޕީއެމް

މާލޭހިޔާ ކައިރީގައި ޖަގަހަ ހަދަނީ މީހެއްގެ އަތުން ކުއްޔަށް ނެގި ބިމެއްގައި: ޕީޕީއެމް

10 އޯގަސްޓް 2017

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ފުޅާކުރުމަށް މާލޭގައި ގިނަ އަދަދެއްގެ ޖަގަހަތައް ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ހަދަމުން އަންނަ ޖަގަހަތަކަކީ ސަރުކާރުގެ ބިންތަކުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން އަލަށް ހަދާ ޖަގަހަ ކުރިމަތީ އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ ޓްވިޓާ

ޕީޕީއެމުން އަލަށް ހަދާ ޖަގަހަ ކުރިމަތީ އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ ޓްވިޓާ

މާލޭ ހިޔާގެ ހުސްބިމުގައި ހަދަމުން އަންނަ ޕީޕީއެމްގެ ޖަގަހައިގެ އިތުރުން ކުރީގެ ވެސްޓް ޕާކް ހުރި ބިމުގައި ޕީޕީއެމުން ހަތަރު ބުރީގެ ޖަގަހައެއް ހަދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކުރިން ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުން ކުރި މާލެ ހިޔާގެ ހުސް ބިން ހައުސިން މިނިސްޓްރީން ތިން ފަހަރަށް ބިޑަށް ލާފައިވެ އެވެ. އަދި ޕްރޮޕޯސަލްތައް ބަލާފައި އެންމެ ރަނގަޅު މީހަކަށް އެ ބިން މިނިސްޓްރީން ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"(ހައުސިން މިނިސްޓްރީން) ހަވާލުކުރީމަ އެބޭފުޅާ ޕީޕީއެމާ އެއްބަސްވެގެން ޖަގަހަ ހަދަމުން މި ދަނީ. އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަމެއް ނޫން. ގާނޫނާ ހިލާފަށް ކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބިމެއް އެހެން މީހަކު ނަގާފައި އޮއްވައި އޭނާގެ އަތުން އެ ބިން ޕީޕީއެމުން ކުލި ދައްކާ ގޮތަށް އެއްބަސްވުމެއްގެ ދަށުން އެކަން ކުރުން ގާނޫނު މަނައެއް ނުކުރެ އެވެ. އެތަން އަންނަ ހޯމަ ދުވަހު ހުޅުވުމާއެކު ހަރަކާތްތައް ވަރަށް ފޯރިއާއެކު ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ބިން ލިބިފައި ވަނީ ކާކަށް ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިން ނެގީ ޕީޕީއެމާ ގުޅުން ހުރި މީހެއް ނޫނެވެ.

ކުރީގެ ފުރުގާން މިސްކިތް ތަޅާލައި އާ މިސްކިތް ހުޅުވަންދެން ވަގުތީ ގޮތުން ބޭނުންކުރި މިސްކިތް ހުރި ބިމުގައި ދެ ބުރިއަށް ހެދި ޖަގަހައިގެ މަތީ ބުރީގައި ހަދަނީ ރެސްޓޯރަންޓެކެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ ބިންތައް ދީފައިވާ ކަމަށެވެ. އެ ބިންތައް ވެސް ސަރުކާރުން ދިނީ އުސޫލުގެ ތެރެއިން ކަން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ސަރުކާރުތަކުގައި ވެސް އެކަން ކޮށްފައި އެބަހުރި. ޕާޓީ ސިސްޓަމް އުފެދިގެން އައިއިރު، ޑީއާރުޕީގެ އޮފީސް ހިނގަމުން ދިޔައީ ސިނަމާލެ ފްލެޓް ތިރީގައި. އެމްޑީޕީ ހަރުގެއެއް ހަދައިގެން އުޅުނީ ޓީވީއެމް ކައިރީގައި ސަރުކާރުގެ ބިމެއްގައި. އެހެންވީމަ މިއީކީ ޕީޕީއެމުން އަލަށް ކުރާ ކަމެއް ނޫން. އޮންނަ އުސޫލެއްގެ ތެރެއިން އެބޭފުޅުން ވެސް ކުރައްވާފައި އޮންނާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭ ހިޔާގެ ހުސް ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދަން ބިމެއް ދޫކޮށްފައިނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެބިން ދިނީ އެންމެ ގިނަ އިން މާކްސް ހޯދި ފަރާތަށެވެ. އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް ހައުސިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެތަނުގައި ޕީޕީއެމުން ޖަގަހައެއް ހަދާއިރު، އެތަނުގައި މަސައްކަތް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.