10 އޯގަސްޓް 2017
މިތަނުގައި މޭވާ އާއި ތަރުކާރީ އެބަހުއްޓެވެ. އެއްގަމު މަހާއި ކަނޑުމަހެވެ. އޭގެ އިތުރުން ރިސޯޓްތަކަށް ބޭނުންވާ ތަފާތު އުފެއްދުންތަކެވެ.
މިތަނުގައި މޭވާ އާއި ތަރުކާރީ އެބަހުއްޓެވެ. އެއްގަމު މަހާއި ކަނޑުމަހެވެ. އޭގެ އިތުރުން ރިސޯޓްތަކަށް ބޭނުންވާ ތަފާތު އުފެއްދުންތަކެވެ.
ދަރުބާރު ގޭގައި މިހާރު ކުރިއަށް ދާ ފުޑް އެންޑް ހޮސްޕިޓަލީ މޯލްޑިވްސް ފެއާއަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ހަރަކާތެކެވެ.
މިއީ ކެއްކުމުގެ ހުނަރުތަކާއި ކާބޯތަކެއްޗާއި ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު އެކި އުފެއްދުންތައް ދައްކައި ދިނުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. ސްޓޯލްތަކުގައި ހުރީ ރާއްޖެ އާއި ބޭރުގެ އެކި ކުންފުނިތަކުން ގެނެސްފައިވާ ތަފާތު އުފެއްދުންތަކެވެ. މޭވާ އާއި ތަރުކާރީ ސަޕްލައިކުރާ ކުންފުނިތަކުގެ ސްޓޯލްތަކާއި ރިސޯޓުތަކުގެ ބަދިގެއަށާއި ކޮޓަރިތަކަށް ބޭނުންވާ އެކި ބާވަތްތައް އަތުރާފައިވާ ސްޓޯލްތަކެވެ. އެއިން ކޮންމެ ސްޓޯލަކުން އެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ވަރަށް ތަފުސީލްކޮށް ކިޔައިދެ އެވެ.
އެފްއެޗްއޭއެމް ފެއާގެ ސްޓޯލެއް.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު
"މިތަނުގައި މިހިރީ އަޅުގަނޑުމެން ލަންކާގައި ހައްދާ މޭވާ އާއި ތަރުކާރީ. މިތަކެތި ހުސްނުވެ މިހާރު ވެސް ލިބެން އެބަހުރި. އަޅުގަނޑުމެން މިގެންދަނީ މިތަކެތި މެދުނުކެނޑި ރާއްޖޭގެ އެކި ރިސޯޓްތަކަށް މިހާރު ވެސް ސަޕްލައިކުރަމުން،" ސްރީ ލަންކާގެ އިންޓަނޭޝަނަލް ފުޑް ކޮމްޕެނީ (އިފްކޯ)ގެ ބޭފުޅަކު ވިދާޅުވި އެވެ.
އިފްކޯގެ އެ ސްޓޯލްގައި ރާއްޖޭގައި އެއްގޮތަކަށް ވެސް ނުހައްދާ އެތައް ވައްތަރެއްގެ މޭވާ އާއި ތަރުކާރީ ހުއްޓެވެ. އަދި އެތަކެތި ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ރަހަ ދައްކާލުމުގެ އިތުރުން ސަޕްލައިކުރުމުގެ ފުރުސަތުތައް ހުރި ގޮތްތައް ވެސް ކިޔައިދެ އެވެ.
"ކޮންމެ އަހަރަކު ވެސް މި ފެއާގައި ބައިވެރިވެ ވަރަށް ގިނަ އާ ކަސްޓަމަރުން ލިބޭ. މިހާރު ރާއްޖެއަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މާކެޓެއް،" އެތަނުގައި ހުރި މީހަކު ބުންޏެވެ.
ފެއާގައި ހުރި ސްޓޯލެއްގައި މޭވާ އާއި ތަރުކާރީތަކެއް އަތުރާލާފައި. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށް ބޭނުންވާ ގޮދަޑި އާއި ބެޑްޝީޓާއި ތުވާލި ފަދަ ތަކެތި އުފައްދައި ސްޕަލައިކުރާ އިންޑިއާގެ ކްރިޕާ ކުންފުނީގެ ހަރިޝް އަބްރަހަމް ވިދާޅުވީ އެ ކުންފުނިން އެ ފެއާއަށް ޝައުގުވެރިވީ ރާއްޖޭގައި ވިޔަފާރި ފުޅާކުރެވިދާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެން މިތަނަށް އައިސް ކުރި މަސައްކަތުން ރާއްޖޭގެ އެންމެ އަގު ބޮޑު އެއް ރިސޯޓް ކަމަށްވާ ސެންޓްރެޖިސް އަށް ސަޕްލައިކުރުމުގެ ފުރުސަތު ލިބުނީ. އެއީ އަޅުގަނޑުމެންނަށް މިހާތަނަށް ރާއްޖެއިން ލިބުނު ރަނުގެ ފުރުސަތެއް. އޭގެ ފަހުން އަޅުގަނޑުމެން މިދަނީ މަޑުމަޑުން ރާއްޖޭގެ މާކެޓަށް ވަންނަމުން،" އޭނާ ވިދާޅުވި އެވެ.
ކްރިޕާ ކުންފުންޏަކީ އޯޑަރު ދިނުމުން އެ ބަޔަކު ބޭނުންވާ ފެންވަރެއްގައި ބޭނުން މިންވަރަކަށް ގޮދަޑި އާއި ބެޑްޝީޓާއި ތުވާލި އަދި އެނޫން ވެސް ތަކެތި އުފައްދައި ސަޕްލައިކުރާ ވަރަށް ވަރުގަދަ ކުންފުންޏެކެވެ.
ރާއްޖޭގެ ބައެއް ކުންފުނިތަކުގެ ދިވެހި އުފެއްދުންތައް ވެސް ފެއާއިން ފެނުނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ސްޓޯލަކީ ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރިކުރަމުން އަންނަ އެންސިސް ފިޝަރީޒްގެ "އެންޒީ" ބްރޭންޑްގެ އުފެއްދުންތަކެވެ. މަހުގެ އެކި އުފެއްދުންތަކާއި އެ ނޫން ވެސް ކެއުމަށް ބޭނުންކުރާ ތަފާތު ތަކެތި ދައްކާލަން ބަހައްޓާފައިވެ އެވެ.
"އަޅުގަނޑުމެން މިދަނީ މަހުގެ އެކި އުފެއްދުންތައް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި އުފައްދަމުން. މިތަނަށް އަންނަ ވަރަށް ގިނަ މީހުންނަށް ކަމުދޭ އަޅުގަނޑުމެންގެ އުފެއްދުންތައް. ހާއްސަކޮށް މަހުގެ އެކި އުފެއްދުންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ،" އެ ސްޓޯލްގައި ހުރި މީހަކު ބުންޏެވެ.
ކަލިނަރީ ޗެލެންޖްގައި ކެއްކުތެރިއަކު ކާތަކެތި ތައްޔާރުކުރަނީ.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު
އެ މައުރަޒުގައި މިފަހަރު ވެސް ކެއްކުމުގެ ހުނަރު ދައްކާލުން އެބަ އޮތެވެ. ދަރުބާރުގޭގެ މަތީ ފްލޯ ހާއްސަކޮށްފައި ވަނީ އެކި ގައުމުތަކުން އައިސް ތިބި މޮޅު ކެއްކުންތެރިންގެ ހުނަރު ދައްކާލުމަށެވެ. މި ފެއާގައި ހިމެނޭ އަދި ގިނަ ބައެއްގެ ސަމާލުކަން ލިބޭ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އަކީ ޗެފް ގިލްޑް އޮފް މޯލްޑިވްސް އާއި ޗެފް ގިލްޑް އޮފް ސްރީ ލަންކާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ. "އަޅުގަނޑުމެން މި ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މި ކަލިނަރީ ޗެލެންޖުން މޮޅު ކެއްކުންތެރިން އުފެއްދުމަށް. އަޅުގަނޑުމެންގެ މަސައްކަތުން ކުރިން ކެއްކުންތެރިއެއްގެ ގޮތުގައި ބައިވެރިވި ދިވެއްސަކު މިހާރު ފަނޑިޔާރެއްގެ ގޮތުގައި އެބަ ހަރަކާތްތެރިވޭ. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ލިލީ އެފް އެންޑް ބީގެ އެސިސްޓެންޓް ޑައިރެކްޓަ ފައިޒަލް އަލީ ވިދާޅުވި އެވެ.
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގައި ހުރި އެންޒީގެ އުފެއްދުންތައް ދައްކާލުމަށް ތައްޔާރުކޮށްފައިވާ ސްޓޯލް.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު
ފުޑް އެންޑް ހޮސްޕިޓަލިޓީ ފެއާ މި ފަހަރު ފެށީ 23 ގައުމެއްގެ ތަފާތު އެކި ކުންފުނިތަކުގެ ސްޓޯލްތަކާ އެކު އެވެ. މިފަހަރުގެ ފެއާ އެހެން އަހަރުތަކާ އެންމެ ތަފާތުވާ ކަންކަމަކީ ކެއްކުމުގެ ހުނަރުގެ އިތުރުން އެނދު އެޅުމުގެ މުބާރާތަކާއި ތަފާތު ބުއިންތައް ތައްޔާރުކުރުމުގެ މުބާރާތެއް ވެސް އޮންނާތީ އެވެ.
"އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް މި ފެއާގައި ކުރިޔަށް ގެންދަނީ ސްޓޯލްތަކާއި ކެއްކުމުގެ ހުނަރުތައް ދެއްކުމުގެ މުބާރާތް އެކަނި. ނަމަވެސް މި ފަހަރު ތަފާތުކޮށްލުމުގެ ގޮތުން މިވަނީ ހައުސް ކީޕިން އާއި ފުޑް އެންޑް ބެވަރޭޖާ ބެހޭ މައުލޫމާތު ދިނުމުގެ ސެމިނާތައް ހިމަނާފައި. އޭގެ އިތުރުން އެކި މުބާރާތްތައް ވެސް ކުރިޔަށް އެބަ ގެންދަން،" އެ ފެއާގެ މެނޭޖަރު ނޮހިމް ގަލްގަމުއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން އަހަރުތަކަށް ވުރެ މިފަހަރުގެ ފެއާއަށް ލިބޭ ތަރުހީބު އެތައް ގުނައެއް ބޮޑެވެ.
"އަޅުގަނޑުމެންގެ ފެއާއަށް މިފަހަރު ތަފާތު 83 ރިސޯޓުން ޒިޔާރަތްކޮށްފި. މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ހާއްސަކޮށް ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން މި ފެއާއަށް ޒިޔާރަތްކުރަމުން އަންނަަކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މި ފެއާ އިންތިޒާމްކުރާ ފަރާތުން ދެކޭ ގޮތުގައި ރާއްޖެއަކީ މިފަދަ ފެއާތައް ބޭއްވުމަށް މި ސަރަހައްދުގައި އެންމެ ރަނގަޅު ގައުމެވެ. އޭގެ ހެއްކަކީ މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް ލިބޭ ވިޔަފާރި އިތުރުވެ، ޒިޔާރަތްކުރާ ވިޔަފާރިވެރިންގެ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވުމެވެ.
ރިސޯޓްތައް ހަދަން ދޭ މުއްދަތު އިތުރުކުރަން ފީއެއް
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ޑޮލަރުގެ ގަވާއިދަށް 173 ރިސޯޓުން ރަޖިސްޓްރީވެއްޖެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ