Roadha Mihaaru
ތަރިކަ މަޝްރޫއުގެ ލޯގޯ ސަރުކާރު ލިޔުންތަކުގައި ޖަހަނީ

ތަރިކަ މަޝްރޫއުގެ ލޯގޯ ސަރުކާރު ލިޔުންތަކުގައި ޖަހަން އަންގައިފި

06 އޯގަސްޓް 2017

ސަރުކާރުން އިއުލާން ކޮށްފައިވާ ތަރިކަ މަޝްރޫއުގެ ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެހުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވައިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަރުކާރުން އިއުލާން ކޮށްފައިވާ ތަރިކަ މަޝްރޫއުގެ ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެހުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވައިފަ އެވެ.

އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އާލާ ކުރުމަށް މިދިޔަ މާޗް މަހު ސަރުކާރުން ފެށި ތަރިކަ މަޝްރޫއުގެ ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ބޭނުން ކުރަން ފަށަން އަންގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަން އެފެއާޒް މުހައްމަދު މުޖުތާޒް ސޮއި ކުރައްވައި، މިއަދު ނެރުނު ދެންނެވުމުގައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތަށް ސަރުކާރުގެ ރަސްމީ ލިޔުންތަކާއި ސިޓީތަކުގައި ތަރިކަ މަޝްރޫއުގެ ލޯގޯ ޖަހަން ރައީސް ޔާމީން އަންގާފައިވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާ ތަރިކައާ ބެހޭ އެކި ހަރަކާތްތަކުގައި ވެސް އެ ލޯގޯ ބޭނުން ކުރަން އަންގާ ކަމަށް އެ ދެންނެވުމުގައިވެ އެވެ.

އެ ދެންނެވުމުގައިވާ ގޮތުން އެ ލޯގޯ ލިޔުންތަކުގައި ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ހޯމް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ދޭނެ އެވެ.

މީގެ ކުރިން ވަނީ ޓޫރިޒަމް ޕްރޮމޯޓް ކުރަން ހިންގި ބޮޑު ކެމްޕެއިނެއް ކަމަށްވާ ވިޒިޓް މޯލްޑިވްސްގެ ލޯގޯ ވެސް ސަރުކާރުގެ ލިޔުންތަކުގައި ބޭނުންކޮށްފަ އެވެ.