02 އޯގަސްޓް 2017
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ހަރަކާތުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ތަރުޖަމާން އަހުމަދު މަހްލޫފްގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ހަރަކާތުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ތަރުޖަމާން އަހުމަދު މަހްލޫފްގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހިފަހައްޓައިފި އެވެ.
އެ ކޯޓުން ނެރުނު އަމުރުގައި ބުނީ މަހުލޫފުގެ ޕާސްޕޯޓު ހިފެހެއްޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް މިދިޔަ ހޯމަ ދުވަހު ހުރަސްއަޅައި ސިފައިންނާ މެދު މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. އަދި މަހުލޫފު ފުރާވަޑައިގެންފި ނަމަ ތަހުގީގަށް ހުރަސްއެޅި ދާނެ ކަމަށް ވެސް އަމުރުގައި ވެ އެވެ.
މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓީ، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައިވާ ގޮތުން، އެއް މަސް ދުވަހަށެވެ.
މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓީ މަހްލޫފު "ފިއްލަވައިގެން" ސްރީ ލަންކާ އަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތުގަ އެވެ. އެ ފިޔަވަޅު އެޅުއްވީ ޖާސޫސީ މައުލޫމާތުގެ އަލީގައި ކަމަށް ވެސް އަމުރުގައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އިދިކޮޅު ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް، އަދި ބައެއް ބޭފުޅުންގެ ޝަރީއަތް ދަނީ ހިންގަމުންނެވެ. ބައެއް މެމްބަރުން ތިއްބެވީ ޖަލުގަ އެވެ.
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ހުށަހަޅައިިފި
ސުޕްރީމް ކޯޓަށް އާޒިމާ ގެނައުމަކީ ޖަރީމާއެއް: މަހުލޫފް
މެމްބަރުން ހައްޔަރު ކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
އަމީތު ބަންދުގައި ބަހައްޓަން ކޯޓުން 15 ދުވަސް ދީފި
މައުމޫންގެ ސުވާލެއް ސަރުކާރަށް
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް