Roadha Mihaaru
މުހުތާޒް ދެ ހަފުތާ ފަހުން އޭޑީކޭއިން ޖަލަށް ގެންގޮސްފި

މުހުތާޒް ދެ ހަފުތާ ފަހުން ހޮސްޕިޓަލުން ޖަލަށް ގެންގޮސްފި

05 އޯގަސްޓް 2017

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ދެ ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، ދާދި ދެންމެއަކު މާފުށީ ޖަލަށް ގެންގޮސްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ދެ ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، ދާދި ދެންމެއަކު މާފުށީ ޖަލަށް ގެންގޮސްފި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ވިދާޅުވީ މުހުތާޒް އޭޑީކޭގައި އޮންނެވީ ފިޒިއޮތެރަޕީ ހެއްދެވުމަށް ކަމަށެވެ.

މުހުތާޒަށް ފަރުވާ ދިނުމަށް އޭޑީކޭގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 22 ގަ އެވެ. އޭނާގެ ގަޔަށް އިންޖެކްޝަނެއް ޖެހި ކަމަށް ކަރެކްޝަންސް އިން ކުރިން ބުނެފައިވާ އިރު، މުހުތާޒަށް އެޑްމިޓް ކޮށްގެން ފަރުވާދެނީ ޑޮކްޓަރުން ދިން ލަފައަކާ ގުޅިގެން ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ނަމަވެސް މުހުތާޒްގެ ފަރުވާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ކަރެކްޝަންސް އިން ނުދެ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މުހުތާޒު އެޑްމިޓްކުރީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދުމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ހުކުމް ކުރި ފަހުން މައިބަދައިގެ މައްސަލަ އަށް މީގެ ކުރިން ވެސް މުހުތާޒު ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.