31 ޖުލައި 2017
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ޝަރީއަތަށް ބައެއް މީހުން ވަނުން މިއަދު މަނާކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ޝަރީއަތަށް ބައެއް މީހުން ވަނުން މިއަދު މަނާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރަން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފާރިސް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރީ އޭނާގެ މައްޗަށް ކުރިން އުފުލާފައިވާ ޝަހުސް އޮޅުވާލި ކަމުގެ ދައުވާގެ ޝަރީއަތަށެވެ.
ފާރިސްގެ ޝަރީއަތަށް ނުވެއްދި މީހުންގެ ތެރޭގައި، ދައްތާފުޅު، ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދު ނަދީމާއި ޕީޕީއެމް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަހްމަދު އަޒްމޫން ހިމެނެ އެވެ.
މި ތިން މީހުންގެ އިތުރުން ވެސް އެހެން ބަޔަކު ވެސް ޝަރީއަތަކަށް ނުދެއްވި އެވެ. އެ ފިޔަވަޅު އެޅީ އެންމެ ފަހުން އޮތް ފާރިސްގެ ޝަރީއަތުގެ އަޑުއެހުން އޮތް ދުވަހު، ކޯޓު ތެރެ ފޮޓޯ ނެގި މައްސަލަ ބަލާތީ ކަމަށް ޖަވާބުދީފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.
"ފޮޓޯ ނެގިއޭ ކިޔާފައި ނުވެއްދީ، އެކަމަކު ކޯޓުގެ އެތެރެ ފޮޓޯއެއް ނުނަގާ،" އޭނާ ވިދާޅުވި އެވެ.
ފާރިސްގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ކޯޓަށް މިއަދު ވަޑައިގަތީ ޔުމްނާ އެވެ. ކުރީގެ ޝަރީއަތަށް ބައްޕާފުޅު މައުމޫން ވަޑައިގެން ނަމަވެސް މިއަދު ވަޑައެއް ނުގަންނަވަ އެވެ. އަނެއް ދައްތާފުޅު ދުންޔާ އާއި ކޮއްކޯފުޅު ގައްސާން މައުމޫން އެއްވެސް ދުވަހަކު ފާރިސްގެ ޝަރީއަތަށް ވަޑައިގެންފައެއް ނުވެ އެވެ. މި ދެ ބޭފުޅުން އަދިވެސް ތިއްބެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލި ކަމުގެ ދައުވާ އުފުލީ، ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުންކުރެއްވި ކަމަށް ބުނެ އެވެ. އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުން ފެށުމާ އެކު ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ މައްސަލައަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، ޝަކުވާ ކުރައްވައިފަ އެވެ. އެހެންވެ ދައުވާ އަށް ޖަވާބުދާރީވާން ކޯޓުން ފުރުސަތުތީ ޝަރީއަތް ތާވަލްކުރީ މިއަދަށެވެ.
ތަހުގީގު ގާނޫނާ ޚިލާފު، ފާރިސް ވާހަކައެއް ނުދެއްކެވި
ފާރިސް އަށް ދައުވާ ކުރީ ނާއިންސާފުން، އަޒުމަށް ސާބަސް
ހެކި ބަސް ނަގައި ފާރިސްގެ މައްސަލަ ނިމުމަކާ ހަމައަށް
"ފާރިސްއާ ދެކޮޅު ހެކިންނަށް ވަޒީފާގެ ބިރު އެބައޮތް"
ދުންޔާގެ މެސެޖް ފާރިސް އަށް: ކެތްތެރިވެ، ހިތްވަރުކުރޭ
"ޕީޕީއެމްގެ ދިދަަ ބޭނުންކުރީ މައުމޫންގެ ހުއްދަ ލިބިގެން"
ފާރިސް ހައްޔަރު ކުރުމުން ދުންޔާ ހިތްހަމަނުޖެހިއްޖެ
ފާރިސް ހައްޔަރުކުރީ ހެއްކެއް ގަރީނާއެއް ނެތި: މައުމޫން
މައުމޫން މަސައްކަތްކުރައްވަނީ ވެރިކަމަށް ފާރިސް ގެންނަން
"ފާރިސް މަސައްކަތްކުރައްވަނީ މައުމޫންގެ އިރުޝާދަށް"