Roadha Mihaaru
ހޮޓަލާއެކު ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަނީ

25 މިލިއަން ޑޮލަރު ހޭދަކޮށްގެން ހޮޓަލަކާ އެކު ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަނީ

30 ޖުލައި 2017

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހޮޓަލަކާ އެކު ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހޮޓަލަކާ އެކު ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވާލުކޮށްފި އެވެ.

އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމަންޓް ކިޔާ ކުންފުންޏަކަށް ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާ އެކު ހޮޓަލެއް ހަދަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހަވާލުކުރީ 35 އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި އޮންނަ ކުނިކޮށި ސަރަހައްދުގައި އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ އެތައް ކުޅިވަރެއް ހިމެނޭނެ ކަމަށް އެޗުޑީސީން ބުނެ އެވެ. އޭގެ ތެރޭގައި ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާ އަދި ފެން ކޯރުތައް ހިމެނެ އެވެ.

"އަޅުގަނޑުމެންނަށް އަދި އެތަނުގެ ހޮޓަލުގެ ޑީޓެއިލްތަކާއި ފުޑް ކޯޓުގެ ތަފުސީލްތަކެއް ނުލިބޭ. އޭގެ ފަހުން އެނގޭނީ ކިތައް އެނދުގެ ހޮޓަލެއްކަން އެތަނުގައި ހުންނާނީ،" ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ހަދާ ތީމް ޕާކުގެ އަންނަ އަހަރު ނިމުމުގެ ކުރިން ހުޅުވަން ޖެހޭ ކަމަށެވެ.