24 ޖުލައި 2017
ކާބުލް (ޖުލައި 24) - އަފްޣާނިސްތާނުގެ މެދުތެރޭ ގޯރް ޕްރޮވިންސްގެ ހޮސްޕިޓަލަކަށް ތާލިބާނުން މިއަދު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.
ކާބުލް (ޖުލައި 24) - އަފްޣާނިސްތާނުގެ މެދުތެރޭ ގޯރް ޕްރޮވިންސްގެ ހޮސްޕިޓަލަކަށް ތާލިބާނުން މިއަދު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.
އަފްޣާނިސްތާނުގެ ރައީސްގެ ތަރުޖަމާން ޝާހު ހުސައިން މުރްތަޒާވީ ވިދާޅުވީ ތާލިބާނުން ހޮސްޕިޓަލަށް ވަދެ ދިން ހަމަލާގައި އާއްމުންގެ 35 މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ހޮސްޕިޓަލުގެ ސްޓާފުން ކަމެއް ނުވަތަ ބަލި މީހުން ކަމެއް ނޭނގެ އެވެ.
ހަމަލާ ދިނީ ތާލިބާނުން ކަމަށް ބުނި ނަމަވެސް އެ ޖަމާއަތުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ހޮސްޕިޓަލް ހަލާކުވެފައި ވަނީ އެ ސަރަހައްދުގައި ހިނގާ ހަމަނުޖެހުމުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.
އދ. އިން ބުނީ މި އަހަރުގެ މިހާތަނަށް އަފްޣާނިސްތާނުގެ އާއްމުންގެ ތެރޭން 1،662 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭން 20 ޕަސެންޓް މީހުން މަރުވެފައި ވަނީ ވެރިރަށް ކާބުލް އިންނެވެ.
ކާބުލްގެ މެދުތެރޭގައި މެއި 31 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 150 މީހުން މަރުވެފަ އެވެ. މިއީ ތާލިބާނުންގެ ވެރިކަން 2001 ވަނަ އަހަރު ވައްޓާލި ފަހުން އެންމެ ގިނަ މީހުން މަރުވި ހަމަލާ އެވެ.
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
ކާބުލްގެ އެއާޕޯޓް ހިންގުމުގެ މަޝްވަރާތައް ގަތަރުގައި
ކާބުލް އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް
ކާބުލްގައި ބޭއްވި އަންހެނުންގެ މުޒާހަރާ ރޫޅާލައިފި
ގަތަރުގެ ފަންނީ ޓީމެއް ކާބުލްގެ ވައިގެ ބަނދަރަށް
އެމެރިކާ ބަލިކޮށް މިނިވަންކަން ހޯދައިފިން: ތާލިބާން
ކާބުލް އެއާޕޯޓަށް ހަމަލާ ދޭން އުޅުނު ބަޔަކު މަރާލައިފި
ކާބުލްގެ ވައިގެ ބަނދަރު ތާލިބާނުންނާ ހަވާލުކުރަނީ