23 ޖުލައި 2017
ރައީސް އަބްދުﷲ ޔާމީންގެ މަސްލަހަތުތައް ގާނޫނުތަކާ ޚިލާފަށް ހިމާޔަތްކޮށްދީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މީޑިއާތައް އިނދަޖައްސަމުން ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މަސްލަހަތުތައް ގާނޫނުތަކާ ޚިލާފަށް ހިމާޔަތްކޮށްދީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ މީޑިއާތައް އިނދަޖައްސަމުން ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.
ގާނޫނާ ޚިލާފް މުޒާހަރާތައް ވަގުތުން ދުރަށް ގެނެސްދޭ ޓީވީ ޗެނަލްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދިން އިންޒާރު ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނީ މީޑިއާތަކާ ދެކޮޅަށް އެ ކޮމިޝަނުން ނިންމީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް ކަމަށެވެ. ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ދައުލަތުގެ އެކިއެކި ވުޒާރާތަކުން ނިންމާ ޣައިރު ގާނޫނީ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ހިންގާ ޖަރީމާތަކުގައި އަމަލީ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ބައިވެރިވާތީ ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިިނިވަންކަމާއި ޚަބަރާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ވަރަށް ސާފުކޮށް ލިބިދީފައިވާ ހިނދު، އެ މާއްދާއާ ހިލާފަށް އުފެއްދޭ ކޮންމެ ގާނޫނަކީ އަދި ގަވާއިދަކީ ބާތިލް ގާނޫނާއި ގަވާއިދުތަކެވެ. އަދި އެފަދަ ޣައިރު ގާނޫނީ ނިންމުތަކުގެ މައްޗަށް ބިނާކޮށް މިނިވަން މުވައްސަސާތަކުން ނިންމާ ނިންމުންތައް ވެސް ބާތިލް ވާނެ އެވެ،" އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ރައްޔިތުންނަށް ސާފު މައުލޫމާތާއި ޚަބަރު ލިބިގަތުމުގެ ހައްގުން މަހުރޫމް ކުރުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަކަށް ލިބިގެނެއް ނުވެ އެވެ. އެހެންކަމުން އެފަދަ ޣައިރު ޤާނޫނީ ނިންމުންތަކަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެ މުހިއްމު އެއް އަސާސީ ހައްގު ކަމުގައިވާ ހިނދު އެ ފަދަ ސުލްހަވެރި އެއްވުންތައް ބްރޯޑްކާސްޓްކުރުން ހުއްޓުވިގެންނުވާނެ އެވެ. ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަ ކުރުމަށް ފަސްޖެހިވަޑާއިގަންނަވާނަމަ އެ މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ކޮމިޝަންގެ މެންބަރުންނަށް ގޮވާލަމެވެ،" އެމްޑީޕީން ބުންޏެވެ.
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ލައިވް އިވެންޓްތަކުގެ ފީޑް ކަނޑަން އެންގޭ އުސޫލެއް
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް
ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށެއް ނުދިން
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން
ކެންޑިޑޭޓުންނަށް ވަގުތު ދިނުމާބެހޭ އުސޫލަށް ހިޔާލުހޯދަނީ
ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ކޯޓަށް