ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރިޝްވަތުގެ ތުހުމަތު ކުރި ނަމަވެސް ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރިޝްވަތުގެ ތުހުމަތު ކުރި ނަމަވެސް ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އިތުރު ބަޔަކާ ގުޅިގެން ފާރިސް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން، ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި ގޮތުގައި ފާރިސް ހުންނަވާނީ "ރައްޔިތުންގެ ފަޅީގައި" ކަމަށެވެ. އަދި ޚިދުމަތް ކޮށްދެއްވަނީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކަން ފާރިސް އަށް އެނގިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަން އޭނާ ރަނގަޅަށް ވަޒަންކުރޭ. އެހެންވީމާ އޭނާގެ އަޒުމަކަށް، ހިތްވަރަަކަށް އެއްވެސް ބަދަލެއް ނާންނާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފު އެއްވެސް ކަމެއް ފާރިސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރިޝްވަތު ދިނުމުގެ އެއްވެސް އަމަލެއް ފާރިސް ނުހިންގަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަމާ ބެހޭ އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އެހެން ދެންނެވިޔަސް ދަލީލަކީ އެ މީހަކު ބޭނުންވެއްޖިއްޔާ އުފެއްދިދާނެ ދެއްތޯ. ފިސްތޯލައެއް ވެސް ފެނިދާނެ. އަދި އެހެން އެއްޗެއް ވެސް ފެނިދާނެ،" ދަރިކަލުންގެ ދިފާއުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ "އަޅުގަނޑުމެންނަކީ މާތް ﷲގެ ހެޔޮރަހުމަތްފުޅާއެކު މާ ތެދުވެރި، ވަފާތެރި ބައެއް" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވަކި ބަޔަކާ ދެކޮޅަކަށް ނޫނެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު އިސްލާހު ކުރުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަން ކުރަނީ އާންމުން ހިތްހަމަނުޖެހޭ ވަރަށް ގިނަ ކަންކަން ސަރުކާރުގެ ތެރެއިން ފެންނަމުންދާތީ، ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅުން މައުމޫން ވިދާޅުވި އެވެ.
"މި މަސައްކަތް ކުރިއަށް ދާނެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ވާނެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުން ހިތްވަރުގަދަ ކުރައްވާށޭ. ވަރުގަދަ އަޒުމެއްގައި ތިއްބަވާށޭ. ސާބިތުވެ ތިއްބަވާށޭ. ނުގުޑާ ފަދަ އަޒުމެއްގައި ތިއްބަވާށޭ. އިރާދަކުރެއްވިއްޔާ މާތް ﷲ ކާމިޔާބު ދެއްވާނެ. މި ހިނގާ އެއްވެސް ކަމަކަށްޓަކައި ތިޔަބޭފުޅުން ޖެހިލުންވެވަޑައިނުގަންނަވާށޭ،" މައުމޫން ވިދާޅުވި އެވެ.
ފުލުހުންނަކީ ސިޔާސީ ހަތިޔާރަކަށްވެގެން ނުވާނެ: ޖަމީލް
ރިޝްވަތެއް ނުދެން، ހުށަހެއް ވެސް ނާޅަން: ފާރިސް
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ފާރިސް ޝަރީއަތް ނިމެންދެން ބަންދަށް
ފާރިސް ހައްޔަރުކުރީ ހެއްކެއް ގަރީނާއެއް ނެތި: މައުމޫން
ފާރިސް ރިޝްވަތު ދިން ކަމުގެ ހެކި އެބަހުރި: ޕޮލިސް
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް