17 ޖުލައި 2017
ގައުމީ އުފެއްދުންތެރިކަން އެކަށީގެންވާ މިންވަރަކުން ކުރިއަރައި އިންފްލޭޝަން ރޭޓް ދަށް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދަމުންދާތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގައުމީ އުފެއްދުންތެރިކަން އެކަށީގެންވާ މިންވަރަކުން ކުރިއަރައި އިންފްލޭޝަން ރޭޓް ދަށް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދަމުންދާތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިމަހުގެ ފަސްވަނަ ދުވަހު ރާއްޖެ އައި އައިއެމްއެފްގެ ވަފުދުގެ މަސައްކަތް ނިމުމާ ގުޅިގެން އެ ޖަމާއަތަށް ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑެޕިއުޓީ ޑިވިޝަން ޗީފް ފިލިޕް ކަރަމް ވިދާޅުވީ މި ބަޔާނުގައިވާ ކަންކަމަކީ ވަފުދުގެ މެންބަރުންގެ ހޯދުންތަކުގެ އަލީގައި ފާހަގަކޮށްފައިވާ ކަންކަން ކަމަށެވެ. އަދި މިއީ އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ފެންނަ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޒިޔާރަތުގައި ވަފުދުގެ މެންބަރުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ރިޕޯޓެއް މެނޭޖްމަންޓުގެ ހުއްދައާ އެކު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށް ހުށަހެޅޭނެ. ގައުމީ އުފެއްދުންތެރިކަން އެކަށޭނެ މިންވަރަކުން ކުރިއަރައި އިންފްލޭޝަން ރޭޓް ދަށް މިންވަރެއްގައި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފްގެ ވަފުދުން ލަފާކުރޭ ނަމަވެސް ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދަމުންދާކަން ވެސް ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އައިއެމްއެފްގެ ވަފުދުގެ މަސައްކަތް ނިމުމާ ގުޅިގެން އެ ޖަމާއަތަށް ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން ޑެޕިއުޓީ ޑިވިޝަން ޗީފް ފިލިޕް ކަރަމް ނޫސްވެރިންނާ މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ކަރަމް ވިދާޅުވީ މިއަހަރާއި އަންނަ އަހަރު ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު 4.5 ޕަސެންޓަށްވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ގެދޮރު އިމާރާތްކުރުމާއި ސިއްހީ ދާއިރާއާއި އެއާޕޯޓް ތަރައްގީކުރުމާއި އަދި އެހެނިހެން ދާއިރާތަކުގައި ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ފުޅާވެ ކުރިއަރައިދިއުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކުރިމަގަށް ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ އިގްތިސާދަށް ދިމާވެދާނެ ރިސްކްތަކެއް އެބަހުރި ކަމަށް ކަރަމް ވިދާޅުވި އެވެ.
"މީގެ ތެރޭގައި ފިސްކަލް އަދި އެކްސްޓާނަލް ހާލަތު ދަށަށް ދިއުމާއި ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނޭ. އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެ މިކަމުގެ ސަބަބުން މެދުވެރިވެދާނެ ގެއްލުން ކުޑަކުރުމަށް މިފަދަ މަޝްރޫއުތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ދަރަނި ކުޑަކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ކަރަމް ވިދާޅުވީ ފިސްކަލް އަދި ބޭރުގެ ދަރަނި ކުޑަކުރުމަށާއި ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށާއި މާލީ ދާއިރާ ތަރައްގީކުރުމަށާއި ދިގުރާސްތާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނައުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި ކުރިޔަށްދާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދު އިތުރަށް ފުޅާވެ އިގްތިސާދީ ދުވެލި ކުރިއަރާ މިންވަރު އިތުރުވާނެކަމަށް ބެލެވޭ. ނަމަވެސް ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ފަރަގާއި (ޑެފިސިޓާއި) ގުޅިގެން އިތުރު ރިސްކްތަކާ ކުރިމަތިލާން ޖެހިދާނެ ކަންވެސް ފާހަގަ ކުރަން. އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންވީ މިފަދަ ރިސްކުތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދީގެން،" އޭނާ ވިދާޅުވި އެވެ.
އައިއެމްއެފްގެ ވަފުދުގެ މަސައްކަތް ނިމުމާ ގުޅިގެން އެ ޖަމާއަތަށް ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން ޑެޕިއުޓީ ޑިވިޝަން ޗީފް ފިލިޕް ކަރަމް ނޫސްވެރިންނާ މިއަދު ވާހަކަދައްކަވާއިރު އެހެން ބޭފުޅުން އަޑުއައްސަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ކަރަމް ވިދާޅުވީ ބޭރު ފައިސާގެ ހާލަތަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރަން ޖެހޭ މިންވަރު އިތުރުވެދާނެތީ، ކަރަންޓް އެކައުންޓް ދަރަނި އިތުރުވެ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވޭ ކަމަށެވެ. އަދި ރިއަލް އެކްސްޗޭންޖް ރޭޓް އެޕްރިޝިއޭޓްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިމަގަށް ލަފާ ކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެދާނެ ރިސްކްތަކެއް އެބަހުރި. މިގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދުތައް ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސްދާނެ. އަދި މީގެ ސަބަބުން އެކްސްޓަނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބައޮތް. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް،" ކަރަމް އިއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ކުރިމަގަށް ލަފާ ކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެދާނެ ރިސްކްތަކެއް އެބަހުރި. މިގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދުތައް ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސްދާނެ. އަދި މީގެ ސަބަބުން އެކްސްޓަނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބައޮތް. އައިއެމްއެފް
ކަރަމް ވިދާޅުވީ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ސިޔާސަތަށް ބަލާއިރު ހަރަދު ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ސިޔާސަތަށް ގެނެވިފައިވާ ބަދަލާއި ވަޒީފާއާ މުސާރަދިނުމުގެ ސިޔާސަތުތަކަށް އައިއެމްއެފުން ދީފައިވާ ލަފަޔާ އެއްގޮތަށް ތަންފީޒުކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު މެނޭޖްކުރުން ހަރުދަނާ ކުރެވިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މީގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހިފައިވާ އިތުރު ހޭދަތައް ފޫބެއްދުމަށްޓަކައި އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދާއި އާމްދަނީ މެނޭޖްކުރުމަށް އާމްދަނީއާ ހަރަދުގެ ސިޔާސަތު އިސްލާހުކޮށް ފިސްކަލް ކޮންސޮލިޑޭޝަންއަށް އިސްކަމެއް ދީގެން ކުރިޔަށް ގެންދިޔުން މުހިއްމު،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ހަރަދުތައް އިތުރުވުމުން ބެލެންސް އޮފް ޕޭމަންޓްސްގެ ޑެފިސިޓް އިތުރަށް ފުޅާވުމުގެ ސަބަބުން އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރުކުރާ ނަމަ މަނިޓަރީ ސިޔާސަތު ހިފެހެއްޓެން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަކީ ކުޑަ އަދި ހުޅުވާލެވިފައިވާ އިގްތިސާދަކަށްވާތީ ޑޮލަރަށް ބަރޯސާވާ މިންވަރުގެ ސަބަބުން ޔޫއެސް ޑޮލަރަށް ޕެގްކުރެވިފައިވާ އެކްސްޗޭންޖް ރޭޓް ނިޒާމަކީ މިވަގުތަށް ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމް ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އޭޝިއާ ސަރަހައްދުން ރާއްޖެއަށް ޓޫރިސްޓުން އައުން އިތުރުވެ ތަރައްގީގެ އެކިއެކި ކަންކަމަށް މިސަރަހައްދުން ހޯދާ ފައިނޭންސް އިތުރުވެއްޖެނަމަ މުސްތަގްބަލުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ނިޒާމް އިމްޕޯޓް ވެއިޓެޑް ކަރަންސީ ކޮމްޕޮސިޓަަކަށް ބަދަލުކުރުމާމެދު ވިސްނުމަށް ފެނޭ. މީގެ އިތުރުން ބޭންކުތަކަށް މެދުވެރިވެދާނެ އެކިއެކި ރިސްކްތައް ކުޑަކުރުމުގެ ގޮތުން ބޭންކްތަކުގެ ސްޓްރެސް ޓެސްޓްހަދާ އަދި ބޭންކްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށްކުރާ މަސައްކަތް ކުރިޔަށް ގެންދިޔުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
ކަރަމް ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާއިރު ބޭރު ފައިސާގެ ރިޒާވަށް ކޮށްފާނެ ނޭދެވޭ އަސަރަކުން ސަލާމަތްވުމަށް ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގުމަށް ނަގާ ލޯނުތައް އަނބުރާ ދައްކާއިރު ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރުނުކުރާނެ ގޮތުގެ މަތިން ކަންތައްތައް ރާވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރަމް ވިދާޅުވީ އެ ވަފުދުން ތައްޔާރުކުރާ ރިޕޯޓް އެމްއެމްއޭގެ އިސްވެރީންގެ ހުއްދައާއިއެކު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ތެރޭގައި ކަމަށެވެ.
"މަޝްރޫއުތަކުން އެކްސްޗޭންޖު ރޭޓަށް އަސަރު ކުރާނެ"
ދަރަނި ނުދެއްކޭ ގޮތް ވުމުގެ ނުރައްކާ ބޮޑު:އައިއެމްއެފް
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!