Roadha Mihaaru
ގާސިމް މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފި

ގާސިމް މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފި

12 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހިމަށް ދަައުވާކުރާ ތިން މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައި އޭނާ އަށް މިއަދު ޗިޓް ފޮނުވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހިމަށް ދަައުވާކުރާ ތިން މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައި އޭނާ އަށް މިއަދު ޗިޓް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކުރާ މައްސަލަޔާ ގުޅިގެން ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހެނދުނު 10:00ގަ އެވެ. ޝަރީއަތުގެ ކުރިން އެންމެ ފުރަތަމަ އޮންނާނީ ދައުވާ ލިބޭ ފަރާތަށް މައްސަލަޔާ ގުޅޭ ލިޔުންތައް ހަވާލުކުރުމެވެ.

މި މައްސަލައިގެ ޝަރީއަތް އަލުން މި ފަށަނީ، އެ މައްސަލަ މިދިޔަ އާދިއްތަދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުންނެވެ. މައްސަލަ އަނބުރާ ފޮނުވާލީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަދުވަހުގެ ރޭ ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހާޒިރު ނުވުމުންނެެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން މިއަދު އަލުން ކޯޓަށް ހުށަހެޅުމާ ގުޅިގެން ޝަރީއަތް މާދަމާ އަށް ތާވަލުކުރީ އެވެ.

ޕީޖީ އޮފީހުން މިިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލީ އާދީއްތަދުވަހުގެ ރޭގެ އަޑުއެހުން ޖެހިގެން އޮތް ދުވަހަށް ފަސްކޮށްދޭން އެ އޮފީހުން އެދިފައި ވަނިކޮށް ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތުގައި އެންމެ އިސްކޮށް މިހާރު ހަރަކާތްތެރިވާ ގާސިމްގެ މައްސަލަތައް އަނބުރާ ފޮނުވާލާފައި ވަނިކޮށް، އެ މައްސަލަ ބެލި ބެންޗުގެ ދެ ގާޒީން ކަމަށްވާ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އެހެން ކޯޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ. ގާޒީ ޝަކީލް ބަދަލުކުރީ ފެމިލީ ކޯޓަށެވެ.

މިހާރު ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ، ގާސިމްގެ މައްސަލަތައް ބެލި ބެންޗުގައި ތިންވަނަ އަށް ހުންނެވި ގާޒީ އާދަމް އާރިފްއާ އެވެ.

ގާސިމްގެ މައްސަތަކުގެ ޝަރީއަތް މާދަމާ އަލުން ފަށާއިރު، ސިޔާސީ އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ އެހެން ބޭފުޅެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާ ދެކޮޅަށް ކުރާ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މާދަމާ ފަށާނެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސްގެ މައްޗަށް ކުރަނީ، ޝަހްސު އޮޅުވައިލުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރަނީ ވެރިކަންކުރާ ޕީޕީއެމްގެ ދިދަ ގަވާއިދާ ޚިލާފަށް ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ.

ފާރިސްގެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 11:30 ގަ އެވެ.