12 ޖުލައި 2017
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ގެއްލުނު ފައިސާއަށް ވީ ގޮތް، ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ން ގެއްލުނު ފައިސާއަށް ވީ ގޮތް، ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ޚިޔާނާތްތެރިވުމާއި ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ކުށް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ބަލިހާލު ބޮޑުވެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން އެދިވަޑައިގެން ނަމަވެސް އެކަން ކޮށްދެވޭނީ ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުން ކަމަށް، ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅަށް ރައްދު ދެއްވައި އަދީބު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ އަދަދާއި ފައިސާ ހަރަދު ކުރި ގޮތާއި އެކަމުގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔަތު އައްޔަނު ކުރައްވައި، ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ދޫކުރުން އެތަނުގެ ދަށަށް ބަދަލުކޮށް، އެ ރަށްތަކުގެ ފައިސާ ސީދާ އެމްއެމްޕީއާރުސީއަށް ދައްކަން ޖެހޭ ގޮތަށް ބަދަލު ކުރެއްވީ ރައީސް ކަމަށް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެމްއެމްޕީއާރުސީގެ ފައިސާ ބެލެހެއްޓުމާ ހަވާލުވެގެން ހުރި ފަރާތެއް ނޫނެވެ. އަޅުގަނޑުގެ މަސައްކަތަކީ ރިސޯޓު ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދުމެވެ. އެ މަސައްކަތް އަޅުގަނޑު ކުރީމެވެ،" ރައީސް އެމްއެމްޕީއާރުސީއަށް ގެންނެވި ބަދަލުތަކަކީ ޓޫރިޒަމް މިނިސްޓަރަށް ކުރެއްވޭނެ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ އަދަދާއި އެ ފައިސާއާ މެދު އަމަލު ކުރަމުން ދިޔަ ގޮތް ރައީސް ޔާމީނަށް އޮޅިވަޑައިގެންފައެއް ނޯންނާނެ އެވެ. އަދި އެ ފައިސާ ބަލަހައްޓަމުން ދިޔަ ގޮތް އަދީބަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެ ހިޔާނާތުގެ މައްސަލަ އޮޑިޓްކޮށް، ނެރުނު ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.
އަދީބު ވިދާޅުވި ގޮތުގައި ގެއްލުނު ފައިސާގެ ބޮޑު އަދަދަކީ ރައީސް ޔާމީނާ ހަވާލުކުރި ފައިސާ އެވެ. އެ ފައިސާގެ އެއްވެސް މިންވަރެއް ސަރުކާރުގެ ސިޔާސީ މަސައްކަތްތަކަށް ހަރަދުނުކުރާކަން މިނިސްޓަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އެހެންވެ، އެ ފައިސާއަށް ވީ ގޮތް އެނގިވަޑައިގަންނަވާނީ ހަމަ ރައީސަށް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވެފައިވެ އެވެ.
ހިޔާނާތުގެ ތުހުމަތުގައި އަދީބު ޖަލަށް ލުމުން، ހަމަ އެ ތުހުމަތުގައި ހައްޔަރުކުރި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތާ ދޫނިދޫން ބައްދަލުވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެކަން ހިނގަިއިދިޔަ ގޮތް ޒިޔަތު ވިދާޅުވި ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީން އާއި ނައިބު ރައީސް އަދީބު -- ފޮޓޯ: ވީނިއުސް
މި ހުރިހާ ކަމެއް އެނގޭއިރު ވެސް އަދީބާ ދެކޮޅަށް ޒިޔަތު ފުލުހުންނަށް ބަޔާން ދެއްވީ، އޭނާއަށް ލުއި ގޮތެއް ހަމަޖައްސައިދީ އާއިލާގެ މެމްބަރުންގެ ވަޒީފާ ދަމަހައްޓައިދޭނެ ކަމަށް ރައީސް ވިދާޅުވުމުން ކަމަށް ޒިޔަތާ ހަވާލާ ދެއްވާ އަދީބު ވިދާޅުވި އެވެ.
"...އެކަން ގަބޫލުކުރައްވާ ހާލުގައި ވެސް، ރާއްޖޭން ބޭރަށް ފޮނުވޭނީ އަޅުގަނޑު އަތުގައި ނެތް ފައިސާއެއް ދިނުމުން ކަމަށް ރައީސް ޔާމީން ވިދާޅުވަނީ އަޅުގަނޑަށް ބޭސްފަރުވާ ކުރުމުގެ ހައްގު ދެއްވުމުގެ އެއްވެސް ނިޔަތެއް ނެތުމުންނެވެ،" ހަތަރު ސޮފްހާގެ ބަޔާނުގައި އަދީބު ވިދާޅުވި އެވެ.
މީގެ ދޮޅު އަހަރު ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަން ފެށި، ގައުމު ސިއްސުވާލި ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޯޓް މިދިޔަ އޭޕްރީލް މަހު އާއްމު ކުރާނެ ކަމަށް ބުނި ނަމަވެސް އެކަން އަދިވެސް ނުކުރެ އެވެ.
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ޕީޖީ ޝަމީމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފި
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު
155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟
އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން