ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އެންމެ ފަހުން ޕީޕީއެމުން ވަކިވެއްޖެ އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އެންމެ ފަހުން ޕީޕީއެމުން ވަކިވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ މުސްތަފާ އެ ޕާޓީން އަމިއްލަ އަށް މި ވަކިވީ، ސަރުކާރަށާއި ޕީޕީއެމަށް ފާޑު ވިދާޅުވާތާ އެތައް ދުވަހެއް ވީ ފަހުންނެވެ.
ސަރުކާރަށާއި ޕީޕީއެމަށް އޭނާ ފާޑުވިދާޅުވަމުން އައި ނަމަވެސް މިހާތަނަށް މުސްތަފާ އަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެކަމަކު އޭނާ ވަނީ ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕުގެ ވައިބާ އިން ކުރިއްސުރެ ބޭރުކޮށްފަ އެވެ.
ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ސަރުކާރު އަދި ޕީޕީއެމްގެ ލީޑަޝިޕާ މެދު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި މިދިޔަ ހަފުތާއެއްގެ ތެރޭގައި، އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ނުވަ މެމްބަރަކު ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
"ޕީޕީއެމުން ވަކިކުރި ކަމަށް ބުނަނީ ކުރީގެ މެންބަރުން"
ޕީޕީއެމުން މާ ކުރިން އޮތީ ވަކިވެފައި: މެމްބަރުން
ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން ނިންމައިފި
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން
ޕީޕީއެމުން މެމްބަރުން ވަކިކޮށެއް ނުދިން
ގާރީ ރަޝީދު ސޮއިކުރެއްވި ވީޑިއޯ ވެސް އެބައޮތް: މުސްތަފާ
މެމްބަރުންގެ އަޑު ކަޑުވަން ކުރާ މަސައްކަތް ހުއްޓަންޖެހޭ
ދާއިމީ ކޮމިޓީތައް އެންމެ ފަހުން އެކުލަވާލެވިއްޖެ
ރިޔާސަތާ ހަވާލުވާން ނަޝީދުގެ ކިބައިން އެދިއްޖެ