Roadha Mihaaru
އދ.ގެ  ދާއިމީ މަންދޫބަކަށް އަލީ ނަސީރު

އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އަލީ ނަސީރު އައްޔަން ކުރައްވައިފި

09 ޖުލައި 2017

އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ކުރީގެ ފޮރިން ސެކްރެޓަރީ އަލީ ނަސީރު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އދ. ގެ ދާއިމީ މަންދޫބުގެ އިތުރުން އެމެރިކާ އާއި ކެނެޑާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ވެސް އަލީ ނަސީރު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވައިފަ އެވެ. އަލީ ނަސީރަކީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ ފިރިކަލުން ވެސް މެ އެވެ.

ގަވަރުނަރު ކަމުގެ މަގާމުން އަޒީމާ އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު އެ ވާހަކަ އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.

އދ. ގެ ދާއިމީ މަންދޫބަކަށް އަލީ ނަސީރު މި އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ސަރީރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.