08 ޖުލައި 2017
ނިއު ރޭޑިއަންޓަކީ ހަތުރެއް ނޫން ކަމަށާއި އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ 46 އަހަރުވީ ތާރީހުގައި އެ ކްލަބާ އެންމެ ގާތް ވާދަވެރިޔާ ކަމަށާއި އެ ކްލަބް އަތުން މޮޅުވުމަކީ އަބަދުވެސް ލިބޭ ޝަރަފެއް ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ނިއު ރޭޑިއަންޓަކީ ހަތުރެއް ނޫން ކަމަށާއި އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ 46 އަހަރުވީ ތާރީހުގައި އެ ކްލަބާ އެންމެ ގާތް ވާދަވެރިޔާ ކަމަށާއި އެ ކްލަބް އަތުން މޮޅުވުމަކީ އަބަދުވެސް ލިބޭ ޝަރަފެއް ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކޮށްފައިވާ ހަމައެކަނި ދެ ޓީމުން އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ބައްދަލުކުރާއިރު ގަދަ ހަތަރެއް ކަށަވަރުކުރަން ނިއު އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ވިކްޓަރީ މޮޅެއް ވަރަށް މުހިއްމެވެ. ނިއު 24 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ވިކްޓަރީ އޮތީ 18 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
ސުޒޭން ބުނީ ވިކްޓަރީ އޮތީ ގަދަ ހަތަރެއްގެ ރޭހުގެ ވަރަށް ފަހަތުގައި ކަމަށާއި އެހެންވެ އެ ޓީމަށް ޕްރެޝަރު އެބައޮތް ކަމަށެވެ. އެކަމަކު ނިއު ފަދަ ޓީމަކާ ކުޅެން ޖެހުމަކީ ޕްރެޝަރު އޮތްކަމުގައިވީ ނަމަވެސް ޝައުގުވެރި އަދި މޮޅު ފުޓްބޯޅައެއް ދައްކަން ލިބޭ ފުރުސަތެއްކަން އޭނާ ފާހަގަކުރި އެވެ.
"މިއަދުގެ މެޗުގައި ދެކޮޅުގައި އޮތް ދެ ނަމަށް ބަލާއިރު މިއީ ފުޓްބޯޅައިގައި ވަރަށް އިހުތިރާމް ލިބިފައިވާ ދެ ނަން. ނަމާ އެއްވަރުގެ މޮޅު މެޗެއް ވިކްޓަރީގެ ފަރާތުން ފެންނާނެ. ނިއުގެ ވެސް ނުކުންނާނީ އެ ވިސްނުމުގައި ކަމަށް ގަބޫލުކުރަނީ. ދެ ޓީމުން ވެސް މިއީ ސަމާސާއެއްގެ ގޮތުގައި ނުނަގާނެ. ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް އޮތަސް މި ދެނަން ވެއްޖެއްޔާ އެ ހިސާބުން ވާދަވެރިކަން ފެށުނީ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މި ވަގުތު ވިކްޓަރީ އަށް ވުރެ ކުރީގައި، ގަދަ ހަތަރެއްގެ ރޭހުގައި ހަތަރު ޓީމު އެބައޮތް ކަމަށާއި އެހެންކަމުން މިއަދުގެ މެޗަކީ އެ ޓީމަށް މޮޅުވާން މަޖުބޫރު މެޗެއް ކަމަށެވެ. އޭނާ ބުނީ މެޗަށް ނުކުންނައިރު އޭނާ ހުރީ އުއްމީދުގައި ކަމަށާއި އެންމެ ބޮޑު ސަބަބަކީ ޓީމަށް ދިމާވި މާލީ މައްސަލަތައް ރަނގަޅު ހައްލެއް ލިބުން ކަމަށެވެ. އުއްމީދުގައި އޭނާ ހުރި ދެ ވަނަ ސަބަކަކީ ނިއުއާ އިދިކޮޅަށް ކުޅުމެވެ. ސުޒޭން ބުނީ އޭނާ އަށް ވުރެ ގިނައިން ނިއު އަތުން މޮޅުވި ދިވެހި ކޯޗެއް ވެސް އަދި ބޭރު ކޯޗެއް ވެސް ހުންނާނެކަމަށް ގަބޫލުނުކުރާ ކަމަށާއި އެހެންވެ ނިއުއާ ދެކޮޅަށް ކުޅޭއިރު އަބަދުވެސް ޕޮޒިޓިވް އިހުސާސެއް ކުރެވޭ ކަމަށެވެ.
"ނިއު އަކީ އަޅުގަނޑު އެންމެ އިހުތިރާމްކުރާ އެއް ޓީމު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނިއު އަކީ އަޅުގަނޑު ވާދަކުރާނެ އެންމެ ބޮޑު ޓީމު. އެހެންވެ އެ ޓީމުގެ މައްޗަށް ކާމިޔާބު ހޯދުމަކީ ފުޓްބޯޅައިގައި ލިބޭނެ ވަރަށް ބޮޑު ޝަރަކަށްވަނީ އަބަދުވެސް،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އޭނާ އަކީ ވިކްޓަރީ އެންމެ ބޮޑު އެއް ސަޕޯޓަރު ކަމަށާއި އޭނާއެކޭ އެއްފަދައިން ވިކްޓަރީގެ ހުރިހާ ސަޕޯޓަރުން ވެސް ނިއު އަތުން މޮޅަކަށް އުއްމީދުކުރާ ކަމަށެވެ.
"މިދިޔަ މާޒީ އަށް ބަލާއިރު ނިއު ރޭޑިއަންޓަކީ އެންމެ ގާތްވާދަވެރިޔާ. ހަތުރެއް ގޮތަށް ވުރެ ވުރެ ގާތް ވާދަވަރިއެއްގެ ގޮތުގައި ނިއުއާ ދޭތެރެ ދެކެނީ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ މިއަދު ހަވީރު މޮޅު ފުޓްބޯޅަ މެޗެއް ފެނިގެންދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ ސްޕެނިޝް ކޯޗަކާ އެކު ނިއު އިން ވެސް ޕާސިން ގިނަ ގޭމެއް ކުޅުމުގެ އިތުރުން ވިކްޓަރީން ވެސް ހައި ޕްރެސިން، އަވަސް ގޭމެއް ކުޅުމެވެ.
ނިއުގެ ފަރާތުން ކުރީ މެޗުތަކަށް ވުރެ ދިގު ބޯޅަތައް މަދުވާނެ. ސްޕެނިޝް ސްޓައިލެއް އަންނާނެ ކޮންމެ ގޮތެއް ވިޔަސް. ނިއުގެ މިހާރުގެ ކޯޗަކީ ދިގު ބޯޅަތަކެއް ޖަހައިގެން ކުޅުވާނެ މީހެއް ނޫން. އަޅުގަނޑު ނިއުގެ ކުރީގެ ކޯޗު (ބެނާޑޯ ޓަވަރޭސް) އަށް ވެސް އިހުތިރާމް ކުރަން. އޭނާ ނަތީޖާ ނެރުނު ކޮންމެ ގޮތަކަށް ކުޅުނަސް. އޭގެ ތެރެއަށް ޕޮޒިޓިވް ބަދަލުތަކެއް އައިސްފިއްޔާ ނިއުގެ ފަރާތުން އަނެއްކާ ވެސް ތަފާތު ފެންނާނެ. ކޮންމެ ގޮތެއް ވިޔަސް މޮޅު ފުޓްބޯޅަ މެޗެއް ފެނިގެންދާނެ،" ސުޒޭން ބުންޏެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ދެ ކްލަބް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން
"ޓީސީ އަށް ވުރެ ވިކްޓަރީ އަށް އެޑްވާންޓޭޖް ބޮޑު"
ނެގި ވިލާގަނޑުން ފެންފޮދެއް ނުލިބުނު: ސުޒޭން
ނިއު ލީގަށް، ވިކްޓަރީ އަށް މުހިއްމު ޕޮއިންޓެއް
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ވިކްޓަރީގެ ހާލަތު ގޯހުން ގޯހަށް
ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި
ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު: ސުޒޭން
ސުޒޭން ކުރީގެ ޓީމާ ދެކޮޅަށް، މާޒިޔާ އޮތީ ފޯމުގައި
ހާލަތު ބަދަލުވެއްޖެ، މިއީ އުއްމީދީ މެޗެއް: ސުޒޭން