29 ޖޫން 2017
އެސްޓީއޯ މާލޭ ލީގުގައި އިއްޔެ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ފިކުރަކީ ޓީމު ހަމަވެދާނެތޯ ކުރެވޭ ފިކުރު ކަމަށެވެ. އިއްޔެގެ މެޗުން ވިކްޓަރީ ލަނޑެއް ނުޖެހި އެއްވަރުވިއިރު، މެޗަށް ފަހު ސުޒޭން ބުނީ ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެސްޓީއޯ މާލޭ ލީގުގައި އިއްޔެ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ފިކުރަކީ ޓީމު ހަމަވެދާނެތޯ ކުރެވޭ ފިކުރު ކަމަށެވެ. އިއްޔެގެ މެޗުން ވިކްޓަރީ ލަނޑެއް ނުޖެހި އެއްވަރުވިއިރު، މެޗަށް ފަހު ސުޒޭން ބުނީ ވިކްޓަރީ އޮތް ހާލަތަށް ބަލާއިރު މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"މީގެ ކުޅުންތެރިންނަށް ހުރިހާ ޝުކުރެއް. އެއީ އެމީހުން މިއަދު ބަރާބަރަށް މިތަނަށް އައިކަން. އެއީ ބައިވަރު ކަންތައްތަކެއް ހަމަޖެހިފައި ނެތް އިރު ވެސް އެމީހުން ފުޓްބޯޅަ އަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން ވިކްޓަރީ އަށް ކުޅެލަން އެ އައީ،" އިއްޔެގެ މެޗަށް ފަހު ސުޒޭން ބުންޏެވެ.
ހަމަޖެހިފައި އޮންނަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ސުޒޭން ބުނީ ފުރަތަމަ ޑިވިޝަން ޓީމެއްގައި ހުރެ ދައްކަން މިއީ އުނދަގޫ ވާހަކަ ތަކެއް ކަމަށާއި އެހެން ނަމަވެސް ބުނަން ޖެހޭ އެއްޗެއް ބުނުން މުހިއްމު ކަމަށެވެ.
"ކްލަބެއްގައި ބައިވަރު ކަންތައްތަކަކަށްވީ މިސާލަކަށް މުސާރައިގެ ކަންތައް ހަމަނުޖެހިފައި. އެ ކުޅުންތެރިންގެ މޮޓިވޭޝަން ގެއްލިފައި. ބޭނުންވާ އިކުއިޕްމަންޓުގެ 50 ޕަސެންޓް ވެސް ނުގަނެވޭ ހާލަތުގައި މިއޮތީ. މި ކަހަލަ ވާހަކަ އަކީ ރާއްޖޭގެ ޓޮޕް ލީގެއްގައި ދައްކަން ވެސް ރަނގަޅު ވާހަކައެއް ނޫން ކަންނޭނގެ. އެކަމަކު އަޅުގަނޑު މިދިޔަ ތިން އަހަރު މާޒިޔާގައި އުޅެފައި އައިއިރު މި ކަހަލަ ކަމެއް ވެފައި ނެތީމަ އަޅުގަނޑަށް ވަރަށް ބޮޑު އާ ކަމަކަށް މި ކަހަލަ ކަންތައް މި ވަނީ. ދެން ދައްކަން ވެސް ޖެހޭ ވާހަކަ އަކަށްވާތީ މި ދެއްކެނީ،" ވިކްޓަރީ އަށް ދިމާވެފައިވާ ކަންތައްތައް ސުޒޭން އޮޅުންފިލުވައިދިނެވެ.
އިއްޔެގެ މެޗުގައި އީގަލްސް އިން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތުގައި ކުޅުނުއިރު، ކައުންޓަ އެޓޭކުގައި ވިކްޓަރީން ވެސް މެޗު ކާމިޔާބު ކުރެވޭ ވަރަށް ފުރުސަތު ހޯދި އެވެ. ސުޒޭން ބުނީ ކުޅުންތެރިން ކުރި ހިތްވަރު ހުރިހާ ގޮތަކުން ވެސް ފާހަގަކުރަން ބޭނުންވާ ކަމަށެވެ.
ނިއުގެ ގަލާޑޯ (ކ) ކައިރިން ބޯޅަ ހޯދަން ވިކްޓަރީގެ ބަކާ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ކުޅުންތެރިންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން އައުމުގެ އިތުރަށް އެ ކުރި ހިތްވަރަށް. އެއީ އެހާ ފަސޭހަކަމެއް ނޫން ބައިވަރު ޕްރެކްޓިސްތަކެއް ނުކޮށް އައިސް އީގަލްސް ކަހަަލަ އޮގަނައިޒް ޓީމަކާ ކުޅުމަކީ. ހުރިހާ ކަންތައްތައް ހަމަޖެހިގެން ނުކުންނަ ނަމަ ވިކްޓަރީ އަށް މި ގޮތަކަށް ނޫން ޕޮއިންޓް ލިބޭނީ. އެއީ ދެން ހަމަ ޔަގީންކަމެއް،" ސުޒޭން ބުންޏެވެ.
ލީގުގެ ފެށުން ވިކްޓަރީން ދަށްކޮށް ދިޔަ ނަމަވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ސީޒަނުގައި ކުރިއަށްދާން ބޭނުންނަމަ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް ޕްރިމިއާ ލީގުން ފުރުސަތު ހޯދުމުގެ މުހިއްމުކަން ސުޒޭން ވަނީ މީގެ ކުރިން ފާހަގަކޮށްފަ އެވެ.
ވިކްޓަރީ މި ވަގުތު އޮތީ 10 މެޗުން 15 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އިއްޔެގެ މެޗަށް ފަހު ބުނީ މި ވަގުތަށް ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ވުރެ ދުރަށް ނުވިސްނާ ކަމަށެވެ.
"ގަދަ ހަތަރަކަށް ވަންނަން ބަލާއިރު ކުރިއަށް މި އޮތް މެޗަށް ކުޅުންތެރިން އައިސް ކުޅެލާތޯ އަޅުގަނޑުގެ ވިސްނުން ހުރީ. އެ ނޫން އެއްވެސް ކަމަކަށް މި ވަގުތު އަޅުގަނޑުގެ ފޯކަސް އެއް ނެތް ހަމަ،" ސުޒޭން ބުންޏެވެ.
ވިކްޓަރީ އަށް މި ވަގުތު މުސާރައިގެ މައްސަލަ ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފަ އެވެ. ކުޅުންތެރިން ޕްރެކްޓިސް އަށް ހާޒިރު ނުވަނީ މުސާރަ ނުލިބޭތީ އާއި މި ދުވަސް ކޮޅަކީ ރަށްރަށުގައި ފިތުރު އީދުގެ މުނާސަބަތުގައި އެކި މުބާރާތްތައް ބާއްވާ ދުވަސްތަކަކަށް ވެފައި އެ މުބާރާތްތަކުގައި ކުޅުމަށެވެ.
ވިކްޓަރީން ބުނީ އެ ޓީމުގެ ޗެއާމަން އިބްރާހިމް ނަޒީމް މި ވަގުތު ރާއްޖޭގައި ނެތް ކަމަށާއި އޭނާ އައުމުން ޓީމުގެ ކަންތައްތައް ރަނގަޅުކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން
"ޓީސީ އަށް ވުރެ ވިކްޓަރީ އަށް އެޑްވާންޓޭޖް ބޮޑު"
ނެގި ވިލާގަނޑުން ފެންފޮދެއް ނުލިބުނު: ސުޒޭން
ނިއު އަކީ ހަތުރެއް ނޫން، ގާތް ވާދަވެރިއެއް: ސުޒޭން
ދެބެންގެ ކުރިމަތިލުން ދެ ކްލަބުގެ ކުރިިމަގާ ގުޅިފައި
ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު: ސުޒޭން
ސުޒޭން ކުރީގެ ޓީމާ ދެކޮޅަށް، މާޒިޔާ އޮތީ ފޯމުގައި
ހާލަތު ބަދަލުވެއްޖެ، މިއީ އުއްމީދީ މެޗެއް: ސުޒޭން
އީގަލްސްއާ ދެކޮޅަށް ވިކްޓަރީ ޕްރެޝަރު ބޮޑު މެޗަކަށް
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް