ސްކޫލު ތައުލީމް ނިންމާލުމަށްފަހު މަތީ ތައުލީމަށް ކިޔަވާއިރު ފެންވަރު ރަނގަޅު ޔުނިވާސިޓީތައް އިހުތިޔާރުކުރެއްވުމަށް ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު އިލްތިމާސްކުރައްވައިފި އެވެ.
06 ޖުލައި 2017
ސްކޫލު ތައުލީމް ނިންމާލުމަށްފަހު މަތީ ތައުލީމަށް ކިޔަވާއިރު ފެންވަރު ރަނގަޅު ޔުނިވާސިޓީތައް އިހުތިޔާރުކުރެއްވުމަށް ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު އިލްތިމާސްކުރައްވައިފި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މިއަހަރު ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ، މަތީ ތައުލީމަށް އަވަށްޓެރި ގައުމުތަކަށް ދަރިވަރުން ދާއިރު، ފެންވަރު ދަށް ޔުނިވާސިޓީތައް ވެސް އިހުތިޔާރު ކުރެވޭ ކަމަށެވެ.
އަންވަރު ވިދާޅުވީ އޭ ލެވެލް ނިންމާ ދަރިވަރުންނަށް ވަރަށް ގިނަ ފަރާތްތަކުން ފާރަވެރިވަމުންދާނެ ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތައް ވެސް ކުރިއަށްގެންދާ ކަމަށާއި ނަމަވެސް މަތީ ތައުލީމަށް ފާހަގަކޮށްލެވޭ އަދި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އިހުތިޔާރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ ހައި ސްކޫލުން ތައުލީމް ހާސިލްކުރާ ދަރިވަރަކު، ފެންވަރު ދަށް ޔުނިވާސިޓީއަކުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންނުވާ ކަމަށެވެ.
"ރަނގަޅު ނަތީޖާއަކީ ނަންހުރި ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކަށް ވަދެވޭވަރުގެ ނަތީޖާއެއް ލިބުން. އެހެންކަމުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ފެންވަރު ރަނގަޅު ޔުނިވާސިޓީތަކަށް ތައުލީމް ހާސިލްކުރަން ދެވޭތޯ މަސައްކަތް ކުރަންވާނެ،" ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަންވަރު ވިދާޅުވި އެވެ.
އަވަށްޓެރި އިންޑިޔާ އާއި ލަންކާގައި ދަރިވަރުން އޭ ލެެވެލް އިމްތިހާނު ހަދާއިރު، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޔުނިވާސިޓިތަކުން ޖާގަ ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ ދަރިވަރުން ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުން ޖާގަ ހޯދައި ކާމިޔާބު ބަޔަކަށް ވެފައިވާކަަން އަންވަރު ފާހަގަކުރެއްވި އެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކޮށްފައިވާ އަންވަރު ވިދާޅުވީ ނަންހުރި ޔުނިވާސިޓީތަކާއި މީހުންގެ މެދުގައި މަގުބޫލު ޔުނިވާސިޓީތަކުން ފޯރުކޮށްދޭ ތައުލީމް ތަފާތުވާނެ ކަމަށެވެ. އަދި މަތީ ތައުލީމެއް ހާސިލްކޮށްފައި ހުއްޓަސް، އެ މީހަކު ކިޔެވި ޔުނިވާސިޓީއެއްގެ ސަބަބުން މީހުން ދެކޭގޮތް ތަފާތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލެއް ދައްކަވަމުން އަންވަރު ވިދާޅުވީ ޔޫކޭގެ ޔުނިވާސިޓީއަކާއި އަވަށްޓެރި ގައުމެއްގެ ކެމްޕަހަކުން ތައުލީމް ހާސިލްކުރާ މީހުން ދެކޭގޮތް ތަފާތު ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ސްކޮލަޝިޕްތަކާއި ޓިއުޝަންފީ ފަދަ އެއްޗެހި ދައްކައިދޭ ކަމަށެވެ.
ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު ވިިސްނަންވީ ފެންވަރު ރަނގަޅު ތައުލީމަކަށް ކަމަށާއި، އަވަހަށް ކިޔެވުން ނިންމާލައި ސެޓްފިކެޓް ހޯދުމުގެ ހިޔާލު ދޫކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވެސް ދުނިޔޭގެ ނަން ހުރި ޔުނިވާސިޓީތަކުގެ ކޯސްތައް ހިންގަމުން އަންނަ ކަމަށާއި އެގޮތުން ވިލާ ކޮލެޖުގައި ޔޫކޭގެ ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމްތައް ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ ހައި ސްކޫލުން މިއަހަރު ވަނީ 300އެއްހާ ދަރިވަރުން ދަސްވެނިވެފަ އެވެ.
ވިލާ އިންޓަނޭޝަނަލަށް 200 ވުރެ ގިނަ އެޕްލިކޭޝަން
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ވިލާ ކޮލެޖަށް 11 އަހަރު: ބޮޑެތި އުއްމީދުތަކެއް!
ވިލާ ކޮލެޖުން 99 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ހައި ސްކޫލުން 293 ދަރިވަރުން ގްރެޖުއޭޓްވެއްޖެ
ވިލިނގިލީގައި ވިލާ ކޮލެޖުގެ ކޯސްތައް ފަށަނީ
ވިލާ ކޮލެޖުގައި 10 ބުރީގެ އިމާރާތެއް އަޅަނީ
ވަގު ސެޓްފިކެޓްތަކުގެ ތަހުގީގު ލަސްވާތީ ކަންބޮޑުވުން!
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޖާގަ އިތުރުކޮށްފި
ސެޓްފިކެޓް ފޯޖުކުރާ މައްސަލައިގެ ތަހުގީގެއް ފަށައިފި