Roadha Mihaaru
މެމްބަރު ރަޝީދު ސޮއިކުރައްވާ ފޮޓޯއެއް އާންމުކޮށްފި

މެމްބަރު ރަޝީދު ސޮއިކުރައްވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން އާންމުކޮށްފި

03 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ބޭރުކުރުމަށް މަޖިިލީހަށް ހުށަހެޅި ލިސްޓުގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ގާރީ) ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް އިދިކޮޅު ފަރާތްތަކުން އާންމުކޮށްފި އެވެ. މި ފޮޓޯ އާންމުކުރީ، އޭނާގެ ސޮޔަކީ ވަގު ސޮޔެއް ކަމަށް އޭނާ ވެސް އަދި ޕީޕީއެމުން ވެސް ދާދިދެންމެއަކު ބުނެފައި ވަނިކޮށެވެ.

މި ފޮޓޯގައި ފެންނަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ކުރިމަތީގައި ރަޝީދު އެއްޗެއްގައި ސޮއިކުރައްވަނިކޮށެވެ. އަދި އެއީ ލިސްޓެއްކަން ވެސް އެނގެ އެވެ. މިއީ ސައްހަ ފޮޓޯއެއްކަން އިދިކޮޅު ފަރާތްތަކުން "މިހާރު" އަށް ޔަގީންކަން ދިނެވެ. އަދި އެ ސޮޔަކީ ފޯޖްކޮށްފައި އޮތް ސޮޔެއްތޯ ކަށަވަރުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ވަނީ ފުލުހުންގެ ފޮރެންސިކަށް ވެސް ގޮވާލައްވައިފަ އެވެ.

ޕީޕީއެމްގެ 10 މެމްބަރުންނާ އެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސާ ދެކޮޅަށް މިއަދު މައްސަލަ ހުށަހެޅުމާ އެކު ޕީޕީއެމުން ބުނެފައި ވަނީ އޭގެތެރޭގައި ވަގު ސޮއި ހިމެނޭ ކަމަށެވެ.

"މެމްބަރުންނަށް ވަގަށް ސޮއި ހޯދާފައި ވަނީ. އެ މެމްބަރުންގެ ވޯޓެއް ވެސް ނުލިބޭނެ،" ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވި އެވެ.