24 ޖޫން 2017
ފުރަތަމަ ސްކޭންގެ ނަތީޖާ އެނގުނު ވަގުތު ފާތިމަތު ސުމީތާ ފެށީ ރޯށެވެ. އެއްމާބަނޑު ތިން ކުދިން ބަނޑުއަޅައި ވިހާނީ ކިހިނެއްކަން ހިތަށް ވެސް ގެންނަން އެ ހިނދުކޮޅުގައި ނޭނގި ބިރުހީވީ ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ ސުމީތާ، 27، އާއި އޭނާގެ ފިރިމީހާ އަހުމަދު އަޝްފާގު، 29، ބޭނުންވި ގޮތެވެ.-- މުޅިއަކުން އެހެނެއް ވެސް ނޫނެވެ. ބަލިވެއިންކަން އެނގުމުގެ ކުރިންސުރެ ވެސް އެ ދެމަފިރިން އެދިއެދި ތިބީ އެއްމާބަނޑު ހަތަރު ކުދިންނަށެވެ. އެއީ ކީއްވެގެންކަން ކިޔައިދިނަސް، އެ ވާހަކަ ނޫހުގައި ޖަހާކަށް އެ މީހުން ގަބޫލެއް ނޫނެވެ. އެކަމަކު އެ އުއްމީދު ބަރާބަރަށް ހާސިލްވި އެވެ.
ފުރަތަމަ ސްކޭންގެ ނަތީޖާ އެނގުނު ވަގުތު ފާތިމަތު ސުމީތާ ފެށީ ރޯށެވެ. އެއްމާބަނޑު ތިން ކުދިން ބަނޑުއަޅައި ވިހާނީ ކިހިނެއްކަން ހިތަށް ވެސް ގެންނަން އެ ހިނދުކޮޅުގައި ނޭނގި ބިރުހީވީ ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ ސުމީތާ، 27، އާއި އޭނާގެ ފިރިމީހާ އަހުމަދު އަޝްފާގު، 29، ބޭނުންވި ގޮތެވެ.-- މުޅިއަކުން އެހެނެއް ވެސް ނޫނެވެ. ބަލިވެއިންކަން އެނގުމުގެ ކުރިންސުރެ ވެސް އެ ދެމަފިރިން އެދިއެދި ތިބީ އެއްމާބަނޑު ހަތަރު ކުދިންނަށެވެ. އެއީ ކީއްވެގެންކަން ކިޔައިދިނަސް، އެ ވާހަކަ ނޫހުގައި ޖަހާކަށް އެ މީހުން ގަބޫލެއް ނޫނެވެ. އެކަމަކު އެ އުއްމީދު ބަރާބަރަށް ހާސިލްވި އެވެ.
ސުމީތާގެ ބަނޑުގައި އަދިވެސް އިތުރު ކުއްޖަކު އޮތްކަން ދެނެގަނެވުނީ ބަނޑަށް ހަތް މަހުގަ އެވެ. އޭރު ދެމަފިރިން ތިބީ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ވިހައި ބޮޑުކުރަން ހުރިހާ ގޮތަކުން ވެސް ތައްޔާރު ވެގެންނެވެ. އެކަމަކު މިއީ އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ދިމާނުވާ ނާދިރު ކަމެކެވެ.
އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ އާއްމު ކަމަކަށް ނުވާ އިރު، އައިވީއެފް ނަހަދައި، ހަމައެކަނި ގުދުރަތީ ގޮތުން އެއްފަހަރާ ހަތަރު ކުދިންނަށް ބަލިވެއިނުމުގެ ފުރަސަތު އަދި މާ ކުޑަ އެވެ. ސުމީތާ އާއި އަޝްފާގުގެ ޑޮކްޓަރުންނަށް އެހާ ބޮޑު ހައިރާންކަމެއް ލިބުނު ސަބަބަކީ އެއީ އެވެ. ހަތް އަހަރުވީ ކައިވެންޏަށް ކުއްޖަކު ހޯދަން ފަހަކަށް އައިސް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދިޔަޔަސް، އަޝްފާގާއި ސުމީތާ ބުނިގޮތުގައި، އެ މީހުންނަށް އެކަން ކާމިޔާބުވީ އައިވީއެފް ހަދައިގެނެއް ނޫނެވެ. އެ ދެމަފިރިން ބުނީ ބަލިވެއިންނަން އެހީތެރިވެދޭ އެއްވެސް ފަރުވާއެއް ވެސް ނުހޯދާ ކަމަށެވެ.
"މިއީ ﷲގެ ކުޅަދުންވަންތަކަން،" ށ. ފޯކައިދޫ އަޝްފާގު ބުންޏެވެ.
މި މަހު 17ގައި ސިޒޭރިއަން ހަދައިގެން ނެގި ތިން އަންހެންކުދިންނާއި ފިރިހެންކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަލްގެ ކުޑަކުދިންނަށް ޚާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާގައި ފަރުވާ ދެމުން އަންނަ އިރު ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅެވެ. ދުވަސް ނުފުރާ އުފަންވެފައި ވާތީ އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް އަދި ނޭނގެ އެވެ. ކައިވެންޏަށް ދެ އަހަރުވީ ފަހުން ސުމީތާ ފުރަތަމަ ފަހަރަށް ބަލިވެއިނދެ، ބަނޑަށް ދެ މަހުގައި ބައިގެން ދިޔަތާ ފަސް އަހަރު ފަހުން އަނެއްކާވެސް ލިބުނު އުފާވެރި ޚަބަރާ އެކު ދެމަފިރިން އައީ އަލަތު މައިންބަފައިންނަށް ވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ތިން ކުދިންކަން އަދި އެންމެ ފަހުން ހަތަރު ކުދިންކަން އެނގުމުން ވެސް އެ މީހުންގެ އިހުސާސަކީ އުފާވެރިކަމެވެ.
"ކުރިން ވެސް އެނގޭ ތިނެއް ކަން. ހަތަރެއް ވީމަ ވެސް، ދެން ހަމަ ވިހާނީތާ،" ހޮސްޕިޓަލުގެ އެނދުމަތީގައި އިށީނދެލައިގެން އިނދެ އދ. މަންދޫ ސުމީތާ ކިޔައިދިނެވެ.
އޭނާ ބުނާގޮތުގައި މާބަނޑު ދުވަސްވަރު އަންހެނުންނަށް އާއްމުކޮށް ކުރިމަތިވާ ތަކުލީފުތަކަށް ވުރެ ބޮޑު، އާދަޔާޚިލާފު ކަންތައްތަކެއް ކުރިމަތިވި ކަމެއް ބުނެދޭކަށް ނޭނގެ އެވެ.
"މާ ބަނޑު މީހުންނަށް އުނދަގޫވާނެ ދޯ؟ އެކަމަކު އަހަންނަކަށް ނޭނގެ، އެއް ކުއްޖަކު ލިބޭ އިރު ވާ ގޮތާއި ހަތަރު ކުދިން ލިބޭ އިރު ވާ ގޮތް އަޅާކިޔާފައި ބުނެދޭކަށް. އަހަރެން ބަނޑުބޮޑު އިރު ވަޒީފާ އަށް ވެސް ދިޔައިން،" ރަށު ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރަމުން އައި ސުމީތާ ބުންޏެވެ.
އެކަމަކު ސިޒޭރިއަން ހެދުމަކީ ފުރަތަމަ ދުވަހު ވެސް ސުމީތާ ބޭނުންވި ގޮތެވެ. އޭނާ ބުނީ "ތިން ކުދިން ވެސް، ހަތަރު ކުދިން ވެސް ވިހާކަށް ނުކެރޭނެ" ކަމަށެވެ.
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެއްމާބަނޑު ހަތަރު ކުދިން އުފަންވި ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު 1975ގައި އައްޑޫ އަންހެނަކު އެއްފަހަރާ ހަތަރު ކުދިން ވިހައި ތިން ކުއްޖަކު މަރުވެ އެއް ކުއްޖަކު އަދިވެސް ދުނިޔޭގައި އެބަހުރި ކަމަށް އެ އާއިލާގެ މީހަކު "މިހާރު" އަށް ކިޔައިދީފައިވެ އެވެ.
އެއްމާބަނޑު ގިނަ ކުދިންތަކެއް ލިބުމުގެ ފުރުސަތު ބޮޑުވާ ސަބަބުތަކަށް ބަލާ އިރު، އަންހެންމީހާގެ މަންމަ ފަރާތު އާއިލާގެ މީހަކު އެއްމާބަނޑު ކުދިން ވިހާފައި ހުރުން ހިމެނެ އެވެ. ސުމީތާ އާއި އަޝްފާގަށް ހަތަރު ކުދިން ލިބުމުގެ އެއް ސަބަބަކަށް އެކަން ވުން އެކަށީގެންވެ އެވެ. ސުމީތާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ އެއްމާބަނޑު ދެ ކުދިން ތިބެ އެވެ.
ހަތަރު ކުދިން ނެގި ގޮތަށް އެންއައިސީޔޫ އަށް ގެންދިޔައީ އެވެ. ފުރަތަމަ ވަގުތުން ފެށިގެން ވެސް އަޝްފާގަށް ކުދިން ފެނުނެވެ. އެކަމަކު ސުމީތާ އަށް ކުދިން ފެނުނީ އެއް ދުވަސް ފަހުންނެވެ.
"ކޮންމެ ދުވަހަކު ވެސް ވަދެވޭ ކުދިން ކައިރި އަށް. އުރަން ބޭނުމިއްޔާ އުރަން ވެސް އުރޭ،" ކުދިންނަށް ގާތުން ކިރުދޭން އެންއައިސީޔޫ އަށް ދިޔުމުގެ ކުރިން ސުމީތާ ކިޔައިދިނެވެ.
އެއްމާބަނޑު ހަތަރު ކުދިން ވިއްސުމުގެ ތަޖުރިބާއެއް ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާތަނަކަށް ނެތެވެ. އެކަމަކު އޭޑީކޭގައި ވިހަން ކުރިންސުރެ ވެސް ނިންމައިގެން ތިބި ދެމަފިރިން ބުނިގޮތުގައި އެ ހޮސްޕިޓަލާ މެދު އެ މީހުންނަށް އިތުބާރު އޮތެވެ.
"ހޮސްޕިޓާ ވަރަށް ރެޑީވެފައި އޮތީ. ކުރިން މި ކޮޅުގައި ނެތް ވަރަށް އަގުބޮޑު އެއްޗެހިތަކެއް ވެސް އެ މީހުން ހޯދި. އެއީ އިންކިއުބޭޓާ އާއި ވެންޓިލޭޓާ ކަހަލަ އެއްޗެހި. އޭޑީކޭ އިން ސްކޭން ހެދި އިރު އެނގުނީ ހަތަރު ކުދިން ކަން ވެސް،" އަޝްފާގު ބުންޏެވެ.
"ކުރިންސުރެ ވެސް އާއިލާގެ މީހުން ގާތްވާނެ އޭޑީކޭއާ. އެހެންވެ މި ތަނަށް އަންނަން ނިންމީ. އޭޑީކޭ އިން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް، ވަކިން ޚާއްސަކޮށް އޭޑީކޭ ނާޝިދު ބަހައްޓަވާ ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."
ހޮސްޕިޓަލުގެ ޚަރަދުތަކަށް ދުވާލަކު 35،000 ރުފިޔާ އަރަމުންދާ އިރު އަޝްފާގު އަންދާޒާކުރާ ގޮތުގައި ޖުމްލަ އަދަދު ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެ އެވެ.
"އާސަންދަ އަށް ކަނޑާފައި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަރާނެ ކަމަށް ބެލެވެނީ. އަދި ނޭނގެ ފައިސާގެ ކަންކަން ދާނެ ގޮތެއް،" މުދާ ކްލިއަކުރާ ކުޑަ ވިޔަފާރިއެއް ހިންގާ އަޝްފާގު ބުންޏެވެ.
އަޝްފާގު ކުރިންސުރެ މާލޭގައި ދިރިއުޅެމުން އަންނަ އިރު ސުމީތާ ވެސް ވަނީ ވިހެއުމުގެ ކުރިން މާލެ އަށް ބަދަލުވެފަ އެވެ. ހަތަރު ކުދިން ގޮވައިގެން އެ ދެމަފިރިން މާލޭގައި ދިރިއުޅޭ އިރު ދެ މީހުންގެ މަންމަ އާއި އާއިލާގެ އެހެން މީހުންގެ އެހީތެރިކަން ވެސް ލިބޭނެ އެވެ. އަޝްފާގު އަންނަނީ ކުދިންނަށް ވަކި ކޮޓަރިއެއް ތައްޔާރުކުރަމުންނެވެ. އެއްވަތަރުތޯ ނޫންތޯ އަދި ކަށަވަރު ނުވާ ހަތަރު ކުދިންނަށް ކިޔާނެ ނަންތަކެއް އަދި ފައިނަލް ނުވިޔަސް ނަން ކިޔާނީ ގުޅުވާލައިގެންނެވެ.
އެ މީހުންގެ ވެސް އަދި ކުދިންގެ ވެސް ފޮޓޯއެއް އެއްވެސް ސިފައެއްގައި ނޫހަށް ދޭކަށް ސުމީތާ އާއި އަޝްފާގު އަދި ބޭނުމެއް ނޫނެވެ. މިހާރު ހުރިހާ ވެސް ފިކުރަކީ ކުދިންގެ ހެދިބޮޑުވުމެވެ. އެކަމަކު ދެމަފިރިން ބުނާގޮތުގައި ހަތަރު ކުދިން ގޮވައިގެން ގެ އަށް ދާން އެ މީހުން ތައްޔާރެވެ.
ބަޔަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބުނީމާ ދަރިން ހޯދުން "އެއްފަހަރާ ނިމުނީ"އޭ ހިތަށް އަރާފާނެ އެވެ. އެކަމަކު ސުމީތާ އާއި އަޝްފާގު އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.
"ކަންތައްތައް ދާ ގޮތަކުން އެނގޭނީ،" އެންއައިސީޔޫ ތެރޭގައި ތިބި ހަތަރު ކުދިންނަށް ބަލަން އެ ތަނުގެ ބޭރުގައި ހުރެ އަޝްފާގު ބުންޏެވެ.
އުފަންވީ މާ އަވަހަށް: އުއްމީދު އަދި އެތައް ފިލާވަޅެއް
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި
ތިނަދޫގައި ވިހެއި އެއްމާބަނޑު ދެކުދިން ނިޔާވެއްޖެ
ޓްރީޓޮޕުން ވިއްސާއިރު ނޭވާގެ ޒަރީއާއިން ތަދުކަނޑުވަނީ
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވެއްޖެ