20 ޖޫން 2017
ވެޓްރަންސް ކަޕުގެ ދެ ވަނަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު ތިން ވަނަ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ކްލަބް ވެލެންސިއާ ހޯދައިފި އެވެ.
ވެޓްރަންސް ކަޕުގެ ދެ ވަނަ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް އަތުން 1-0 އިން ހޯދި އުނދަގޫ މޮޅާ އެކު ތިން ވަނަ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ކްލަބް ވެލެންސިއާ ހޯދައިފި އެވެ.
ނިއު ތިން ވަނަ ސެމީ އަށް ދިޔައީ ކުޅުނު ފުރަތަމަ ސެމީން މާޒިޔާ އަތުން 3-0 އިން ބަލިވުމުންނެވެ. ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ އިން ހޯދިއިރު، މިއީ ވެޓެރަންސް މުބާރާތެއްގެ ފައިނަލުގައި މާޒިޔާ ކުޅޭ ފުރަތަމަ ފަހަރެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ނިއު އާއި ވެލެންސިއާ މާދަމާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝާހިދު (ޝާޑު) އެވެ. ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު އޮތް ވެލެންސިއާ އަށް ލަނޑު ޖަހަން އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެލެންސިއާ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޝިފާއު އަށެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ވެލެންސިއާގެ ޝިފާއު ބޯޅަ ހިފައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މުބާރާތުގައި ވެލެންސިއާ އާއި ނިއު ވަނީ ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. ފުރަތަމަ ބުރުގައި ވެލެންސިއާ ވަނީ ނިއުގެ މައްޗަށް 3-0 އިން ކުރި ހޯދައިފަ އެވެ. ދެ ވަނަ ބުރުގެ ފަހު މެޗުން ނިއު ވަނީ 2-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ކާމިޔާބުކުރި ވެލެންސިއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ތަށި އުފުލާލީ ނިއު އިންނެވެ.
ރޯދަ މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ ވެޓެރަންސް ކަޕުގައި ކުޅެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް
ވެލެންސިއާ ކަޓުވާލުމަށް ފަހު ނިއު ފައިނަލަށް
ވެލެންސިއާ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ނިއު އަށް
ނިއު އާއި ވެލެންސިއާ ސެމީ އަށް
ނިއު ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް
ނިއު-ވެލެންސިއާ މެޗުން ވެޓެރަންސް ކަޕް މާދަމާ ފަށަނީ
ވެޓެރަންސް ކަޕް ނިއު އިން ކާމިޔާބު ކޮށްފި
ގްރޫޕުގެ އެއް ވަނަ ވެލެންސިއާ އަށް
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް