15 ޖޫން 2017
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވުމުން އެ ޓީމާއި ކްލަބް ވެލެންސިއާ އަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.
ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް އަތުން 3-1 އިން ނިއު ރޭޑިއަންޓް މޮޅުވުމުން އެ ޓީމާއި ކްލަބް ވެލެންސިއާ އަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިއްޖެ އެވެ.
މުބާރާތުގެ ސެމީ ފައިނަލުން ވެލެންސިއާ އާއި ނިއުގެ އިތުރުން ދެން ޖާގަ ހޯދީ މާޒިޔާ އެވެ. ދެން ސެމީގެ ފުރުސަތު ލިބޭނީ އީގަލްސް އާއި ދިވެހި ސިފައިންގެ ކްލަބް ތެރެއިން ޓީމަކަށެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ނިއުގެ މުހައްމަދު ޒިޔާދު ދެ ލަނޑު ޖެހިއިރު އަލީ ޝަމީމް (ކޮޔަރު އައްޔަ) އެއް ލަނޑު ޖެއްސެވެ. ގްރީން ސްޓްރީޓްސްގެ ހަަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހުސެއިން ރަޝީދެވެ.
މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ނިއުގެ އިއްޝާގް މުހައްމަދު އަށެވެ. އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ޒިޔާދު އެވެ.
ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ އެއް ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ
ރޯދަ މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ބާއްވާ ވެޓެރަންސް ކަޕުގައި ކުޅެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ކާމިޔާބުކުރި ވެލެންސިއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ތަށި އުފުލާލީ ނިއު އިންނެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި އީގަލްސް އެވެ. މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބޭނެ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.
ވެެލެންސިއާ އިން ވެޓެރަންސް ކަޕް ކާމިޔާބުކޮށްފި
ވެޓްރަންސް ކަޕް: ވެލެންސިއާ ފައިނަލާ ގާތަށް
ވެލެންސިއާ ކަޓުވާލުމަށް ފަހު ނިއު ފައިނަލަށް
ތިން ވަނަ ސެމީގައި ނިއުއާ ދެކޮޅަށް ވެލެންސިއާ
ވެލެންސިއާ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ނިއު އަށް
ނިއު ބަލިކޮށް ވެލެންސިއާ އަށް ރަނގަޅު ފެށުމެއް
ނިއު-ވެލެންސިއާ މެޗުން ވެޓެރަންސް ކަޕް މާދަމާ ފަށަނީ
ވެޓެރަންސް ކަޕް ނިއު އިން ކާމިޔާބު ކޮށްފި
ގްރޫޕުގެ އެއް ވަނަ ވެލެންސިއާ އަށް
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް