19 ޖޫން 2017
ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުންް ބާއްވާ ޕްރޮގްރާމްގެ މި އަހަރުގެ ހަމައެކަނި ޖަލްސާ މި މަހުގެ 27 ވިލޭރޭ ނުވަތަ އަންނަ ބުދަދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުންް ބާއްވާ ޕްރޮގްރާމްގެ މި އަހަރުގެ ހަމައެކަނި ޖަލްސާ މި މަހުގެ 27 ވިލޭރޭ ނުވަތަ އަންނަ ބުދަދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގަވާ ފައުންޑޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޯދަމަހުގެ 27 ވިލޭރެއާ ދިމާކޮށް ބާއްވާ ޖަލްސާ އޮންނާނީ ޝީ ބިލްޑިންގްގައި ބުދަދުވަހުގެ ރޭ 10:00 ގަ އެވެ.
މައުމޫން ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ ކޮންމެ އަހަރަކު ވެސް ގަވައިދުން ބާއްވަމުން އަންނަ އެ ޕްރޮގްރާމް މި އަހަރު ނުބޭއްވޭތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި އަދި ވީ އެންމެ އަވަހަކަށް އެ ޕްރޮގްރާމް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރޯދަމަހުގެ ރޭތައް އިހުޔާ ކުރުމުގެ ޕްރޮގްރާމް މައުމޫން ބާއްވަމުން ގެންދަވާތާ 38 އަހަރުވެއްޖެ އެވެ. ނަމަވެސް މި އަހަރު އެ ޕްރޮގްރާމް ބަރާބަރަށް ނުބޭއްވުނީ އާއިލީ ބޭނުންފުޅެއްގައި އެމަނިކުފާނު ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވަން ޖެހިވަޑައިގަތުމުންނެވެ.
މިދިޔަ މާޗު މަހުގެ އަށްވަނަ ދުވަހު މައުމޫން އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމްގެ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާތީ އެވެ. ނަމަވެސް ފަރީޝާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވުމުން އިތުރު ފަރުވާ އަށް ފަހުން ސިންގަޕޫރަށް ވަޑައިގަތީ އެވެ. އެކަމަކު ފަރީޝާގެ ހާލު ރަނގަޅު ނުވެ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ސިންގަޕޫރުގައި އަވަހާރަވެފަ އެވެ
ތިން މަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މައުމޫން ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުދަދުވަހުގެ ރޭ އެވެ.
މައުމޫނުގެ ޖަލްސާއިން ވެސް ސިޔާސީ ބޭފުޅުންގެ ގުޅުން
38 އަހަރަށް ފަހު "އިހްޔާ ޕްރޮގްރާމް" މެދުކެނޑިއްޖެ
މައުމޫން ފައުންޑޭޝަން އުވާލަން ނިންމައިފި
އުމަރު ޒާހިރަކީ މި ޖީލުގެ ޝަހުސިއްޔަތު: ފައިސަލް
ދިވެހިން ބޭރު ގައުމުގައި ކުރަނީ ޖިހާދެކޭ ނުބުނެވޭނެ
މައުމޫން، ރޯދަމަހުގެ އިހްޔާ ޖަލްސާތައް މި އަހަރު ބާއްވަނީ
މައުމޫން ފައުންޑޭޝަން ސްކޮލަޝިޕަށް މުއްދަތު އިތުރުކޮށްފި
މައުމޫން ފައުންޑޭޝަނުން ސްކޮލާޝިޕްތަކެއް ހުޅުވާލައިފި
ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަފްރާޝީމްގެ ފޮތެއް މައުމޫން ފައުންޑޭޝަނުން ނެރެފި